އެމްޑީޕީން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެނީ..
ހަބަރު
09 Dec 2024 | 17:07
އެމްޑީޕީން މަސައްކަތްކުރާނީ އިމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވަން: ފައްޔާޒް

އެމްޑީޕީން މަސައްކަތްކުރާނީ ޤާނޫނީ އިމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވަންކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މާދަމާރޭ "ގާނޫނު އަސާސީގެ ދިފާއުގައި" ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ތައްޔާރުވަމުންދާ ބޮޑު ޖަލްސާ އާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރަމުން ފައްޔާޒް ވިދާޅުވީ، އެމްޑީޕީން ސަރުކާރު ޖަވާބުދާރީޫ ކުރުވާނީ ޤާނޫނު އަސާސީގެ އިމުގެ ތެރެއިންކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މިފަދަ ބޮޑު ޖަލްސާއެއް ބާއްވަން ޖެހުނީ ސަރުކާރުން ކަންކަން ކުރަމުންދާ ގޮތުންކަމަށެވެ. މިގޮތުން އެމްޑީޕީން ޖަލްސާ ކުރިއަށްގެންދަނީ ޤާނޫނު އަސާސީން ލިބިދޭ ހައްގުތަކުގެ ތެރެއިން ސިޔާސީޕާޓީތަކަށް ސިޔާސީ ޕާޓީތަކަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް އޮތް ޖާގައިގެ ތެރެއިން ކަމަށެވެ. 

މިފަދަ ޖަލްސާއެއް ބޭއްވުމަށް ނިންމީ ސަރުކާރުން ކަންކަން ކުރަމުންގެންދާ ގޮތް ގޯސްވެގެން ގޮސް ގައުމު ފުނޑުފުނޑުވާތަން ފެންނާތީކަމަށް ފައްޔާޒް ވިދާޅުވިއެވެ. މިއަދު ފެނިގެން މިދަނީ ސަރުކާރުން ރައްޔިތުންގެ ބާރުތައް ކަނޑުވާލަމުންދާތަން ކަމަށާއި، މިއަދު ފެންނަމުންދަނީ ރައްޔިތުން ނިކަމެތިވަމުންދާތަން ކަމަށެވެ.

ފައްޔާޒް ވިދާޅުވީ މިއީ އެމްޑީޕީން އެކަނި ދައްކަމުންދާ ވާހަކައެއް ނޫންކަމަށާއި ރައްޔިތުންވެސް މިއަދު މިވާހަކަތައް ދައްކަމުންދާކަމަށެވެ. މިއީ އެމްޑީޕީން މިދިޔަ ރިޔާސީ އިންތިހާބާ ހިސާބުންވެސް ދައްކަމުން އައި ވާހަކަކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ މިއަދު އެވާހަކަ ދައްކަނީ ޖުމްލަ ގޮތެއްގައި ހުރިހާ ރައްޔިތުން ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ރައްޔިތުންނަށް އަނިޔާވެރިވެގެން ލިބޭނެ މޮޅުތަކެއް ނޯންނާނެ ކަމަށާއި އެކަން ތާރީހުން ވަރަށް ރަނގަޅަށް އެނގޭކަމަށެވެ. 

އެމްޑީޕީގެ ޖަލްސާއާ ގުޅޭގޮތުން އިލެކްޝަނުން ސިޓީއެއް ފޮނުވާފައިވާކަން ފާހަގަކުރަމުން ފައްޔާޒު ވިދާޅުވީ އެއީ ކޮން ސަބަބަކާހެދި ފޮނުވި ސިޓީއެއްތޯ ސާފުކުރާނޭ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.