ނައީމާ މަރާލުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުނަތުވާ ފަވާޒު
ހަބަރު
05 Dec 2024 | 11:16
ނައީމާ މާރާލަން އިސްކޮށް އުޅުނީ ފަވާޒުކަން ސާބިތުކުރަން ގިނަ ހެކިތަކެއް

ނ.މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު އެ ރަށު ނައީމާ މޫސާ މަރާލުމުގައި އިސްކޮށް ހަރަކާތްތެރިވީ ފަވާޒު ކަމަށް ސާބިތު ކުރަން ދައުލަތުން ގިނަ ހެކިތަކެއް ހުށަހަޅައިފިއެވެ. 

މަނަދޫ އަންނާރުމާގޭ އުމުރުން 62 އަހަރުގެ ނައީމާ މޫސާ، ގިނަ ޒަހަމްތަކާއެކު އޭނާ ދިރިއުޅޭ ކޮޓަރީގައި މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 7 ވަނަ ދުވަހުއެވެ. އޭނާ އަކީ އެގޭގައި އެކަނި ދިރިއުޅެމުންދިޔަ މީހެކެވެ. އަދި އޭނާ މަރުވެފައި އޮއްވާ ފެނުނީ ހަބަރެއް ނުވެގެން އާއިލާއިން ރިޕޯޓް ކުރުމުން ފުލުހުން ގޮސް ބެލުމުންނެވެ.

މި މައްސަލަ އާއި ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވަނީ އެރަށަށް ނިސްބަތްވާ ހަސަން ފަވާޒް (21 އ) ، އަހްޒަމް އަބްދުއްޝަކޫރު (23 އ) އާއި އަބްދުލްވާހިދު ރިފާސް (20 އ) ގެ މައްޗަށެވެ.

އެތަނުން، ފަވާޒުގެ މައްޗަށް ދައުލަތުން ކުރާ ދައުވާ ތަކަކީ؛

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ

މައްޔިތާގެ ބޭނުން ނަހަމަ ގޮތުގަ ބޭނުން ކުރުމުގެ ކުށުގެ ދައުވާ

އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ކުށުގެ ދައުވާ

މި މައްސަލާގައި މީގެ ކުރިން ބޭއްވުނު އަޑު އެހުމެއްގައި ދައުލަތުން ބުނީ، ރިފާސް އާއި އަހުޒަމްއަށް އިރުޝާދުދީ މި އަމަލު ހިންގާފައި ވަނީ އޭނާ ކަމަށެވެ.

މިގޮތުން، ނައީމާއަކީ ސިހުރު ހަދާ މީހެއް ކަމަށާއި، ސިހުރު ހަދާ މީހުން މަރައިގެން ފާފަވެރި ނުވާނެ ކަމަށް ރިފާސް އަދި އަހުޒަމަށް ފަވާޒް ވިސްނައިދީފައިވާކަމަށާއި، ނައީމާ މަރާލުމަށް ބޭނުންވާ އާލަތްތައް ހޯދައި، އެ ދެ މީހުން ނައީމާ ދިރިއުޅޭ ގެއަށް ގެންދިޔައީ ފަވާޒް ދުއްވާ ކާރުގައި ކަމަށް ދައުލަތުން ބުންޏެވެ.

އަދި އެމީހުން ނައީމާ ދިރިއުޅޭ ގެއަށް ވަނީއްސުރެ ފޯނުން އެމީހުންނަށް ކަން ކުރާނެ ގޮތުގެ އިރުޝާދު ދީފައިވާ ކަމަށްވެސް ދައުލަތުން ވަނީ ބުނެފައެވެ.

މި ކަންކަން ސާބިތު ކުރުމަށް މިއަދު ކްރިމިނަލް ކޯޓްގައި ބޭއްވި އަޑު އެހުމުގައި ދައުލަތުން ވަނީ ގިނަ ހެކި ހުށަހަޅާފައެވެ. 

އެގޮތުން، ފަވާޒާއި މައްސަލާގައި ދެން ހިމެނޭ، ރިފާސް، އަހުޒަމްގެ ސެލް ލޮކޭޝަންތަކާއި ކޯލް ރެކޯޑިންތަކާއި، ފަވާޒު، އަހުޒަމާއި ރިފާސްއަށް ފޯނުން ދެމުން ދިޔަ އިރުޝާދުތައް ސާބިތުކުރަން ބައެއް ޝަފައީ ހެކިން ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން، ނައީމާ ސިހުރު ހަދާ ކަމަށް ރަށު ތެރޭގައި ވާހަކަ ދެކެވޭ ކަމާއި އެކަމާ ފަވާޒު ރުޅި އަންނަ ކަން ސާބިތުކުރަން ރަށު ބައެއް މީހުންގެ ހެކިބަސް ނަގާފައިވާއިރު، ނައީމާގެ ގެ ކައިރިއަށް އަހުޒަމާއި ރިފާސް ގޮވައިގެން ފަވާޒު ދިޔަ ކަމާއި އެ ތަނަށް ދިޔަ ކާރަކީ ފަވާޒުގެ ކާރެއް ކަން ސާބިތުކުރަން ސީސީޓީވީ ފުޓޭޖުތައްވެސް ވަނީ ހުށަހަޅާފައެވެ. 

އަދި، ފޮރެންސިކް ތަހުލީލުގެ ބައެއް ރިޕޯޓްތަކާއި، ނަޢީމާ މަރާލަން ބޭނުން ކުރި ބައެއް އާލާތްތައް ހޯދަން ފަވާޒު ހަރަދުކުރިކަން ސާބިތުކުރަންވެސް ބައެއް ހެކި ހުށަހަޅާފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.