ފަތުރުވެރިންތަކެއް ރާއްޖޭގެ ރަށެއްގައި.. ފޮޓޯ: އިންޓަރނެޓް
ހަބަރު
09 Dec 2024 | 13:11
500 ޑޮލަރު މާރުކުރުމުގައި ލުއިގޮތެއް ހުށަހަޅައި, ބިލް މަޖިލީހަށް ހުށަހަޅައިފި

ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އުސޫލަށް ލުޔެއް ދިނުމުގެ ގޮތުން ލިބޭ އާމްދަނީން 20 އިންސައްތަ މާރުކުރެވޭ ގޮތަށް އިހުތިޔާރުދީ، ބޭރުފައިސާ މާރުކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުން މަޖިލީހުގައި އެ ބިލުގެ ފުރަތަމަ ކިއުން މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އެވެ. ބޭރުފައިސާ މާރުކުރުމުގެ ބިލްގައި ކުރިން އޮތްގޮތުން ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަށް 500 ޑޮލަރު ބޭންކު މެދުވެރިކޮށް މާރުކުރަން ޖެހެއެވެ. އެކަން އެގޮތަށް އޮތުމުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިތަކުން ވަނީ ފާޑުކިޔައި، އެކަން އެގޮތަށް ކުރެވެން ނެތްކަމަށް ބުނެފައެވެ.

ބޭރުފައިސާ މާރުކުރުމުގެ ބިލަށް އަލަށް ހުށަހެޅި އިސްލާހުގައިވާގޮތުން އެތަނަކަށް އެމަހެއްގެ ތެރޭގައި ލިބޭ އާމްދަނީގެ 20 އިންސައްތަވެސް މާރުކުރެވިދާނެއެވެ. ސަރުކާރުގެ ފަރާތުން އެ އިސްލާހު ހުށަހެޅިއިރު، ބައެއް ވިޔަފާރިވެރިން ވަނީ 500 ޑޮލަރު މާރުކުރުރުމުގެ އުސޫލު އެގޮތަށްވެސް ހިމެނިދާނޭކަމަށް ފާހަގަކޮށްފައެވެ. 

އެމްއެމްއޭއިން ބޭރުފައިސާ އާ ބެހޭ ބިލެއް އެކުލަވާލާފައިވާއިރު، އެ ބިލް އެކުލަވާލުމުގެ މައިގަނޑު މަގްސަދަކީ ބޭރުފައިސާ މާރުކުރުމާ ގުޅޭ ކަންކަން ހަރުދަނާކުރުންކަމަށް އެމްއެމްއޭއިން ބުނެއެވެ.

ބިލްގައި ފާހަގަކޮށްލެވޭ މުހިއްމު ކަންކަމުގެ ތެރޭގައި:

- ދިވެހިރާއްޖެއިން ދިވެއްސަކު ހޯދާ މުދަލާއި ޚިދުމަތްތަކަށް ބޭރު ފައިސާއިން އަގު އަދާކުރަން ލާޒިމެއް ނުކުރެވޭނެ. 

- އަހަރެއްގެ ތެރޭގައި ވިހި މިލިއަން އެމެރިކާ ޑޮލަރަށް ވާ އަދަދަށް ބޭރު ފައިސާ ލިބޭ ވިޔަފާރިތައް އެ ފަރާތްތަކަށް ލިބޭ ބޭރުފައިސާގެ އާމްދަނީ ރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާކުރުން.

- ޓޫރިސްޓު ހޮޓާތައް (50 އަށް ވުރެ ގިނަ ވިޔަސް މަދުވިޔަސް މީހުން ދިރިއުޅޭ ރަށެއްގައި ހުންނަ)އާއި ޓޫރިސްޓު އުޅަނދުތައް ކެޓަގަރީ ބީ އަށް ބަދަލުކުރުން.

- އަހަރެއްގެ ތެރޭގައި މަދުވެގެން 20 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީ ލިބޭ ފަރާތްތަކުން ބޭރުފައިސާގެ އާމްދަނީން %25 އަށް ވުރެ ބޮޑުނުވާ ގޮތަށް އޮތޯރިޓީން ހަދާ ގަވާއިދެއްގެ ތެރެއިން މާރުކުރަންޖެހުން.

- ބޭރުފައިސާ މާރުކުރުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި 24 ގަޑިއިރު ހޭދަނުކުރާ ފަތުރުވެރިންނާއި، އަހަރުން ދަށުގެ ކުދިންގެ އިތުރުން ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީކޮށް ތިބޭ ފަރާތްތައް ހިމެނުން.

- މީގެ އިތުރުން ދިވެހިރާއްޖެއިން ބޭރުގައި ރަޖިސްޓަރީ ކޮށްފައިވާ ޓޫރިސްޓު އުޅަނދުތައް ގާނޫނުން އިސްތިސްނާކުރުން.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް