ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
08 Dec 2024 | 16:22
ބަޝާރުލްއަސަދު ގައުމު ދޫކޮށް ދާން ޖެހުމުން، ރައީސް މައުމޫން ހިތާމަފާޅުކުރައްވައިފި!

ސީރިޔާގެ ރައީސް، ބަޝާރުލް އަސަދު ޤައުމު ދޫކޮށް ދާން ޖެހުމަކީ ހިތާމަކުރައްވާ ކަމެއް ކަމަަށް ކުރީގެ ރައީސް، މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ސީރިއާގެ ރައީސް ބަޝާރުލްއަސަދުގެ 24 އަހަރުގެ ވެރިކަން ނިމުނުކަން ޔަގީން ވުމާއެކު، އޭނާ ގައުމުން ފިލާފައިވާއިރު، އެކަމާއި ގުޅިގެން މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނު އެދިލައްވަނީ ސީރިޔާގެ އުޚުއްވަތްތެރި ރައްޔިތުންނަށް ސުލްޙަމަސަލަސްކަމާއި އުފާފާގަތިކަން ކަމަށެވެ.

”ރަޙްމަތްތެރި ސީރިޔާގެ ރައީސް ބައްޝާރުލްއަސަދު ޤައުމު ދޫކުރައްވައި ވަޑައިގަތުމަށްޖެހިވަޑައިގަތްކަމަށްޓަކައި ހިތާމަކުރަން. އަޅުގަނޑު އެދެނީ އެކުވެރި ސީރިޔާގެ އުޚުއްވަތްތެރި ރައްޔިތުންނަށް ސުލްޙަމަސަލަސްކަމާއި އުފާފާގަތިކަން.“

ސީރިއާގެ ރައީސް އަސަދުގެ ވެރިކަން ވެއްޓިފައިވާ ކަމަށް އެ ގައުމުގެ ސިފައިންގެ ވެރިން، އޮފިސަރުންނަށް އަންގާފައިވާ ކަމަށް މިއަދު ރޮއިޓާސް އިން ބުނެފައިވެއެވެ. މި ކުއްލި ބަދަލު އައިސްފައިވަނީ އިދިކޮޅުގެ ހަލުވި ހަމަލާތަކެއްގެ ސަބަބުންނެވެ.

އިދިކޮޅުގެ ބާރުގެ ދަށަށް ދިމިޝްޤު ގެނައުމާއެކު، އެމީހުންވެސް މިހާރު އަންނަނީ އައްސަދުގެ ކިބައިން ދިމިޝްޤު މިހާރު މިނިވަންވެފައިވާކަމަށް ބުނެ އުފާ ފާޅުކުރަމުންނެވެ. އަދި އިދިކޮޅުން އަންނަނީ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ސީރިއާގެ ރައްޔިތުންނާ މުޚާޠަބުކޮށް ފުރަތަމަ ބަޔާން ދޭން ތައްޔާރުވަމުންދާ ކަމަށްވެސް އިދިކޮޅުން ބުނެފައިވެއެވެ.

އަސަދުގެ ވެރިކަން ވެއްޓިފައިވާއިރު، އޭނާ، މިއަދު އިރާކޮޅުގެ ވަގުތެއްގައި ދިމިޝްޤުން ފުރައިގެން ގޮސްފައިވާ ކަމަށް އެގައުމުގެ ސިފައިންގެ ދެ އިސް އޮފިސަރުންނާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވެއެވެ. ނަމަވެސް އޭނާ ފިލަން ދިޔަ ތަނެއް ސާފެއް ނުވެއެވެ. 

ފްލައިޓްރާޑާ ވެބްސައިޓުން ދައްކާ ގޮތުގައި، ވެރިރަށް އިދިކޮޅުގެ ބާރުގެ ދަށަށް ދިޔަކަމަށް ރިޕޯޓުކުރެވުނު ވަގުތާ ދިމާކޮށް، ސީރިއާ އެއަރގެ މަތިންދާބޯޓެއް ދިމިޝްޤު އެއަރޕޯޓުން ފުރައިގެން ގޮސްފައިވެއެވެ. އެ މަތިންދާބޯޓު ފުރަތަމަ ދަތުރުކުރީ ސީރިއާގެ ކޯސްޓަލް ސަރަޙައްދަކަށެވެ. މިއީ އައްސަދުގެ އަލަވީ މަޛްހަބުގެ މީހުންގެ ނުފޫޒު ބޮޑު ސަރަޙައްދެކެވެ.

ނަމަވެސް، ކުއްލިއަކަށް މަތިންދާބޯޓު ޔޫ-ޓާނެއް ޖަހައި، އެއާ އިދިކޮޅަށް މިސްރާބު ބަދަލު ކުރިއިރު، މިނެޓުތަކެއްވަންދެން ދަތުރުކުރުމަށްފަހު މަތިންދާބޯޓް ވަނީ ޗާޓުން ގެއްލިފައެވެ. މި މަތިންދާބޯޓުގައި ތިބީ ކޮން ބައެއްކަން ޔަގީނެއް ނުވެއެވެ.

ސީރިއާގެ ރައްޔިތުން އުފާފާޅުކުރަމުންދާއިރު، ސީރިއާގެ ބޮޑުވަޒީރު މުޙައްމަދު ޣާޒީ އަލް-ޖަލާލީ ވަނީ ވެރިކަމުގެ އިންތިޤާލީ މަރުޙަލާ ކުރިއަށް ގެންދިއުމަށް ތައްޔާރަށް ހުރި ކަމަށާއި، ސީރިއާގެ ރައްޔިތުން އިޚްތިޔާރުކުރާ ކޮންމެ ވެރިކަމަކާއެކު މަސައްކަތްކުރުމަށް ތައްޔާރަށް ހުރި ކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Aug 2026
ހައި-ލެވެލް ޕޮލިސީ ޑައިލޮގެއް އެމްއެންޔޫ އާއި ޔުނިސެފުން ކުރިއަށް ގެންގޮސްފި
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ޔުނިސެފް މޯލްޑިވްސް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ގުޅިގެން، ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން ޚާއްސަ "ޕޮލިސީ ޑައިލޮގް" އެއް ބާއްވައިފިއެވެ.
13 Aug 2026
ހަތިޔާރާއެކު މާރާމާރީ ހިންގި ބަންގްލަދޭޝް ޒުވާނަކު ހައްޔަރުކޮށްފި
މާލެ ސަރަހައްދުގައި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށް ތަހުގީގު ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
13 Aug 2026
މާސްޓަރކާޑުން ފައިސާ ދައްކައިގެން މެލޭޝިއާ ޓިކެޓު ހޯދުމުގެ ފުރުޞަތު
އުރީދޫގެ 21 ވަނަ އަހަރީ ދުވަހާ ގުޅުވައި، ސުޕަރއެޕް މެދުވެރިކޮށް މާސްޓަރކާޑުން 400 ރުފިޔާ އިން މަތީގެ މުޢާމަލާތެއް ހިންގާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުން މެލޭޝިއާ ދެކޮޅު ޓިކެޓު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
13 Aug 2026
ފައިރޫޝް ހޯމްލޭންޑު ސެކިއުރިޓީގެ ސްޓޭޓް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައިފި
ހޯމްލޭންޑު ސެކިއުރިޓީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. ޢަބްދުالله ފައިރޫޝް މަޤާމުން އިސްތިއުފާ ދެއްވަން ނިންމަވައި މިއަދު އެ ކަން އިޢުލާނުކުރައްވައިފިއެވެ.
13 Aug 2026
ޓްރަމްޕާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ 'ޓްރުތު ސޯޝަލް' ގައި ކުރައްވާ ޕޯސްޓްތައް، އެހެން މީހުންނަށްވުރެ ކުރިން ބެލުމުގެ ފުރުސަތު ފައިސާ ދައްކާ ފަރާތްތަކަށް ވިއްކާތީ އެކަމާ ދެކޮޅަށް ދައުވާކޮށްފިއެވެ.
13 Aug 2026
އެސްޓަންވިލާ ބަލިކޮށް ޔުއެފާ ސުޕަކަޕް ޕީއެސްޖީއަށް
ޕީއެސްޖީން ސުޕަކަޕް ހޯދިއިރު، މިއީ އެޓީމް ވަނީ ވިދިވިދިގެން ދެފަހަރަށް ތަށި ހޯދި ޓީމްތަކުގެ ތެރޭގައި ހިމެނިފައެވެ.
13 Aug 2026
ކޮންމެ ފަރުދެއްގެވެސް ނަފުސާނީ ދުޅަހެޔޮކަމަށް ސަމާލުވާންޖެހޭ: މެޑަމް ސާޖިދާ
އޮފީހަށް އަންނައިރު ކޮންމެ މުވައްޒަފެއްގެ ހިތުގައިވެސް އާއިލީ، ޞިއްޙީ، އަދި ދަރިންގެ ކިޔެވުން ފަދަ ކަންކަމާއި ގުޅޭ ތަފާތު ފިކުރުތަކާއި އުދާސްތައް ހުންނާނެކަމަށާ، ކޮންމެ ފަރުދެއްގެވެސް ނަފުސާނީ ޙާލަތަށް ފަރުވާތެރިވާން ޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
13 Aug 2026
ބޭންކުތަކުން ޑޮލަރު ދޫކުރާ މިންވަރަށް އައި ބަދަލު
ރާއްޖޭގައި ޑޮލަރުގެ ތާށިކަން އޮތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއްކަން ހާމަކޮށްދެއްވުމަށް، އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ތަފާސްހިސާބުތައް އާންމުކުރައްވައިފިއެވެ.