އެމްއެމްއޭ
ހަބަރު
02 Dec 2024 | 17:49
އައު އުސޫލުގެ ތެރެއިން ބޭރުފައިސާ މާރުކުރުމުގެ ލައިސަންސަށް އެދުނީ 98 ފަރާތަކުން: އެމްއެމްއޭ

ބޭރުފައިސާ ގަނެވިއްކުމުގެ އައު އުސޫލުގެ ދަށުން، ބޭރުފައިސާ މާރުކުރުމުގެ ލައިސަންސަށް އެދިފައިވަނީ 98 ކުންފުނިންކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭއިން ބުނީ ބޭރުފައިސާ ގަނެވިއްކުމުގެ އައު ގަވާއިދުގެ ދަށުން ލައިސަންސަށް އެދި ހުޅުވާލުމުން މިހާތަނަށް މަނީ ޗޭންޖަރުންގެ ގޮތުގައި ހިދުމަތްދެމުން އައި 212 ފަރާތުގެ ތެރެއިން 49 ފަރާތަކުން ލައިސަންސަށް އެދުނު ކަމަށެވެ. އަދި މީގެ ކުރިން ލައިސަންސް ދީފައިވާ ފަރާތްތަކުގެ ތެރެއިން 163 ފަރާތެއްގެ ލައިސަންސް ވަނީ ބާތިލްކޮށްފައެވެ.

ޖުމްލަ 98 ފަރާތަކުން ލައިސަންސަށް އެދި ހުށަހެޅިއިރު، މީގެ ތެރޭގައި ޓިއާ އެކަކަށް 79 ފަރާތަކުން ލައިސަންސް ހޯދުމަށް އެދި ހުށަހެޅިއެވެ. އަދި ޓިއާ ދޭކަށް 19 ފަރާތަކުން ލައިސަންސް ހޯދުމަށް އެދި ހުށަހެޅިކަމަށްވެސް މަރުކަޒީ ބޭންކުން ބުންޏެވެ.

އެމްއެމްއޭއިން ބުނީ މަނީ ޗޭންޖަރުންގެ ގޮތުގައި ހަރަކާތްތެރިވާ، ވިޔަފާރީގެ އުސޫލުން ހިދުމަތްދެމުން އަންނަ 35 ވިޔަފާރިއެއްގެ އިތުރުން 14 ރިސޯޓަކުން ލައިސަންސް އައު ކުރުމަށް އެދިފައިވާކަމަށެވެ. 

ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރުމަށް ދެ ބާވަތެއްގެ ލައިސަންސް ދޫކުރަން ނިންމާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ، ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސެއްގެ އިތުރުން ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސެވެ.

ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް

- މި ލައިސަންސްގެ މުއްދަތަކީ 5 އަހަރެވެ. އަދި މި ވިޔަފާރީގައި ޙަރަކާތްތެރިވާ ހުރިހާ މުވައްޒަފުން ވެސް ވާންވާނީ ދިވެހިރައްޔިތުންނަށެވެ. މިފަދަ ވިޔަފާރިއަކުން ދުވާލެއްގެ މައްޗަށް އެއް ކަސްޓަމަރަކަށް ނަގުދު ފައިސާއިން އެންމެ ގިނަވެގެން މުއާމަލާތްކުރެވޭނީ 50،000 ރުފިޔާ ނުވަތަ އެއާ އެއްވަރުގެ ބޭރު ފައިސާގެ އަދަދަކަށެވެ.

- މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތްތަކުން، ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ހުރިހާ މުޢާމަލާތްތަކެއް މޮނިޓަރ ކުރެވޭނެ އިލެކްޓްރޯނިކް ނިޒާމެއް ގާއިމުކުރަންވާނެއެވެ.

ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަން

- މި ލައިސަންސް ލިބޭނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ޓޫރިސްޓު ރިޒޯޓް ހިންގަން ހުއްދަ ނުވަތަ ލައިސަސް ލިބިފައިވާ ކުންފުންޏަކަށެވެ.

- ލައިސަންސްގެ މުއްދަތަކީ ޓޫރިސްޓް ރިޒޯޓް ހިންގަން ލިބިފައިވާ ހުއްދައިގެ ނުވަތަ ލައިސަންސްގެ މުއްދަތެވެ. މި ފަރާތްތަކުން ބޭރު ފައިސާ ވިއްކުމުގެ މުއާމަލާތް ކުރަންވާނީ ބޭންކެއް މެދުވެރިކޮށެވެ.

- މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުންވެސް، ބޭރު ފައިސާ ވިއްކުމަށްފަހު ކަސްޓަމަރަށް ރަސީދެއް ދޭންވާނެއެވެ. އެގޮތުން ދޫކުރާ ރަސީދުގައި، ކަސްޓަމަރުގެ ފުރިހަމަ ނަން، ކޮންފަރާތެއްކަން އަންގައިދޭ ލިޔުމެއްގެ ނަންބަރު (މިސާލު: ކާކުކަން އަންގައިދޭ ކާޑު ނަންބަރު، ޕާސްޕޯޓް ނަންބަރު، ގާނޫނީ ޝަޙްޞެއް ނަމަ ރަޖިސްޓްރޭޝަން ނަންބަރާއި ވިޔަފާރީގެ ރަޖިސްޓަރީ ނަންބަރު)، ވިއްކި ނުވަތަ ގަތް ފައިސާގެ ބާވަތާއި އަދަދާއި ފައިސާ ވިއްކި ނުވަތަ ގަތް ރޭޓް ހިމަނަންވާނެއެވެ.

މި ޤަވާއިދުގައި އަލަށް ގެނެސްފައިވާ އުސޫލުގައިވާގޮތުން ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 50000 ޑޮލަރު ބަހައްޓަން ވާނެއެވެ. ކުރިން ލައިސަންސް އޮތް ފަރާތްތަކުން އާ ގަވާއިދުގެ ދަށުން ލައިސަންސަށް އެދި ހުށަހަޅައި އެއާ މެދު އޮތޯރިޓީން ވަކި ގޮތެއް ނިންމައި އަންގަންދެން ކުރީގެ ލައިސަންސްގެ ދަށުން ވިޔަފާރި ކުރިއަށް ގެންދެވޭނެއެވެ.

އެމްއެމްއޭއިން ބުނީ ބޭރުފައިސާ މާރުކުރުމާ ބެހޭ ޤަވާއިދަށް ގެނައި އައު އުސޫލުގައި ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ޓޫރިސްޓުންނަށް ޚިދުމަށް ދިނުމަށް ހިންގާ ތަންތަނުން ލައިސަންސަކާ ނުލާ ޓޫރިސްޓުންގެ ކިބައިން ބޭރުފައިސާ ގަނެ އަދި ޓޫރިސްޓުންނަށް ބޭރު ފައިސާ ވިއްކިދާނޭ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.