ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހް: ފޮޓޯ/ އެމްޑީޕީ
ހަބަރު
17 Nov 2024 | 11:44
އަންނަ ރިޔާސީ އިންތިޚާބާމެދު އަޅުގަނޑު ވިސްނާފައި އޮތްގޮތް ޕަބްލިކަށް އެނގިއްޖެ ނަމަ، ޕާޓީއަށް ގެއްލުންވާނެ: ޞާލިޙް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމާ މެދު ނިންމަވާފައިވާ ގޮތް އެމްޑީޕީގެ ލީޑާޝިޕްއާ ހިއްސާކުރައްވާފައިވާނެ ކަމަށާ، މިހާރު އެކަން އާއްމުންނަށް އަންގަވައިފިނަމަ، ޕާޓީއަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ 'ފަށާއިރު' ޕްރޮގްރާމަށް ދެއްވި ބަސްދީގަތުމެއްގައި، 2028ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން އެބަ ހުންނެވިތޯ ނުވަތަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނަންތޯ ކުރެވުނު ސުވާލަށް ސީދާ ޖަވާބެއް ދެއްވަން އިންކާރު ކުރައްވަމުން ޞާލިޙް ވިދާޅުވީ، އެސުވާލުގެ ޖަވާބު ވަރަށް ގިނަ ބަޔަކު ބޭނުންވާނެ ކަމަށާ، އެ މަނިކުފާނު އެކަމާ ގުޅޭ ގޮތުން ނިންމަވާފައިވާ ނިންމެވުން ޕާޓީގެ ލީޑާޝިޕްއާ ހިއްސާކުރައްވާފައިވާ ކަމަށެވެ.

"އަޅުގަނޑު ތިކަމުގައި އަޅުގަނޑުގެ ސިޔާސީ ހަޔާތާ ބެހޭ ގޮތުން، ކުރިމަގާ ބެހޭ ގޮތުން ޕާޓީގެ އިސްވެރިންނާ އަޅުގަނޑު ވާނީ އެ ވާހަކަ ދައްކާފައި. އެކަން އަޅުގަނޑު ކުރިއަށް ގެންދާނެ ގޮތް އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މިހާރު، އެއްވެސް ޝައްކެއް ނެތް މިންވަރަށް،"

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް

މިއާއެކު އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށްޓަކައި އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ޝައުވެރިވެވަޑައިގެންނަވާ ހަތަރު ފަސް ވަރަކަށް ބޭފުޅުން އެބަތިއްބެވި އެވެ. 

"ޕާޓީ ތެރެއިން ކުރިމަތިލާން ބޭނުންފުޅުވާ ހަތަރު ފަސް ބޭފުޅަކު މިހާރު ވެސް އެބަ ފެނޭ. ވަރަށް ރަނގަޅު ކަމެއް އެއީ. ވާދަވެރި އިންޓާނަލް މަސައްކަތްތައް ކުރުން. އެކަމަކު އަޅުގަނޑު އެ ހުރިހާ ބޭފުޅުންގެ ކިބައިން ވެސް އެންމެ އެދޭ ކަމަކީ ޕާޓީ ހިންގުމުގައި ހުރިހާ ބޭފުޅުން ޝާމިލުވެވަޑައިގަންނަވަން. އަމިއްލަ އިންޓްރެސްޓް އޮންނާނެ، އެކަމަކު އެއާ އެކު، ޕާޓީއައިގެން ކުރިއަށް ވަޑައިގަންނަވާށޭ،" 

ކުރީގެ ރައީސް ޞާލިޙް

”އަޅުގަނޑުގެ ވިސްނުން އަޅުގަނޑު ޕަބްލިކަށް ހާމަކުރާނަން. އެކަމަކު މިހާރު އަޅުގަނޑުގެ ވިސްނުން، ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ.  އަދި އަޅުގަނޑުގެ އާއިލާގެ ބައެއްް ބޭފުޅުންނަށްވެސް އެކަން އެނގިވަޑައިގަންނަވާނެ.“ އިންތިޚާބާމެދު ނިންމަވާފައިވާ ގޮތް ހާމަކުރައްވަން ދެކޮޅުހައްދަވައި ރައީސް ޞާލިޙް ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.

މިއާއެކު ޕްރެޒެންޓަރ ވަނީ، މަނިކުފާނުގެ ވިސްނުމަކީ ފަހަތަށް ޖެހިވަޑައިގެން، އެ ބޭފުޅުންނަށް ފުރުސަތު ދެއްވުންތޯ ސުވާލުކޮށްފައެވެ. 

”އަޅުގަނޑު ދަންނަވާފައި އޮންނާނީ ހުރިހާ ބޭފުޅުންނަށް ކުރިއަށް ވަޑައިގަންނަވާށޭ،" އެ ސުވާލުގެ ޖަވާބުގައި ސޯލިހް ވިދާޅުވި އެވެ. 

އެއާ އެކު، ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމާ މެދު ގޮތެއް ނުނިންމަވަންތޯ އަނެއްކާވެސް ސުވާލުކުރުމުން ޞާލިޙްވަނީ އެ މަނިކުފާނުގެ އެ "ނިންމުން ޕާޓީގެ އިސް ސަފުގައި ތިއްބެވި ހަމަ، ވަރަށް ގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ" ވިދާޅުވަމުންދިޔަ ވާހަކަ ތަކުރާރު ކުރައްވާފައެވެ. 

"ޕަބްލިކަށް އަޅުގަނޑު ހިތުން، މިއަދު އަޅުގަނޑު އޭގައި ނަގާފައި އޮތް ޑިޒިޝަން ހާމަކޮށްފިއްޔާ، ޕާޓީއަށް ލިބޭ ފައިދާއަށް ވުރެ ގެއްލުން ބޮޑުވެދާނެހެން އަޅުގަނޑަށް ހީވަނީ. އަޅުގަނޑު ހާމަކުރާނަން. އެކަން ކުރަންޖެހޭނެ ދެއްތޯ. އަޅުގަނޑު ނުވާނެ ޕާޓީއަށް ހުރަހަކަށް. ޕާޓީއަށް ވެރިކަން ކާމިޔާބު ކުރުމަށް ހުރަހަކަށް ނުވާނަން“

ކުރީގެ ރައީސް ޞާލިޙް

އެފަހުންވެސް ސާފު ސީދާކޮށް އެމަނިކުފާނު ކުރިމަތި ނުލައްވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވެފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.