މާރުކޭޓުގައި ވިއްކަން ބަހައްޓާފައިހުރި މޮޅުފަޅޯތަކެއް.. ފޮޓޯ: ވޮއިސް
ހަބަރު
07 Dec 2024 | 17:01
މިއީ މިހާރު އިޒްރާއީލް ފަޅޮލެއް ނޫން. ފަލަސްތީނު ފަޅޯ

މާރުކޭޓް ސަރަހައްދަށް މިއަދުގޮސް އެތަނުގައި ހުރި ގޮޅިއެއްގައި ވިއްކަން ބަހައްޓާފައި ހުރި އިޒްރާއީލް ފަޅޯތަކެއްގެ އަގު ސޭޓްކައިރީ އަހާލުމުން ސޭޓް ވަރަށް ރުޅިއައިސްގެން ބުންޏެވެ. "މިއީ މިހާރު ފަލަސްތީނުފަޅޯ ނުވަތަ މޮޅު ފަޅޯ. އަހަރުމެން ނޫޅެން މިއަކަށް އިޒްރާއީލް ފަޅޯ ކިޔާކަށް" ގޮޅީގައި އިން މީހާ ވަރަށް ރުޅިގަދަވެފައި ބުންޏެވެ.

ތެދެކެވެ. އިޒްރާއީލްގެ ނިރުބަވެރި ސިފައިން ފަލަސްތީނުގެ އާއްމު ރައްޔިތުންނާ ދެކޮޅަށް ހިންގަމުން އަންނަ ޖަރީމާތައް ކުށްވެރިކުރުމުގައި މިހާރު ވަކި އުމުރުފުރައެއް ފަކި ފަންތިއެއް ނެތެވެ.

ބާޒާރުގައި ވިއްކަން ހުންނަ މޮޅު ފަޅޮލަށް މިހާތަނަށް އެންމެ އާއްމުކޮށް ކިޔަމުން އަންނަނީ އިޒްރާއީލް ފަޅޮލުގެ ނަމުންނެވެ. ނަމަވެސް އިޒްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާ ނަސްލު ނައްތާލުމުގެ އަމަލުތަކުގެ ސަބަބުން ދިވެހިން މިހާރު އެ ފަޅޮލަށް އިޒްރާއީލްގެ ނަމުން ގޮވާކަށެއް ބޭނުމެއް ނޫނެވެ.

މޮޅުފަޅޯ.. ފޮޓޯ: ވޮއިސް

ބާޒާރުގައި ވިއްކަންހުންނަ ފަޅޯލުގެ ބާވަތްތަކުގެ ތެރެއިން އިޒްރާއީލްފަޅޯ ނުވަތަ މިހާރުގެ ނަމުންނަމަ ފަލަސްތީނު ފަޅޮލަކީ އެންމެ މީރު ފަޅޮލެވެ. މާލޭ ބާޒާރުގައި މޮޅު ފަޅޯ ކިލޯއެއްގެ އަގު އުޅެނީ 70 ރުފިޔާ އާއި 75 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ. އާދައިގެ ފަޅޯ ކިލޯއެއް 25 ވަރަކަށް ރުފިޔާއަށް ލިބެއެވެ.

މޮޅުފަޅޮލަކީ ރާއްޖޭގައި ދަނޑުވެރިކަންކުރާ ފަރާތްތަކުން ވަރަށް ފުޅާދާއިރާއެއްގައި ހައްދަމުން އަންނަ ބާވަތެކެވެ. މިބާވަތުގެ ފަޅޯ ބޮޑަށް ވިއްކަނީ ރިސޯޓް މާކެޓަށެވެ. މިބާވަތުގެ ފަޅޯ ކިލޯއެއްގެ އަގު މާލޭ ބާޒާރުގައި 70 ރުފިޔާއަށް ވިއްކިނަމަވެސް ހދ ހިސާބުގައި ފަލަސްތީނު ފަޅޯކިލޯއެއް 45 ރުފިޔާއަށް ލިބެއެވެ.

ކޮމެންޓް
ވޯޓް ވިއްކި ގަމާރު
އަސްލު ތިއީ އިޒްރޭލް މުޑުވަކެއްނޫން ތިއީ ހޮލެންޑް ވެރައިޓީއެއް..... މި މުޑުވައް ވަރަށް ގިނަ ގައުމުތަކުގައި އުފައްދާ
07 Dec 2024
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ