ބަޖެޓް
ހަބަރު
16 Nov 2024 | 09:25
އިޖުތީމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް، އަންނަ އަހަރުގެ ބަޖެޓުގައި ރެކޯޑް އަދަދެއް

އަންނަ އަހަރުގެ ބަޖެޓްގައި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް ރެކޯޑް އަދަދެއް ހިމަނައިފިއެވެ.

ސަރުކާރުން 2025 އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހެޅިއިރު، އިޖުތިމާއީ ރައްކާތެރިކަމަށް 3.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ. މިއީ މިއަހަރަށް ބަޖެޓްގައި ކަނޑައެޅި އަދަދާ އަޅާބަލާއިރު، 1.1 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއަހަރަށް މުރާޖަާކުރި ބަޖެޓަށް ބަލާއިރު، އިޖުތިމާއީ ރައްކާތެރިކަމަށް ކަނޑައަޅާފައިވަނީ 2.8 ބިލިއަން ރުފިޔާއެވެ.

އިޖުތިމާއީ ރައްކާތެރިކަަމަށް ކަނޑައެޅި އަދަދަށް ބަލާއިރު އެންމެބޮޑު ހޭދައެއް ހިނގާނޭކަމަށް ލަފާކޮށްފައިވަނީ، އުމުރުން ދުވަސްވީ ފަރާތްތަކަށް ކުރާ ހަރަދުތަކަށެވެ. މިގޮތުން އަންނަ އަހަރުގެ ބަޖެޓްގައި އުމުރުންދުވަސްވީ ފަރާތްތަކަށް ކުރާ ހޭދައިގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ވަނީ ބަޖެޓްގައި ޖަހާފައެވެ.

ދައުލަތުން އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތްތަކަށް ބަލާއިރު، ކަނޑައެޅިފައިވާ އުސޫލުން ކޮންމެ މަހަކު ޖަމާކުރަމުންދާ ފައިސާގެ އިނާޔަތުގެ އިތުރުން ދައުލަތުގެ ހަރަދުގައި އުމުރުންދުވަސްވީ މީޙުން ބެލެހެއްޓުމަށް ކުރާ ހަރަދުތައް ފާހަގަކޮށްލެވެއެވެ.

އުމުރުން ދުވަސްވީ މީހުންގެ އިތުރުން އަންނަ އަހަރުގފެ ބަޖެޓުގައި ދެން އެންމެބޮޑު ހޭދައެއް ކުރާގޮތަށް ކަނދައެޅިފައިވަނީ، ކުޑަކުދިންނާއި އާއިލާތަކަށް ދޭ އެހީއެވެ. މިބަޔަށް 1.2 ބިލިއަން ރުފިޔާ ހޭދަވާނޭކަމަށް ލަފާކޮށްފައިވާއިރު، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަންނަ އަހަރުގެ ބަޖެޓްގައި ދޭ އަދަދުވެސް ވަނީ އިތުރުކޮށްފައެވެ. މިއަހަރުގެ ބަޖެޓްގައި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ދިނުމަށް 681.2 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، އަންނަ އަހަރުގެ ބަޖެޓްގައި ވަނީ 711.3 މިލިއަން ރުފިޔާ ހިމަނާފައެވެ.

ދައުލަތުގެ ބަޖެޓުން ހާއްސައެހީއަށް ބޭނުންވާ މީހުންނަށް މީގެ ކުރިން ފިކްސްޑް އެލަވަންސެއް ދިން ނަމަވެސް މިހާރު އެފަރާތްތަކަށް އެލަވަންސް ދެނީ ބަލިމީހާގެ ހާލަތަށް ބަލައިގެންނެވެ. މިގޮތުން މަހެއްގެ މައްޗަށް ބައެއް މީހުނަށް ހަ ހާހަށްވުރެ ބޮޑު އަދަދެއް ދެމުންދާއިރު، އެންމެ މަދުންލިބޭ ފަރާތަށްވެސް ތިންހާސް ރުފިޔާ ޖަމާކުރަމުންދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.