އއ.މާޅޮސް.. މާޅޮސް ފޭސްބުކް ޕޭޖް
ހަބަރު
11 Dec 2024 | 20:27
އއ.މާޅޮހު ކައުންސިލް ތިޖޫރީން 4 ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލިއްޖެ

އއ.އަތޮޅު މާޅޮހު ކައުންސިލް ތިޖޫރީން 4 ލައްކައަށްވުރެ ގިނަ ރުފިޔާ، ގެއްލިފައިވާކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ސޮއިކުރައްވައި ނެރުއްވާފައިވާ އއ.މާޅޮހު ކައުންސިލް އިދާރާގެ ހާއްސަ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، އެރަށު ކައުންސިލް އިދާރާގެ ތިޖޫރީން 2017 އަދި 2028 ވަނަ އަހަރު ނަގާފައިވާ ފައިސާގެ ތެރެއިން ޖުމްލަ 492،867 ރުފިޔާ ގެއްލިފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

އެ ފައިސާގެ ތެރޭގައި ހިމެެނެނީ ބޭންކް އެކައުންޓުން ނެގި ފައިސާގެ ތެރެއިން ކައުންސިލް އިދާރާގެ ތިޖޫރީއަށް ވައްދާފައިނުވާ 255،584 ރުފިޔާ އާއި ކައުންސިލް އިދާރާގެ އެކިއެކި ކަންކަން ކުރުމަށް ލިޔެކިޔުންތައް އޮޅުވާލައިގެން ކައުންސިލް އިދާރާގެ ބޭންކު އެކައުންޓުން ނަގާފައިވާ 112،500 ރުފިޔާ އާއި މުއައްޒަފުންނަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ދޭންޖެހޭ ވަރަށްވުރެ އިތުރަށް ތިޖޫރީ އާއި ބޭންކު އެކައުންޓުންނެގި 82،579 ރުފިޔާއެވެ. މީގެ އިތުރުން ކައުންސިލް އިދާރާގެ އެކައުންޓަށް ޖަމާކުރުމަށް ތިޖޫރީން ނެގި 42،204 ރުފިޔާވެސް ހިމެނެއެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ކައުންސިލް އިދާރާގެ ފައިސާގެ ކަންކަމާ 2018 ވަނަ އަހަރު ހަވާލުވެ ހުރި ކައުންސިލް އިދާރާގެ ކުރީގެ އެޑްމިން އޮފިސަރު އެ އަހަރު ކައުންސިލް އިދާރާއަށް ލިބިފައިވާ ފައިސާގެ ތެރެއިން ގާތްގަނޑަކަށް ދެ ލައްކައެއްހާ ރުފިޔާ އަމިއްލަ ބޭނުންތަކަށް ބޭނުންކުރިކަމަށް އިއުތިރާފްވެފައިވާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.