ދާޙިލީ ވަޒީރު އަލީ އިހްސާން: ފޮޓޯ/ ދާޚިލީ ވުޒާރާ
ހަބަރު
10 Dec 2024 | 07:43
މީހުން މެރުމަށާ އަނިޔާވެރިވުމަށް ގޮވާލުމަކީ ވަރަށް ޒިއްމާދާރުކަންކުޑަ އަމަލެއް: އިޙްސާން

ޤާނޫންތަކާއި ޚިލާފަށް މީހުން މެރުމަށާއި އަނިޔާވެރިވުމަށް ގޮވާލުމަކީ ވަރަށް ޒިއްމާދާރުކަންކުޑަ އަމަލެއް ކަމަށް ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ. 

އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވަނީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ދެރަދޭ އުސޫލުން ކަންކުރާނަމަ، ކުރީގެ ރައީސް މުހައްމަދު އަމީން އަށް ހެދިގޮތް ހަދަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

”ރައްޔިތުންނަށް ދެރަ ދިނީމަ، ހަމަ މުޙައްމަދު އަމީނަށް ހެދިހެން ހަދަން ޖެހޭނީ. އެހެން ކޮން ގޮތެއްތޯ ހަދާނީ؟ އެއީ ދިވެހިރާއްޖޭގެ ތާރީޚު“

ފައްޔާޒު އިސްމާޢީލް 

މިވާހަކަ އާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހްސާން ވިދާޅުވީ، ރާއްޖެއަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނުހަނު ފުޅާކޮށް ކަށަވަރުކޮށްދޭ ޤައުމެއް ކަމަށެވެ.

ނަމަވެސް މި ހައްޤުގެ ބޭނުންކުރަންވާނީ ޒިއްމާދާރުކަމާއިއެކު ކަމަށާ، ވަކިން ހާއްސަކޮށް ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން އަދި ސިޔާސީ ޕާޓީތަކުގެ ވެރިންނަކީ މިކަންކަމުގައި ނަމޫނާ ދައްކަވަންޖެހޭ ކަމުގައި ވިދާޅުވިއެވެ.

ޤާނޫންތަކާއި ޚިލާފަށް މީހުން މެރުމަށާއި އަނިޔާވެރިވުމަށް ގޮވާލުމަކީ ވަރަށް ޒިއްމާދާރުކަންކުޑަ އަމަލެއް.

އިހްސާން

އެމްޑީޕީން އިއްޔެ ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވަނީ އެޕާޓީން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ޖަލްސާއަށް ތައްޔާރުވުމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށެވެ. 

ނޫސްވެރިންނާ ވާހަކަދައްކަވަމުން ފައްޔާޒް ވަނީ ކުރީގެ ރައީސް އަމީން އާ ގުޅޭގޮތުން އެމްޑީޕީގެ އެކްޓިވިސްޓަކު ދެއްކި ވާހަކަ ދިފާއުކޮށް ވާހަކަދައްކަވާފައެވެ. އެގޮތުން ރައްޔިތުންނަށް ދެރަދޭ އުސޫލުން ކަންކުރާނަމަ އަމީން ދީދީއަށް ހަދާލިގޮތުން ނޫން ދެން އިތުރުގޮތެއް ނެތްކަމަށް ވިދާޅުވެފައެވެ. ފައްޔާޒު ވިދާޅުވީ އެހެން ބުނި މީހަކު އެގޮތަށް ބުނެފައިވަނީ ރައީސް ޑރ.މުއިއްޒުއަށް ނަސޭހަތަކަށް ކަމަށެވެ.

ކުރީގެ ރައީސް އަމީން އާ ގުލޭގޮތުން ފައްޔާޒު މިއަދު ދެއްކެވި ވާހަކަތަކާ ގުޅޭގޮތުން އާއްމުންގެ އިތުރުން ސިޔާސީ ބައެއް ފަރާތްތަކުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިގޮތުން ކުރީގެ ރައީސް އަމީން ދީދީގެ އާއިލާއިންވެސް ވަނީ ފައްޔާޒުގެ ވާހަކަތަކަށް ރައްދުދީފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.