ރައީސް މުޢިއްޒު ތޮއްޑޫ ރައްޔިތުންނާ ބައްދަލު ކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
08 Dec 2024 | 12:02
ކުރިއަށް އޮތް ދެ އަހަރު ވާނީ ރިޔާސީ ވައުދުތައް ފުއްދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ދެ އަހަރަށް: ރައީސް މުޢިއްޒު

ކުރިއަށް އޮތް ދެ އަހަރު ވެގެންދާނީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން ރަށްރަށް ވަޑައިގެން ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ދެ އަހަރަށް ކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އއ. އަދި ކ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތޮއްޑުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު ނިމިގެންދިޔައިރު ތަންފީޒު ކުރަމުން މިދަނީ، ނިމިދިޔަ ސަރުކާރުން އެކުލަވައިލި، އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އޭރު ފާސްކުރި ބަޖެޓެއް ކަމަށެވެ. އަދި އެ ބަޖެޓް ފާސްކުރިީ، އަދުގެ ސަރުކާރުން ހުށަހެޅި އެއްވެސް ކަމަކަށް ރިޢާޔަތް ނުކޮށް ކަމަށެވެ.

އެހެންކަމުން ފުުރަތަަމަ އަހަރު ތަރައްޤީގެ މަޝްރޫއުތައް ނުހިންގުނު ކަމަށް ވިދާޅުވިއެވެ.

އަދި މިހާރު ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހެއް އޮތް ނަމަވެސް މި އަހަރުގެ ނިޔަލަށް ހިނގަމުން ދާނީ ކުރީ ސަރުކާރުން ފާސްކޮށްފައިވާ ބަޖެޓު ކަމަށާ އެ ހަގީގަތް ބަދަލު ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންނަމަވެސް މިހާރު ފާސްކޮށްފައިވާ ބަޖެޓަކީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދެއްވައި އެމަނިކުފާނުގެ ވައުދުފުޅުތައް ފުއްދުމަށް އެކުލަވާލެވިފައިވާ ބަޖެޓު ކަން ރައީސް ފާހަގަކުރެއްވިއެވެ.

"އިރާދަކުރެއްވިއްޔާ 2025 އަދި 2026 ވެގެންދާނީ އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ރަށްރަށަށް ގޮސް ވެފައި ހުރި ވައުދުތައް ފުއްދުމަށްޓަކައި އަމަލީ ގޮތުން އެ މަސައްކަތްތައް ހިނގާ ދެ އަހަރަށް. މި އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޑިސެމްބަރ އާ ހަމައަށް އަދި 2026 މި 24 މަހުގެ ތެރޭގައި އިރާދަކުއްރެއްވިއްޔާ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ބަހާލެވިގެން، ތަރުތީބެއްގެ ތެރެއިން އަޅުގަނޑު ވެފައި ހުރި ހުރިހާ ވައުދެއް. އެއީ ބަނދަރު، މަގު، ބިން ހިއްކުން، ސްކޫލު ހޮސްޕިޓަލް، ކިޔާނެ ކަމެއް ނެތް، ކުޅިވަރާ ބެހޭ ކަންކަން ތަރުތީބެއްގެ ތެރެއިން އަމަލީ ގޮތުން މަސައްކަތް ފަށައި، އަދި އެކި މަޝްރޫއުތައް ނިމެމުންވެސް ދާނެ"، 

ރައީސް ޑރ މުހައްމަދު މުޢިއްޒު

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅައި ފާސްކޮށްފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މީގެ ތެރެއިން، ހަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިއަން ރުފިޔާ އެވެ އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.