ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް، މިރޭ ވާހަކަދައްކަވަނީ... ފޮޓޯ: އެމްޑީޕީ
ހަބަރު
08 Dec 2024 | 23:31
ގާނޫނު އަސާސީއަށްވުރެ އިސްލާހުކުރުން މާ އައުލާކަންބޮޑު އެހެން ކަންކަން އެބަހުރި: ކުރީގެ ނައިބުރައީސް ފައިސަލް

ގާނޫނު އަސާސީއަށްވުރެ އިސްލާހުކުރުން މާ އައުލާކަންބޮޑު އެހެން ކަންކަން އެބަހުރިކަމަށް ނިމިގެންދިޔަ އެމްޑީޕީ ސަރުކާރުގެ ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ވިލިމާލޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ، އަވަސް އަރުވާލައިގެން ގާނޫނު އަސާސީ އިސްލާހުކުރުމަށްވުރެ، ރައްޔިތުންނަށް މުހިއްމުވާ ވަރަށް މުހިއްމު ކަންކަން އެބަހުރިކަމަށެވެ. އަދުގެ ސަރުކާރުން ލައިނުގަނެގެން ޤާނޫނު އަސާސީއަށް ގެންނަމުންދާ ބަދަލުތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ، ވާހަކަދައްކަވަމުން ކުރީގެ ނައިބުރައީސް ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނު އަސާސީއަކީ ރައްޔިތުން ވަރަށްބޮޑު ގުރުބާނީއެއްވެގެން ވުޖޫދަށް ގެނައި އެއްޗެއްކަމަށެވެ.

ފެހި ގާނޫނު އަސާސީ ވުޖޫދަށް ގެނައުމަށް ކުރި ދަތުރުގައި އެއްބަޔަކު ހުރަގޭގައި ތިބެންޖެހުނުކަން ފާހަގަކުރައްވަމުން ނައިބުރައީސް ވަނީ ބުރަ މަސައްކަތްތަކަކާއި އެތައް ވަގުތެއް ހޭދަކޮށްގެން ރައްޔިތުންގެ ލާބައަށް އެކުލަވާލި ގާނޫނު އަސާސީ ބަދަލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތް ޑިމޮކްރަޓިކް ހަމަތަކާއި އުސޫލްތަކާ މުޅިން ހިލާފްކަން ފާހަގަކުރައްވާފައެވެ. 

ކުރީގެ ނައިބުރައީސް ވިދާޅުވީ، ގާނޫނު އަސާސީ އިސްލާހުކުރުމަށްވުރެ އާސަންދަ އާއި ބޭސްފަރުވާގެ ނިޒާމް އިސްލާހުކުރުމުގެ މަސައްކަތް އަވަސްކުރުން ރައްޔިތުންނަށް މާބޮޑަށްވެސް މުހިއްމުކަމަށް ވިދާޅުވެފައެވެ. މިގޮތުން އާސަންދަ މެދުވެރިކޮށް ރައްޔިތުން އެދޭގޮތަށް ބޭރުން ބޭސްފަރުވާގެ ކަންކަން ކުރެވޭނޭ އިންތިޒާމުތައް ފަހިވެގެންދިއުމަކީ، ގާނޫނު އަސާސީއާ ކުޅުމަށްވުރެ ރައްޔިތުންނަށް މާ މުހިއްމު ކަމެއްކަމަށް ނައިބުރައީސް ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހެއް އޮތުމުގެ ރޫހުވެސް މިހާރު ގެއްލިއްޖެކަމަށާއި، މިއަދު މި ފެނިގެންދަނީ ރައްޔިތުންގެ ބާރު ނިގުޅައިގަނެވިގެންދާ މަންޒަރުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.