މީހަކު ދަތް އުނގުޅަނީ
ލައިފްސްޓައިލް
19 Nov 2024 | 07:23
ދަތް އުނގުޅާފައި، އަނގަޔަށް ފެންލައިގެން ދޮންނަން ޖެހޭތަ؟

ދަތް އުނގުޅުމަކީ ދަތް ހަލާކުވުމާއި، ޕްލެކް އާއި ކާއެތިކޮޅުކޮޅާއި ބެކްޓީރިއާ ނައްތާލުމަށް އެހީތެރިވެދޭ ކަމެކެވެ. އާންމުކޮށް، ދުވާލަކު މަދުވެގެން ދެފަހަރު ދަތްއުނގުޅަންޖެހޭ އިރު ފްލޫރައިޑް ދަތް އުނގުޅާ ބޭހެއް ބޭނުން ކުރުން މުހިންމެވެ.

ބޭސް ލައިގެން ދަތް އުނގުޅުމަށްފަހު އަހަރުމެންގެ ތެރެއިން ގިނަ މީހުން ފެން ލައިގެން ރަނގަޅަށް ކޯ ދޮވެލައި ބޭސްތައް ފިލުވައިލުމެވެ. އެހެން ނަމަވެސް އެއީ މުޅިން ރަނގަޅު ގޮތް ނޫން ކަމަށް ކަމާބެހޭ ތަޖުރިބާކާރުން ބުނެއެވެ. 

އެގޮތުން، ދާދިފަހުން ދާރިސް ޓީވީން ގެނެސްދިން ސިއްޙަތު ޕްރޮގްރާމުގައި، ދަތުގެ ޚާއްޞަ ޑޮކްޓަރ އިލްހާމް ޝަރީފް ވިދާޅުވީ، އަހަރެމެން ދަތް އުނގުޅަނީ ދަތް އުނގުޅާ ބޭސް، ދަތުގައި ހޭކުމަށް ކަމަށެވެ.

(ދަތް އުނގުޅަނީ ދަތް އުނގުޅާ ބޭހުގައި ހުންނަ) މިނަރަލްސްތައް އެބްސޯބް ކުރަން. އެހެންވީމާ، ދަތް އުނގުޅާފައި ކުޅު ޖަހާނީ. ދަތް އުނގުޅާފައި އެ އުފެދޭ ފޯމްތައް ބޭރު ކުރާނީ. ކުޅު ޖަހާފައި އަނގައިގެ ތެރޭގައި ސާފު ވީމާ އެ ނިމުނީ. ދެން ކުޅު ދިރުވިގެން އެހުރިހާ އެއްޗެއް ސާފުވެގެން ދާނެ

ދަތުގެ ޚާއްޞަ ޑޮކްޓަރ އިލްހާމް ޝަރީފް

ޑޮކްޓަރ އިތުރަށް ވިދާޅުވީ، ދަތް އުނގުޅުމަށްފަހު ފެނުން ކޯ ނުދޮންނާތީ އުނދަގޫ ވާނަމަ، ކުޑަ ފެންފޮދަކުން ކޯ ދޮވެވިދާނެ ކަމަށެވެ. އެހެން ނަމަވެސް މާބޮޑަށް އަނގަ ދޮވެ ސާފު ކޮށްލުމުން، އަނގައިގައި ހޭކިފައިހުރި ދަތް އުނގުޅާ ބޭސްތައް ދޮވެވިގެންދާ ކަމަށާ، އޭގެ ސަބަބުން، ”އެބްސޯބް ވާންޖެހޭ ހުރިހާ މިނަރަލްސްއެއް ދަތުން ބޭރުވެގެންދާ“ ކަމަށެވެ. 

ޑޮކްޓަރ ވިދާޅުވީ ދަތް އުނގުޅަނީ ހަމައެކަނި ދަތް ސާފު ކުރަން ނޫން ކަމަށާ، ދަތް އުނގުޅުމުގެ ސަބަބުން ދަތަށް ބޭނުންވާ މިނަރަލްސްވެސް ލިބޭކަން ޔަގީން ކުރުމަށް ކަމަށެވެ. އެހެން ކަމުން ދަތް އުނގުޅާފައި ރަނގަޅަށް ކޯ ދޮވުމަކީ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ