އެމްއެމްއޭ
ހަބަރު
26 Nov 2024 | 22:26
ބޭރުފައިސާއާ ބެހޭ ބިލަށް އާއްމުންގެ ހިޔާލު ހޯދުމަށް އެމްއެމްއޭއިން ހުޅުވާލައިފި

ބޭރުފައިސާ މާރުކުރުމާ ގުޅޭ ކަންކަން ހަރުދަނާކުރުމުގެ ގޮތުން، ބޭރުފައިސާ އާބެހޭ ބިލެއް އެކުލަވާލުމުގެ މަސައްކަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ފަށައިފިއެވެ.

އެމްއެމްއޭއިން ވަނީ މި ބިލް، ސްޓޭކްހޯލްޑަރުންގެ ހިޔާލު ހޯދުމަށް ފޮނުވާފައެވެ. މި ބިލް އެމްއެމްއޭގެ ވެބްސައިޓްގައި މިހާރު އާއްމުކޮށްފައިވާއިރު، މަރުކަޒީ ބޭންކުން ވަނީ މި ބިލާމެދު އާއްމުންގެ ހިޔާލު ހޯދުމަށްވެސް ހުޅުވާލާފައެވެ. އެމްއެމްއޭއިން ބުނީ ބިލުގެ މައިގަނޑު މަގްސަދަކީ މިއަހަރުގެ އޮކްޓޯބަރުމަހުގެ 1 ވަނަ ދުވަހު އަމަލުކުރަން ފަށާފައިވާ ބޭރުފައިސާއާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ހަރުދަނާކުރުން ކަމަށެވެ.

އެމްއެމްއޭއިން ބުނީ މި ބިލަކީ ވިޔަފާރިތަކާއި ރައްޔިތުންގެ ލާބައާއި މަންފާއާ ގުޅިފައިވާ ބިލަކަށްވާތީ، ވިޔަފާރިތަކާއި އާއްމު ރައްޔިތުންގެ ހިޔާލު ބިލަށް ބޭނުންވާކަމަށެވެ.

އެމްއެމްއޭއިން ބޭރުފައިސާ އާބެހޭ ބިލެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިމިވަނީ، މީގެކުރިން އެ ބޭންކުން އާއްމުކުރި ބޭރުފައިސާ މާރުކުރުމާ ބެހޭ އައު އުސޫލަށް ޓޫރިޒަމްގެ ބައެެއް ބޮޑެތި ފިޔަފާރިވެރިން އަމަލުނުކުރާނޭކަމަށް ބުނެފައިވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

ބިލުގައި ފާހަގަކުރެވޭ މުހިއްމު ބައެއް ކަންކަމުގެ ތެރޭގައި:

- ދިވެހިރާއްޖެއިން ދިވެއްސަކު ހޯދާ މުދަލާއި ޚިދުމަތްތަކަށް ބޭރު ފައިސާއިން އަގު އަދާކުރަން ލާޒިމެއް ނުކުރެވޭނެ. 

- އަހަރެއްގެ ތެރޭގައި ވިހި މިލިއަން އެމެރިކާ ޑޮލަރަށް ވާ އަދަދަށް ބޭރު ފައިސާ ލިބޭ ވިޔަފާރިތައް އެ ފަރާތްތަކަށް ލިބޭ ބޭރުފައިސާގެ އާމްދަނީ ރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާކުރުން.

- ޓޫރިސްޓު ހޮޓާތައް (50 އަށް ވުރެ ގިނަ ވިޔަސް މަދުވިޔަސް މީހުން ދިރިއުޅޭ ރަށެއްގައި ހުންނަ)އާއި ޓޫރިސްޓު އުޅަނދުތައް ކެޓަގަރީ ބީ އަށް ބަދަލުކުރުން.

- އަހަރެއްގެ ތެރޭގައި މަދުވެގެން 20 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީ ލިބޭ ފަރާތްތަކުން ބޭރުފައިސާގެ އާމްދަނީން %25 އަށް ވުރެ ބޮޑުނުވާ ގޮތަށް އޮތޯރިޓީން ހަދާ ގަވާއިދެއްގެ ތެރެއިން މާރުކުރަންޖެހުން.

- ބޭރުފައިސާ މާރުކުރުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި 24 ގަޑިއިރު ހޭދަނުކުރާ ފަތުރުވެރިންނާއި، އަހަރުން ދަށުގެ ކުދިންގެ އިތުރުން ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީކޮށް ތިބޭ ފަރާތްތައް ހިމެނުން.

- މީގެ އިތުރުން ދިވެހިރާއްޖެއިން ބޭރުގައި ރަޖިސްޓަރީ ކޮށްފައިވާ ޓޫރިސްޓު އުޅަނދުތައް ގާނޫނުން އިސްތިސްނާކުރުން.

ކޮމެންޓް
ާ
ސަރުކާރުން ފާސްކޮށްފައޮތީ ރަގަޅަށް.
26 Nov 2024
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.