ހިޔާ ޓަވަރު 11 ގެ އެޕާޓްމަންޓަކުން ދުން އަރަނީ.. ފޮޓޯ: ކިޔުންތެރިއެއް
ހަބަރު
08 Dec 2024 | 19:10
ހިޔާ ޓަވަރު އެޕާޓްމަންޓަކުން ބިރުގަންނަވަރަށް ދުން އަރައިފި

ހިޔާ ޓަވަރު އެޕާޓްމަންޓަކުން މިއަދު ހަވީރު ރައްޔިތުން ބިރުގަންނަވަރަށް ދުންއަރައިފިއެވެ.

މިކަމާ ގުޅޭގޮތުން ހިޔާ ޓަވަރު 10 ގައި ދިރިއުޅެމުންދާ މީހަކު ބުނީ މިކަމެއް ހިނގާފައިވަނީ 17:22 އެހާއިރު ކަމަށެވެ. އިމާރާތުން ދުންތައް ބޭރުވެ މުޅި އެ ހިސާބަށް ފެތުރުނު ނަމަވެސް އަލިފާން ރޯވެފައެއް ނުވެއެވެ. މިކަމާ ގުޅިގެން ވޮއިސްއާ މައުލޫމާތު ހިއްސާކުރަމުން އެމްއެންޑިއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ މިއަދު ހަވީރުގެ ވަގުތެއްގައި ހިޔާ ޓަވަރު 10 ގެ އެޕާޓްމަންޓަކުން ދުންއަރާކަމުގެ ރިޕޯޓެއް ލިބި އެކަމަށް އިޖާބަދީފައިވާކަމަށެވެ. އޮފިޝަލް ވިދާޅުވީ އެހާބޮޑަށް ދުން އެރީ ކައްކަން އުދާފައިހުރި އެއްޗަކުން ކަމަށާއި، ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ކުރިން އުނދުން ނިއްވާލާފައިވާކަމަށެވެ.

ވޮއިސްއަށް ލިބިފައިވާ ވީޑިއޯ އަދި ފޮޓޯތަކަށް ބަލާލުމުން އެ ފަންގިފިލާއިން ވަރަށްބޮޑަށް ދުން އަރާތީ ފެނެއެވެ. މިކަމާ ގުޅިގެން މަންޒަރުދުށް ފަރާތަކުން ވޮއިސް އާ ވާހަކަދައްކަމުން ބުނީ، އާދަޔާހިލާފަށް ދުންއެރިކަމަށާއި، މީގެ އެންމެ ހައިރާންވި އެއްކަމަކީ، އެހާބޮޑަށް ދުންއެރި އިރުވެސް ފަޔާ އެލާމް އަޅާފައިނުވާތީކަމަށެވެ. 

މިއަދު ހިޔާ 10 ވަނަ ޓަވަރުގެ އެޕާޓްމަންޓަކުން ދުންއަރަނީ.. ފޮޓޯ: ކިއުންތެރިއެއް

ވަރަށްބޮޑަށް ދުންއެރި.އަޅުގަނޑު ހީކުރީ ރޯވީކަމަށް. އެހާބޮޑަށް ދުންއެރިވިއްޔަ. މާފަހުން އެނގުނީ އުނދުންމަތީ ކައްކަން އުދާފައިހުރި އެއްޗެއް މާ ގިނައިރުވެގެން ވީކަމެއްކަމަށް. ނަސީބެންނު ހިތާމަވެރި ހާދިސާއެއް ނިހިނގިކަން

ވޮއިސްއާ މައުލޫމާތު ހިއްސާކުރި މީހާ ބުންޏެވެ

މީގެ ކުރިންވެސް ހިޔާ ޓަވަރުގައި މިފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. މިއަހަރުގެ ޖުލައިމަހުގެ 3 ވަނަ ދުވަހުވެސް މިފަދަ ހާދިސާއެއް ޓަވަރު 15 ގެ 10 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި ވަނީ ހިނގާފައެވެ. އެފަހަރުގެ އެ ހާދިސާ ހިނގަން ދިމާވީ، ގަރުދިޔަތެލި ކައްކަން އުދާފައި ގޭމީހުން ބޭރަށް ދިއުމުންނެވެ. އެފަހަރު އެމްއެންޑިއެފްގެ ފަޔަރ ޓީމުން އައިސް އެ އެޕާޓްމަންޓް ދޮރު ވައްޓާލައިގެން ވަންނަން ތައްޔާރުވެސް ވިއެވެ. ނަމަވެސް ދޮރު ހަލާކުކޮށްލަން ތައްޔަރުވިތަނުން އެގޭ މީހުން އައިސް ދޮރު ހުޅުވައި އެންމެފަހުން އުނދުން ނިއްވާލީއެވެ.

ހިޔާ ޓަވަރު 15 ގެ އެޕާޓްމަންޓަކުން ދުންއެރިދުވަހު އައި އެމްއެންޑިއެފް ފަޔަރޓީމުގެ ވެހިކަލް... ފޮޓޯ/ވޮއިސް

މިއަހަރުގެ އޭޕްރިލްމަހުގެ 22 ވަނަ ދުވަހު ހިޔާ ޓަވަރު 11 ގެ އެޕާޓްމަންޓެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި އެ އެޕާޓްމަންޓްގެ އެއް ކޮޓަރި ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ.

އެ ހާދިސާގައި ޑިޒާސްޓާއިން ވަނީ އެ އެޕާޓްމަންޓުގައި އުޅުނު 7 މީހަކަށް ވަގުތީ ގޮތުން ބޯހިޔާވަހިކަންވެސް ފޯރުކޮށްދީފައެވެ. ހިޔާ ޓަވަރުތަކަކީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރާއްޖޭގައި އެންމެ އުސްކޮށް ހަދާފައިވާ އިމާރާތްތަކެވެ. ހިޔާގެ އެޕާޓްމަންޓްތަކުގައި އަލިފާނުގެ ހާދިސާތައް ދޭތެރެއަކުން ހިނގަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.