މަތިވެރީގައި ރޭ ބޭއްވުނު ޖަލްސާގައު ރައީސް މުޢިއްޒު ވާހަކަދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
09 Dec 2024 | 10:01
މަތިވެރި އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރު ފަށާނަން: ރައީސް މުޢިއްޒު

މިއަންނަ އަހަރު އެންމެ އިސްކަމެއްދީގެން އަލަށް ފަށާ އެއަރޕޯޓް މަޝްރޫޢުތަކުގެ ތެރޭގައި މަތިވެރީގެ އެއަރޕޯޓް އެޅުން ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވީ ރޭ މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަތިވެރީގައި އެއަރޕޯޓެއް ތަރައްޤީކުރުމަކީ އިގްތިޞާދީގޮތުން ދެކޮޅުޖެހޭ މުހިންމު ކަމެއް ކަމަށެވެ.

އިގްތިޞާދީގޮތުން ދެކޮޅު ޖެހޭ، އިކޮނަމިކަލީ ވަޔަބަލް ކަމެއް، މަތިވެރީގައި އެއާޕޯޓެއް އެޅުމަކީ. އެހެންވީމާ މި އަންނަ އަހަރު، އިރާދަކުރެއްވިއްޔާ އެންމެ އިސްކަމެއް ދީގެން، އަލަށް ފަށާ އެއާޕޯޓް މަޝްރޫޢު ތަކުގެ ތެރޭގައި މި ރަށުގެ އެއާޕޯޓް އެޅުން ކުރޮއަށް ދާނެ ކަމުގެ ޔަގީންކަން ތިޔަ ބޭފުޅުންނަށް އަރުވަން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު 

ރައީސް ވިދާޅުވީ، މަތިވެރި ކައިރީގައި ރިސޯޓް ތައް ހުރި ކަމަށާ، އަދި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށްވެސް އެއްރަށް އަނެއް ރަށް ގުޅާލެވުން މުހިންމު ކަމަށެވެ. އެހެންކަމުން މަތިވެރި އެއާޕޯޓަކީ މުހިންމު އެއާޕޯޓެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއިން އެ ސަރަހައްދުގެ އެހެން ރަށްތަކަށްވެސް އެކަމުގެ ފައިދާކުރާނެ ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ވީއެންމެ އަވަހަކަށް ކައުންސިލާއި، ކަމާ ބެހޭ ވުޒާރާ ގުޅިގެން ރައްޔިތުންނާ މަޝްވަރާކުރުމަށްފަހު އެއަރޕޯޓުގެ ޕްލޭން ނިންމެވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މަތިވެރީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދެވުމަށާއި ރަށަށް ބޭނުންވާ ބިން އިތުރުކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއަންނަ އަހަރުގެ ވަކި ހިސާބެއްގައި އާ މިސްކިތެއް އެޅުމުގެ މަސައްކަތާއި، ޞިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަން ފާހަގަކުރެއްވިއެވެ.

މަތިވެރީގެ ސާޅީސް އެތައް ހާސް އަކަފޫޓުގެ ބިމަކުން މިވޭތުވި އަށެއްކަ އަހަރުވެސް ރަށަށް ފައިދާއެއް ނުލިބި އޮތްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ޤާނޫނީ ހަމަތަކުގެ މަތީން މިކަމުން ނުކުމެވޭނެގޮތެއް ބައްލަވައިދެއްވުމަށް އެޓަރނީ ޖެނެރަލް އަރިހުން އެދިވަޑައިގެންފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ވަނީ މަތިވެރީގެ މި ބިމާމެދު މިހާރު ވެފައިވާ އެއްބަސްވުން ޤާނޫނީ ހަމަތަކުގެ މަތީން ރޫޅާލާ ރަށުގެ ރައްޔިތުންނާ ބިން ހަވާލުކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ސަރުކާރުން ކުރިއަށްއޮތް ދެއަހަރު ޤައުމުގެ ތަރައްޤީގެ ކަންކަމަށް އިސްކަން ދެއްވާނެ ތަރުތީބަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަންނަ އަހަރު އެންމެ އިސްކަމެއް ދޭނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށްކަމަށެވެ. އަދި އެއަށްފަހު ތަޢުލީމީ ދާއިރާ ތަރައްޤީކުރުމަށް އިސްކަންދެއްވާނެކަމަށާއި އަދި އެއަށްފަހު ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް އަމާޒުހިއްޕަވާނެ ކަމުގައެވެ. މި ދާއިރާތަކަށްފަހު ދެން އެންމެ އިސްކަމެއް ދެއްވާނީ ފެނާއި ނަރުދަމާގެ ކަންކަން ކުރިއަށްގެންދިއުމަށްކަމަށާއި، އެއަށްފަހު މަގު ހެދުމާ އަދި ދެންވެސް ހުރި އިޖުތިމާޢީ ތަރައްޤީގެ ކަންކަމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ މި ބައްދަލުކުރެއްވުމުގައި ވިދާޅުވިއެވެ.

މިރޭގެ ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އއ މަތިވެރީގެ ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވާ، އެ މަރުކަޒުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.