ގަވަރުނަރު މުނައްވަރު، ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރަނީ..
ހަބަރު
27 Nov 2024 | 13:22
ޤަވާއިދުގައިވާގޮތަށް 500 ޑޮލަރު ނަގަމުންދާނެ. ބިލެއް އެކުލަވާލަން ޖެހުނީ ގާނޫނީގޮތުން ބާރުވެރިކަން ހޯދަން: ގަވަރުނަރު

އެމްއެމްއޭއިން އެކުލަވާލި ބޭރުފައިސާ ގަނެވިއްކުމުގެ އައު ޤަވާއިދުގައި ވާގޮތަށް 500 ޑޮލަރު ނަގަމުންދާނޭ ކަމަށާއި، ބިލެއް އެކުލަވާލަން ޖެހުނީ މިކަމުގައި ގާނޫނީގޮތުން  ހޯދަންޖެހޭ ބާރުވެރިކަން ހޯދަންކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ރޭ ވަނީ ބޭރުފައިސާ ގަނެވިއްކުމުގެ ޤަވާއިދަށް ބާރުވެރިކަން ހޯދުމަށް އެކުލަވާލި ބިލް އާއްމުންގެ ހިޔާލަށް ހުޅުވާލާފައެވެ. އެމްއެމްއޭއިން އެކުލަވާލި ބިލުގައި، ކުރިން އާއްމުކުރި ބޭރުފައިސާ ގަނެވިއްކުމުގެ ގަވާއިދުގައި ހިމެނޭ ބައެއްކަންކަން ވަނީ މުރާޖައާކޮށް ލުއިތަކެއް ދީފައެވެ. ނަމަވެސް ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރަންޖެހޭނޭކަމަށް ބަޔާންކޮށްފައި އޮތް އޮތުމަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. ނަވެސް ބައެއް ފަރާތްތަކުން ވަނީ، ވިޔަފާރިވެރިންގެ ފިއްތުންތަކާ ގުޅިގެން އެމްއެމްއޭއިން އެކުލަވާލި ބޭރުފައިސާ ގަނެވިއްކުމުގެ އުސޫލް ބަދަލުކޮށްފައިވާ ފަދަ މޭރުމަކުން ހަބަރުތައް ފަތުރަމުން ގެންގޮސްފައެވެ.

މިކަމާ ގުޅިގެން އެމްއެމްއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ، 500 ޑޮލަރު ނަގާގޮތަށް އޮންނަ އޮތުމަށް ބަދަލު ގެނެސްފައި ނުވާނޭކަމަށެވެ. ނޫސްވެރިންގެ މި ބައްދަލުވުމުގައި ގަވަރުނަރު މުނައްވަރު ވަނީ ބޭންކުތަކަށް ވަންނަ ޑޮލަރާއި ކުރަންޖެހޭ ހަރަދުތައް ވަރަށް ސާފުކޮށް ކިޔާދެއްވާފައެވެ. ގަވަރުނަރު ވިދާޅުވީ ރާއްޖޭގެ ބޭންކުތަކަށް ބޭނުންވާ ވަރާ ގާތަށްވެސް ޑޮލަރު ލިބެމުން ނުދާކަމަށާއި، މިހާތަނަށްވެސް ބޭންކުތަކަށް ބޭނުންވާ ޑޮލަރު ދޫކުރަމުން ގެންގޮސްފައިވަނީ އެމްއެންއޭއިން ކަމަށެވެ. 

އެމްއެމްއޭއަށް އަހަރެއްގެ ތެރޭގައި އެއް ބިލިއަން ޑޮލަރު ލިބޭއިރު ހަމައެކަނި ރާއްޖެއަށް ބޭނުންވާ ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލުގެ ބާވަތްތައް އެތެރެކުރުމަށް އެކަނިވެސް 700 މިލިއަނަށްވުރެ ގިނަ ޑޮލަރު ހޭދަވާކަން ގަވަރުނަރު ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ބާވަތްތައް އެތެރެކުރުމަށާއި، ބޭރުގައި ތިބޭ ކިޔަވާކުދިންނަށް ބޭނުންވާ ބޭރުފައިސާވެސް ހަމަޖައްސަނީ އެމްއެމްއޭއަށް ލިބޭ ޑޮލަރުގެ ތެރެއިންކަން ގަވަރުނަރުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެ ކުރިން އާއްމުނަށް ހީވެފައި އޮންނަނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުނަށް 500 ޑޮލަރު ވިއްކަނީ ބޭންކް އޮފް މޯލްޑިވްސްގެ ތެރެއިން ކަމަށެވެ. ނަމަވެސް ގަވަރުނަރު މިއަދު ވިދާޅުވީ ބޭރަށްފުރާ ދިވެހިންނަށް ވިއްކާ ޑޮލަރަކީވެސް އެމްއެމްއޭއިން ފޯރުކޮށްދެމުންދާ އެއްޗެއް ކަމަށާއި މި ހުރިހާ ކަމަކަށް ބަލައި، ބޭންކުތަކަށް ޑޮލަރު މާރުކުރުމަށް ހަރުދަނާ އުސޫލްތަކެއް ތަންފީޒުކުރެވެން ޖެހޭަކަމަށެވެ.

ކޮވިޑްކުރިން ބޭންކުތަކަށް މާރުކުރަމުންދިޔަ ޑޮލަރު ނިހާޔަތަށް ދަށަށްގޮސްފައިވާކަމަށާއި، ޑޮލަރު މާރުކުރުމަށް ހަރުދަނާ އުސޫލްތަކެއް ހަދައި އެ ތަންފީޒުކުރެވިގެން ނޫނީ މިކަމުގައި ރައްޔިތުން ބޭނުންވާ މުހުތާދުތައް ފިލުވައިދެެވެން ނެތްކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

އެމްއެމްއޭއިން ބޭރުފައިސާ އާ ބެހޭ ބިލެއް އެކުލަވާލާފައިވާއިރު، އެ ބިލް އެކުލަވާލުމުގެ މައިގަނޑު މަގްސަދަކީ ބޭރުފައިސާ މާރުކުރުމާ ގުޅޭ ކަންކަން ހަރުދަނާކުރުންކަމަށް އެމްއެމްއޭއިން ބުނެއެވެ.

ބިލްގައި ފާހަގަކޮށްލެވޭ މުހިއްމު ކަންކަމުގެ ތެރޭގައި:

- ދިވެހިރާއްޖެއިން ދިވެއްސަކު ހޯދާ މުދަލާއި ޚިދުމަތްތަކަށް ބޭރު ފައިސާއިން އަގު އަދާކުރަން ލާޒިމެއް ނުކުރެވޭނެ. 

- އަހަރެއްގެ ތެރޭގައި ވިހި މިލިއަން އެމެރިކާ ޑޮލަރަށް ވާ އަދަދަށް ބޭރު ފައިސާ ލިބޭ ވިޔަފާރިތައް އެ ފަރާތްތަކަށް ލިބޭ ބޭރުފައިސާގެ އާމްދަނީ ރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާކުރުން.

- ޓޫރިސްޓު ހޮޓާތައް (50 އަށް ވުރެ ގިނަ ވިޔަސް މަދުވިޔަސް މީހުން ދިރިއުޅޭ ރަށެއްގައި ހުންނަ)އާއި ޓޫރިސްޓު އުޅަނދުތައް ކެޓަގަރީ ބީ އަށް ބަދަލުކުރުން.

- އަހަރެއްގެ ތެރޭގައި މަދުވެގެން 20 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީ ލިބޭ ފަރާތްތަކުން ބޭރުފައިސާގެ އާމްދަނީން %25 އަށް ވުރެ ބޮޑުނުވާ ގޮތަށް އޮތޯރިޓީން ހަދާ ގަވާއިދެއްގެ ތެރެއިން މާރުކުރަންޖެހުން.

- ބޭރުފައިސާ މާރުކުރުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި 24 ގަޑިއިރު ހޭދަނުކުރާ ފަތުރުވެރިންނާއި، އަހަރުން ދަށުގެ ކުދިންގެ އިތުރުން ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީކޮށް ތިބޭ ފަރާތްތައް ހިމެނުން.

- މީގެ އިތުރުން ދިވެހިރާއްޖެއިން ބޭރުގައި ރަޖިސްޓަރީ ކޮށްފައިވާ ޓޫރިސްޓު އުޅަނދުތައް ގާނޫނުން އިސްތިސްނާކުރުން.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.