ނާއިޝް އޭނާ ކެލިގްރާފްކޮށްފައިވާ ލިޔުމެއް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމްއަށް ދެނީ (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)
ހަބަރު
08 Dec 2024 | 15:19
އިސްލާމިކް ކެލިގްރަފީން އާދަޔާޚިލާފު ފަންނުވެރިކަން ދައްކާލި، ނާއިޝްއަށް މިނިސްޓްރީގެ ގިނަ އެހީތަކެއް

ކީރިތި ޤުރުއާން ލިއުމާއި އިސްލާމިކް ކެލިގްރަފީގެ ދާއިރާއިން އާދަޔާ ޚިލާފު ހުނަރު ދައްކާލާފައިވާ، ޖަމާލުއްދީން ސުކޫލުގެ ދަރިވަރު ހުސައިން ނާއިޝްއަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ގިނަ އެހީތަކެއް ދިނުމަށް ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ފޭސްބުކް ޕޭޖްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވިީ، އިއްޔެ ނާއިޝްއާއި އޭނާގެ ބެލެނިވެރިންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި، ނާއިޝް އެދޭ ގޮތަށް، މި ދާއިރާއިން އޭނާއަށް ބޭނުންވާ އިތުރު ހުނަރުތައް ދަސްކޮށްދިނުމަށް މިނިސްޓްރީން އެހީތެރިވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ. 

މީގެ އިތުރުން މިނިސްޓްރީގެ ފަރާތުން ނާއިޝްއަށް ދިނުމަށް ނިންމާފައުވާ އެހީތަކަކީ: 

- ނާއިޝް ސްކޫލް ނިމުމުން، ޤުރުއާން މަރުކަޒު ތެރޭގައި މި ހުނަރު އެހެން ކުދިންނަށް ދަސްކޮށްދިނުމަށް އޭނާއާ މަސައްކަތްތަކެއް ޙަވާލު ކުރުން

- ރާއްޖޭގައި މި އަންނަ އަހަރު ހުޅުވާ އައްޑޫ އިސްލާމިކް ސެންޓަރާއި ހިތަދޫ އިސްލާމިކް ސެންޓަރާއި ފުވައްމުލައް ސިޓީގެ ޤުރުއާން މަރުކަޒުގައި ނާއިޝްގެ އިސްލާމިކް ކެލިގްރަފީގެ ފަންނުވެރި ލިޔުންތައް ބެހެއްޓުން

- އިސްލާމިކް ކެލިގްރަފީ ހެދުމަށް ބޭނުންވާ އެންމެހައި ޒަމާނީ ވަސީލަތްތައް މި ދަރިވަރަށް ހޯދައިދިނުން.

- މި ދާއިރާއިން އިތުރު ހުނަރު ދަސްކޮށްދިނުމަށް ދާއިރާގެ ފަންނުވެރިޔަކު ހަމަޖެއްސުން.

"އިސްލާމީ ދާއިރާތަކުން ކުރިއަށް ދާން ޝައުޤުވެރިކަން ހުރި މިފަދަ ހުރިހައި ކުދިންނަށް މި ފުރުޞަތު އޮންނާނެ," މިނިސްޓަރ ވިދާޅުވިއެވެ.

ވާހަކަ ދެއްކުމާއި އިވުމުން މަހުރޫމްވެފައިވާ ނާއިޝް ވަނީ، އޭނާގެ ސްކޫލު، ޖާލުއްދީންގެ އެކި ފާރުތަކުގައި ގުރުއާނުގެ އާޔަތްތައް ކެލިގްރާފްކޮށްފަ އެވެ. އެއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ