ރައީސް ޑރ.މުއިއްޒު، މަތިވެރި ރައްޔިތުންނާ މުހާތަބުކޮށް ވާހަކަދައްކަވަނީ.. ފޮޓޯ: ރައީސް އޮފީސް
ހަބަރު
09 Dec 2024 | 00:14
އެއްވެސް ރައްޔިތަކަށް ލިބެމުންދާ އެއްޗެއް މި ސަރުކާރަކުން ނުކަނޑާނަން: ރައީސް ޑރ.މުއިއްޒު

މި ސަރުކާރަކުން ދިވެހި ރައްޔިތަކަށް ލިބެމުން އަންނަ އެއްވެސް އެއްޗެއް ނުކަނޑާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އއ.މަތިވެރި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ރައްޔިތުންނަށް މިހާރު ލިބެމުން އަންނަ އެއްވެސް އެއްޗެއް ނުކަނޑައި ސަރުކާރުން މަސައްކަތްކުރަމުންދަނީ ރައްޔިތުންނަށް ލިބޭ އެއްޗެއް އިތުރުކުރުމަށް ކަމަށެވެ. ރައީސް ވިދާޅުވީ، ސަރުކާރަކުން އެއްވެސް ރައްޔިތަކަށް ލިބެމުން އަންނަ އާސަންދައެއް، ރިޓަޔަމަންޓް ޕެންޝަނެއް އަދި ސަބްސިޑީއެއްވެސް ނުކަނޑާނޭ ކަމަށެވެ. 

ރައީސް ވިދާޅުވީ ޕޭހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުނުކުރެވިތިބި މުއައްޒަފުންގެ މުސާރަތައް ކުރިއަށްއޮތް އަހަރުތަކުގައި ބޮޑުކުރުމަށް ނިންމާފައިވާކަމަށެވެ. ރައީސް ވިދާޅުވީ ފައިސާ ޗާޕުނުކޮށް ރާއްޖެ ބަނގުރޫޓްވިޔަނުދީ އާމްދަނީ އާމްދަނީ އިތުރުކުރެވި އިގްތިސާދު ރަނގަޅުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއްވެސް އެޅިފައިވާކަމަށެވެ. 

ރައީސް ވިދާޅުވީ ރައްޔިތަކަށް އެއްވެސް އެއްޗެއް އުނިނުކޮށް މިދިޔަ ދުވަސްތަކުގައި ނާޖާއިޒްގޮތުގައި އަދި ދައުލަތުގެ ބައިތުލްމާލުން ކުރަމުންދިޔަ ބޭކާރު ހަރަދުތައް ހުއްޓުވާލެވިފައިވާކަމަށެވެ.

ބޭހުގެ ވިޔަފާރީގެ ތެރޭގައި އުޅެމުންދާ އެތައްބަޔަކު އުޅޭ.އާސަންދައިގެ ތެރޭން އެތައްސަތޭކަ ޕަސެންޓެއްގެ ޕްރޮފިޓް ލާފައި ބޭސް ވިއްކަމުންދާ މީހުން އުޅޭ

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

އިގްތިސާދު ރީފޯމް ކުރުމުގެ މަސައްކަތް ކުރިއަށާްދާއިރު، ރައްޔިތުންނަށް އޭގެ ބުރަ ބޮޑުވިޔަނުދީ ސަރުކާރުން މަސައްކަތްކުރަމުންދާނީ ރައްޔިތުންނަށް ލާބަ އާއި މަންފާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ