ރައީސް މުޢިއްޒު ތޮއްޑޫ ރައްޔިތުންނާ ބައްދަލު ކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
08 Dec 2024 | 11:48
”އިންތިޚާބުތަކާ ދިމާކޮށް، ޞާލިޙް 1،900 ކުށްވެރިން މިނިވަންކުރި؛ މިސަރުކާރުން އެކަން ނުކުރާނެ“

ކުރީގެ ރައީސް، އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި، އިންތިޚާބު ތަކާ ދިމާކޮށް 1،900 ކުށްވެރިން މިނިވަންކުރެއްވި ކަމަށާ، މި ސަރުކާރުން، ސިޔާސީ ވިސްނުމުގައި އެފަދަ ކަމެއް ނުކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އަތޮޅު ތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، ތޮއްޑޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ މުޖުތަމަޢުގެ ހަމަޖެހުން ކަމަށެވެ.

އަދި މިދިޔަ ސަރުކާރުގައި އެކިއެކި އިންތިޚާބު ތަކާ ދިމާކޮށް ކުށްވެރިންނަށް މާފުދީ، މިނިވަންކުރިކަމަށާ އޭގެ ސަބަބުން މުޖުތަމައުގައި ނުރައްކާތި ކަންކަން ހިނގާފައިވާ ކަމަށް ވިދާޅުވިއެވެ. 

"އަޅުގަނޑުމެންނަށް ފެނިގެންދިޔަ އެކި އިންތިޚާބުތަކާ ދިމާކޮށް ޖަލުތަކުގައި ތިބޭ ކުށްވެރިން އެއްވެސް ވަރެއްގެ ރިހެބްލިޓޭޝަނެއްގެ ތެރެއަށް ނުގޮސް މަގުމައްޗަށް ދޫކޮށްލާތަން [ކުރިން ފެނުނު]. އޭގެ ސަބަބުން ވަރަށް ގިނަ އެކި ކަހަލަ ނުރައްކާތެރި ކަންތައް އަނިޔާވެރި ކަންކަން މަގުމަތީ ހިނގާ،"

ރައީސް މުޢިއްޒު

މިއާއެކު ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަމުގައި ކްލެމެންސީއާއި އަދި ރައީސަށް ލިބިދީފައިވާ ބާރުގެ ތެރެއިން އަދަބު ލުއިކޮށްދީގެން ނުވަތަ މާފުދީ މިނިވަންކޮށްފައިވާނީ 86 ކުށްވެރިން ކަމަށެވެ.

އެހެންނަމަވެސް ކުރީ ސަރުކާރުގައި ކޮންމެ އިންތިޚާބަކާ ދިމާކޮށް އެތައް ސަތޭކަ ކުށްވެރިންނެއް ދޫކުރި ކަން ފާހަގަކުރައްވައި އޭގެ ތަފްސީލް އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ. އެއީ؛ 

- ރިޔާސީ އިންތިޚާބާ ދިމާކޮށް 2023 ވަނަ އަހަރު 429 ކުށްވެރިން ދޫކޮށްލި

- 2022 ވަނަ އަހަރު 256 ކުށްވެރިން ދޫކޮށްލި

- ކައުންސިލް އިންތިޚާބާ ދިމާކޮށް 2021 ވަނަ އަހަރު 458 ކުށްވެރިން ދޫކޮށްލި

- 2019 ވަނަ އަހަރު، މަޖިލިސް އިންތިޚާބާ ދިމާކޮށް 762 ކުށްވެރިން ދޫކޮށްލި

މި އަހަރުވެސް އޮތޭ މަޖިލިސް އިންތިޚާބު.. އަޅުގަނޑުމެން އިންތިޚާބާ ދިމާކޮށް ސިޔާސީ ވިސްނުމެއްގައި ބަޔަކު މަގުމައްޗަށް ދުލެއް ނުކުރާނަން. 

ރައީސް މުޢިއްޒު

މިއާއެކު ރައީސް މުޢިއްޒު ވަނީ، ޖަލުގައި ތިބޭ މީހުންނަށް ރިހެބްލިޓޭޝަނާއި ސަރުކާރުގެ މަޝްރޫއުތަކުގައި ބައިވެރިވެވޭ ގޮތަށް ކެބިނެޓުން ނިންމާފައިވާކަން ފާހަގަކުރައްވާފައެވެ. އެހެން ކަންކުރުމުން، ގައިދީން ޖަލުން މިނިވަންވާއިރު އެމީހުން ތިބޭނީ ކަންތައްތަކެއް ދަސްވެ، މުޖުތަމައަށް ވެސް ކަންކަން ކޮށްދެވޭ ބައެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ. 

"މި ކަންކަމަށް ހައްލު ގެންނަންޖެހޭނީ މި ގޮތަށް. އޭރުން ދެމެހެއްޓެނިވި ނަތީޖާއެއް ނުކުންނާނީ. ދެމެހެއްޓެނިވި ކަމަކަށް ވާނީ. އަޅުގަނޑުމެން ބޭނުންވަނީ މުޖުތަމައަށް ހަމަޖެހުން އަންނަން. ސިޔާސީ ވިސްނުމެއް އިސްކޮށް ނޫނިއްޔާ ބަދަލު ހިފަން އަޅުގަނޑުމެން ކަންކަމެއް ނުކުރާނަން،"ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކޮމެންޓް
ކުރީސަރުކާރު
ޢަބަދު ކުރީސަރުކާރު ކުރީސަރުކާރު ނުކިޔަބަލަގަ!
08 Dec 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.