ރައީސް މުޢިއްޒު ތޮއްޑޫ ރައްޔިތުންނާ ބައްދަލު ކުރެއްވުން: ފޮޓޯ/ ވޮއިސް
ހަބަރު
08 Dec 2024 | 11:03
ސިޔާސީ ތަފާތު ކުރުމެއް ނުގެންގުޅެން؛ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އެންމެވެސް ހަމަހަމަ: ރައީސް މުޢިއްޒު

ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އެންމެވެސް ހަމަހަމަ ވާނެ ކަމަށާ، އެކަންކަމުގައި ސިޔާސީ ތަފާތު ކުރުން ނުގެންގުޅުއްވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އަތޮޅު ތެރެއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، އއ. ތޮއްޑޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ތޮއްޑޫ ކައުންސިލުން އުފައްދާފައިވާ އެ ކައުންސިލްގެ ކުންފުނި، ”ލޯކަލް އޮތޯރިޓީ ކޮމްޕެނީ“ ފަދަ ކުންފުންޏެއް އެމަނިކުފާނު މާލޭ މޭޔަރ ކަމުގެ މަގާމުގައި ހުންނެވިއިރު، މާލޭގައިވެސް އުފެއްދެވުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.

އެހެން ނަމަވެސް، އޭރު އޮތް އެމްޑީޕީ ސަރުކާރުން އެ ފުރުސަތު ދެއްވާފައި ނުވާ ކަމަށެވެ. އެ ސަރުކާރުން އެކަން ކުރީ ސިޔާސީ ވިސްނުމެއްގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވުއެވެ. 

އަޅުގަނޑު އެ ގޮތަށް ކަމެއް ނުކުރާނަން. ކައުންސިލްގެ އެ ކުންފުނިން ރަށުގެ ރައްޔިތުންގެ ފުދުންތެރިކަމަށް ހިންގަވަން ބޭނުންވާ މަޝްރޫޢުތަކަށް ފުރިހަމަ އެއްބާރުލުން ސަރުކާރުގެ ތެރެއިން، އެއީ އިންވެސްޓްމަންޓް، ހަމަޖައްސައިދިނުން ކަމުގައި ވިޔަސް، އަދި އެހެނިހެން ކަންކަން މަގުފަހި ކޮށްދިނުން ކަމުގައިވިޔަސް، އެ ކުންފުންޏަށް އެއްބާރުލުން ދޭނަން

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

އޭގެ ނަތީޖާއެއްގެ ގޮތުން ކައުންސިލުން ކުރަން ރާވާފައިވާ މަސައްކަތްތަކަށް، އެ ކުންފުންޏަށް އިންވެސްޓަރުން ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސް މުޢިއްޒު ތޮއްޑޫ ރައްޔިތުންނާ ބައްދަލު ކުރެއްވުން: ފޮޓޯ/ ވޮއިސް

ސިޔާސީ ވިސްނުމެއް ނުގެން ގުޅޭނަން. ތަފާތުވެސް ނުކޮށް، މިއަދާއި ހަމައަށްވެސް މިއައީ. ބޭނުންވަނީ، އެއްވެސް ވަރެއްގެ ސިޔާސީ ވިސްނުމެއް ނުގެން ގުޅެން. މިއަދާ ހަމައަށްވެސް އައިއިރު ރައްޔިތުންނަށް ޚިދުމަތްކުރުމުގައި އަޅުގަނޑަށް ހުރިހާ ރައްޔިތުންވެސް ހަމަހަމަ. ކައުންސިލުން އަދި އތމ ކޮމިޓީގެ ކަންކަމުގައިވެސް ފުރިހަމަ އެއްބާރުލުން ދޭނަން. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

މީގެ އިތުރުންވެސް ރައީސް މުޢިއްޒު ވަނީ، ތޮއްޑޫ ރައްޔިތުން ބޭނުންވާ ކަންކަން އެ ބޭނުންވާ ގޮތަށް މަޝްވަރާއާއިއެކު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.