ސަރުކާރަށް އަހަރުވުމުގެ މުނާސަބާ ފާހަގަކުރުމުގެ ޖަލްސާގެ ތެރެއިން..
ހަބަރު
17 Nov 2024 | 21:14
ޑޮލަރު މާރުކުރުމުގެ ޤަވާއިދު ބަދަލެއް ނުކުރާނަން: ރައީސް ޑރ.މުއިއްޒު

ޑޮލަރު މާރުކުރުމުގެ ޤަވާއިދު ބަދަލު ނުކުރައްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިހެން ވިދާޅުވީ ސަރުކާރަށް އަހަރުވުމުގެ މުނާސަބާ ފާހަގަކުރުމަށް މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ޑޮލަރު މާރުކުރުމަށް އެމްއެމްއޭއިން މިފަހުން އެކުލަވާލި އައު އުސޫލް ބަދަލުކުރުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ބާނީންގެ ގޮތުގައި ފާހަގަކުރެވޭ ބައެއް ބޭފުޅުން ވަނީ ސަރުކާރަށް ގޮވާލާފައެވެ. މީގެ ތެރޭގައި ޗަމްޕާ މުހައްމަދު މޫސާ އާއި ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ހިމެނެއެވެ.

އެބޭފުޅުންގެ އެ ވާހަކަތަކާ ގުޅިގެން ރައީސް ޑރ.މުއިއްޒު ތަކުރާރުކޮށް ހަރުއަޑުފުޅުން މިރޭ ވިދާޅުވީ، ޑޮލަރު މާރުކުރުމުގެ އުސޫލަށް ބަދަލު ގެނެވެން ނެތްކަމަށެވެ.

ރައީސް ވިދާޅުވީ 1972 ވަނަ އަހަރު ރާއްޖެއަށް ތައާރަފްވި ފަތުރުވެރިކަމުގެ ސިނާއަތް މިއަދު މިހާހިސާބަށް އައިސްފައިވަނީ ބައެއްގެ ބުރަ މަސައްކަތުން ކަމަށެވެ. ރައީސް ވިދާޅުވީ، އެބޭފުޅުންނަށް ނިހާޔަތަށް އިހުތިރާމްކުރައްވާ ކަމަށާއި އެބޭފުޅުންގެ ހިދުމަތް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާކަމަށެވެ.

ރައީސް ޑރ.މުއިއްޒު ވަނީ ޓޫރިޒަމް ވިޔަފާރިވެރިންގެ ކިބައިން ސިޔާސީގޮތުން ބަޔަކު ނާޖާއިޒް ފައިދާނެގިޔަ ނުދީ ސަރުކާރާއި ގުޅި ރައްޔިތުންގެ ލާބައަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

މިމޭރުމުން އިތުރަށް ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވަނީ އަންނަ ޖެނުއަރީމަހުން ފެށިގެން ޑޮލަރު މާރުކުރުމުގެ ގަވާއިދަށް އަމަލުކުރަން ފައްޓަވާނޭ ކަމަށާއި، އެއުސޫލަށް ބަދަލު ގެނެވެން ނެތްކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.