ޕީސް ފައުންޑޭޝަންގެ ސުޖޫދު ވޯކްޝޮޕެއްގެ ތެރެއިން: ފޮޓޯ/ ޕީސް ފައުންޑޭޝަން
ހަބަރު
22 Nov 2024 | 18:57
ޕީސް ފައުންޑޭޝަންގެ ”ސުޖޫދު“ ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޕީސް ފައުންޑޭޝަނުން ކޮންމެ އަހަރަކު ކުރިޔަށް ގެންދަމުންދާ "ސުޖޫދު" ކޭމްޕުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 

ސުޖޫދު ކޭމްޕަކީ 10 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްޞަކޮށްގެން، އެކުދިން ނަމާދަށް އަހުލުވެރިކުރުމަށާއި ނަމާދު ކުރަން ދަސްކޮށްދޭ ގޮތަށް ފަރުމާކުރެވިފައިވާ 2 ދުވަހުގެ ކޭމްޕެކެވެ. މި ކޭމްޕު ކުރިޔަށް ގެންދަވާނީ އޮސްޓްރޭލިއާގެ ޝައިޚެއް ކަމުގައިވާ އުސްތާޛް ނަސީމެވެ.

މި ކޭމްޕުގައި ކިޔަވައިދޭނެ ބައިތަކުގެ ތެރޭގައި، ނަމާދުގެ މުހިންމުކަން، ނަމާދު ކުރާނެ ގޮތް، ނަމާދުގައި ކިޔާ ބައެއް ޒިކުރުތަކާއި ޒިކުރުތަކުގެ މާނަ އަދި މީގެ އިތުރުންވެސް ނަމާދާ ގުޅުންހުރި އިތުރު ބައިތައް ވެސް ހިމެނެއެވެ. 

ސުޖޫދު ކޭމްޕު ތަފާތުވާ ސަބަބަކީ، މި ކޭމްޕަކީ ތަފާތު އެކި އެކި ކުޅިވަރުގެ ޙަރަކާތްތައްވެސް ހިމެނިގެން ކުރިޔަށް ގެންދާ "ފަން އެންޑް އެންގޭޖިންގ" ކޭމްޕަކަށް ވާތީ އެވެ. މީގެ ސަބަބުން ކޭމްޕުގައި ކިޔަވާ ބައިތައް ކުދިންނަށް ނަގައިގަންނަން ފަސޭހަވެގެން ދެއެވެ.

އަދި މީގެ އިތުރުން، މި ކޭމްޕުގައި ބައިވެރިވެގެން، މެލޭޝިއާގައި ބާއްވާ އިންޓަރނޭޝަނަލް ޔޫތު ކޭމްޕެއް ކަމުގައިވާ "އަލްޚާދިމް ޔޫތު ކޭމްޕް (އޭ.ކޭ.ވައި.ސީ)" ގައި ބައިވެރިވުމުގެ ފުރުޞަތު ވެސް ލިބިގެން ދެއެވެ. އެގޮތުން، ސުޖޫދު 2023-2024 ގައި ބައިވެރިވި ކުދިންގެ ތެރެއިން ފާހަގަކޮށްލެވުނު 4 ކުއްޖަކަށް ވަނީ އެ ފުރުޞަތު ލިބިފައެވެ. މި އަހަރުގެ އޭ.ކޭ.ވައި.ސީ ގައި އެކުދިން ބައިވެރިވާނެއެވެ.

ޕީސް ފައުންޑޭޝަނުން މައުލޫމާތު ދޭ ގޮތުގައި، މި އަހަރުގެ ސުޖޫދުގެ ދެ ކޭމްޕު އޮންނާނެއެވެ. އެއީ މާލޭގައި ބާއްވާ ކޭމްޕާއި ހުޅުމާލޭގައި ބާއްވާ ކޭމްޕެވެ. 

މާލެ ކޭމްޕު ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 30 އިން 31 އަށެވެ. އަދި ހުޅުމާލެ ކޭމްޕު ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ޖެނުއަރީ 1 އިން 2 އަށެވެ.

ޕީސް ފައުންޑޭޝަނަކީ 2010 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދީނީ، ތަޢުލީމީ އަދި އިޖުތިމާޢީ ވޯކްޝޮޕްތަކާއި ކޭމްޕުތައް ހިންގުމުގައި ޙަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެކެވެ. އެގޮތުން މި ޖަމިއްޔާއިން އެކި ޢުމުރުފުރާތަކަށް ޚާއްޞަކޮށްގެން ތަފާތު އެކިއެކި ޕްރޮގްރާމްތައް ހިންގަމުން ދެއެވެ. ސުޖޫދު ކޭމްޕުގެ އިތުރުން މި ޖަމިއްޔާއިން ހިންގާ ޕްރޮގްރާމްތަކުގެ ތެރޭގައި ލަކުސަނަ ކޭމްޕް، ފުރާވުނަ، ފުރަދާނަ، ކުޑަކުދިންގެ ނަމާދު ވޯކްޝޮޕް، ޢަޤީދާ ވޯކްޝޮޕް މީގެ އިތުރުންވެސް އެތައް ޕްރޮގްރާމްތަކެއްވެސް ހިމެނެއެވެ. 

ސުޖޫދު ކޭމްޕުގައި ބައިވެރިވުމަށްޓަކައި ތިރީގައިވާ ފޯމު ފުރާލައިގެން ބައިވެރި ވެވޭނެއެވެ.

https://forms.gle/UPr1Z3rneAh5NWPq7

އިތުރު މަޢުލޫމާތު ޕީސް ފައުންޑޭޝަނުގެ މީސް މީޑިއާ އިންނާއި ޕީސް ފައުންޑޭޝަނުގެ ހޮޓްލައިން (7341781) އަށް ގުޅައިގެން ވެސް ލިބޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.