ބ.އަތޮޅު އޭދަފުށީގައި 1،000 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން.. ފޮޓޯ/ ރައީސް އޮފީސް
ހަބަރު
16 Nov 2024 | 11:36
އޭދަފުށީގައި 1000 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާފައިވާ ބ.އަތޮޅު އޭދަފުށީގައި 1،000 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. މަސައްކަތުގެ ކޮންޓްރެކްޓަރުގެ ހައިސިއްޔަތުން ސޮއިކުރެއްވީ, ޗައިނާގެ ސައިނޯ ހައިޑްރޯ ކުންފުނީގެ ކަންޓްރީ މެނޭޖަރު ޕެން ގުއާންޝޫ އެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ އޭދަފުށީގައި ބޯހިޔާވަހިކަމުގެ މި މަޝްރޫޢު ކުރިއަށްގެންދިއުމަށް މިހާހިސާބަށް މިއަދު އާދެވުނީ، އެރަށު ކައުންސިލާއި އަދި ހައުސިން މިނިސްޓްރީއާ ދެމެދު ކުރެވިގެންދިޔަ ވަރަށްގިނަ މަސައްކަތްތަކަކަށް ފަހުކަމަށެވެ.

މުއްތަލިބް ވިދާޅުވީ އޭފަދުއްޓަކީ ސަރުކާރުގެ އާބަންސެންޓަރުތައް ތަރައްޤީކުރުމުގެ ސިޔާށަތުގެ ޕްރޮގްރާމް ފެށުމަށް ވަރަށް އެކަށޭނެ ރަށެއް ކަމަށެވެ. އޭދަފުއްޓަކީ އެރަށް ކައިރީ ގިނަ އަދަދެއްގެ ރިސޯޓްތަކާއި، އަދި މާލެއާ އެރަށާ ދެމެދު ވަރަށް ރަނގަޅު ދަތުރުފަތުރުގެ ނިޒާމް ގާއިމްކުރެވިފައިއޮތް ރަށެއްކަމަށެވެ. މީގެ އިތުރުން ރަށުގައި ފެންވަރު ރަނގަޅު ތައުލީމީ ނިޒާމެއްވެސް ގާއިމްކުރެވިފައިވާކަމަށާއި، މިއީ އާބާދީ އެއްފަސްކުރުމަށް ވަރަށް އެކަށޭނެ ރަށެއްކަން މުއްތަލިބް ފާހަގަކުރެއްވިއެވެ

މި ޕްރޮޖެކްޓް ވެގެންދާނީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިއްމު ވައުދުފުޅެއް ކަމުގައިވާ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު އެބޭފުޅުން މަސައްކަތްކުރައްވާ ސަރަހައްދާއި ކައިރިތަނަކުން ލިބުމަށް މަގުފަހި ވެގެންދާނެ ޕްރޮޖެކްޓަކަށް

މުއްތަލިބް ވިދާޅުވިއެވެ

މި މަޝްރޫޢުގެ ދަށުން އޭދަފުށީގައި 15 ފަންގިފިލާގެ 12 ޓަވަރު އެޅިގެންދާނޭކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ ޓަވަރުގައި ހިމެނޭނީ 2 ކޮޓަރީގެ 772 އެޕާޓްމަންޓާއި، 3 ކޮޓަރީގެ 336 އެޕާޓްމަންޓު ކަމަށެވެ.

އޭދަފުއްޓަކީ ބ އަތޮޅުގެ ވެރިކަންކުރާ ރަށެވެ. އެއަތޮޅުގެ ރަށްތަކުގެ ތެރެއިން އޭދަފުއްޓަކީ އެއް ރަށަކުން އެންމެގިނަ ވަސީލަތްތައް ލިބެން ހުރި ރަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.