ދުނިޔެއާއި 32 މިލިއަން ލައިޓް އިޔާސް ދުރުގައި ހުންނަ ސްޕައިރަލް ގެލެކްސީގެ ޖޭމްސް ވެބް ޓެލެސްކޯޕުން ނަގާފައިވާ ފޮޓޯއެއް
ހަބަރު
13 Dec 2024 | 17:43
އަންދާޒާ ކޮށްފައިވާ ވަރަށްވުރެ ބާރު މިނެއްގައި ކައުނު ފުޅާވަމުންދާކަން ހާމަވެއްޖެ!

އަންދާޒާ ކުރި ވަރަށްވުރެ ބާރު މިނެއްގައި ކައުނު ފުޅާވަމުންދާކަން (ޔުނިވާސް އެކްސްޕޭންޑް ވަމުންދާކަން) ނާސާގެ ޖޭމްސް ވެބް ޓެލެސްކޯޕުން ނެގުނު ދެ އަހަރުގެ މަޢުލޫމާތުން ކަށަވަރުކޮށްދީފިއެވެ. މިއީ ކުރިން ހަބަލް ޓެލެސްކޯޕުން ފާހަގަކުރެވުނު ކަމެއް ކަމަށްވާއިރު، މީގެ ސަބަބު ހޯދުމަށް ވަނީ މަސައްކަތްކުރަން ޖެހިފައެވެ.

ޖޭމްސް ވެބް ޓެލެސްކޯޕުގެ މަޢުލޫމާތުން ދައްކާގޮތުގައި ޔުނިވަރސް އެކްސްޕޭންޑްވަމުންދާ މިނަކީ އުންމީދުކުރެވުނު ވަރަށްވުރެ 8 އިންސައްތަ ބާރު މިނެއްގައެވެ. މި ހޯދުމުން ކުރިން ހަބަލް ޓެލެސްކޯޕުން ލިބުނު މަޢުލޫމާތު ސައްހަކަން ކަށަވަރުވެފައިވާއިރު، އާލާތުގެ މައްސަލައެއްގެ ސަބަބުން އެ މަޢުލޫމާތު ރަނގަޅު ނޫން ކަމަށް ބުނެވުނު ވާހަކަތައް ދޮގުވެފައިވެއެވެ.

ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީގެ އެސްޓްރޯފިޒިސިސްޓް އަދި 2011 ވަނަ އަހަރުގެ ނޯބަލް އިނާމު ލިބިފައިވާ އެޑަމް ރީސް ބުނީ މި ހޯދުމުން، ކައުނާއި ބެހޭގޮތުން އިންސާނުންނަށް ލިބިފައިވާ ޢިލްމުގެ އުނިކަން އެނގިގެންދާ ކަމަށެވެ.

މި ދިރާސާގައި ބައިވެރިވި ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީގެ ޑޮކްޓޯރަލް ދަރިވަރު ސިޔަންގ ލީ ބުނީ ވެބް ޓެލެސްކޯޕުގެ ނަތީޖާތަކުން ދޭހަވަނީ ޔުނިވަރސްއާ ބެހޭގޮތުން ފަރުމާ ކުރެވުނު މޮޑެލް އިސްލާހުކުރަން ޖެހިދާނެ ކަމަށެވެ.

މީގެ އިތުރުން، ޑާކް މެޓަރ އަދި ޑާކް އެނަރޖީ އަކީ ޔުނިވަރސްގެ 96 އިންސައްތަ ހިއްސާކުރާ ދެ ބާވަތް ކަމަށްވާއިރު، މި ދެ ބާވަތާ ބެހޭގޮތުން އަދިވެސް ގިނަ ކަންކަން ނޭނގޭ ކަމަށް ރީސް ބުނެފައިވެއެވެ. އަދި މިއީ ކުޑަ ކަމެއް ނޫން ކަމަށްވެސް އޭނާ ބުންޏެވެ.

ޔުނިވަރސް އެކްސްޕޭންޑް ވަމުންދާ މިނުގެ އަންދާޒާ ކުރެވޭ މިންގަނޑަކީ ހަބަލް ކޮންސްޓަންޓް އެވެ. މި މިންގަނޑު ބޭނުންކޮށްގެން ބެލި ބެލުމުން ދައްކާގޮތުގައި ޔުނިވަރސް ފުޅާވަމުންދާ މިނަކީ ސެކަންޑަކަށް 73 ކިލޯމީޓަރު ހިސާބުގައެވެ. މިއީ ކުރިން ލަފާކުރެވުނު 67-68 އާ އަޅާބަލާއިރު މަތީ އަދަދެކެވެ.

މި ތަފާތު އުފެދުމުގެ ސަބަބު ހޯދުމަށް ސައިންޓިސްޓުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އޭގެ ތެރޭގައި ޑާކް މެޓަރ، ޑާކް އެނަރޖީ، ޑާކް ރޭޑިއޭޝަން އަދި ގްރެވިޓީގެ ނޭނގިހުރި ސިފަތަކާ ގުޅުން ހުރެދާނެ ކަމަށް ބެލެވެއެވެ. ރީސް ބުނި ގޮތުގައި މި މައްސަލަ ހައްލުކުރުމަށް އިތުރު މަޢުލޫމާތު ބޭނުންވެއެވެ.

ސައިންސްވެރިން އެއްބަސްވާ ގޮތުގައި މި ކާއިނާތު ދަނީ ކެނޑިނޭޅި ފުޅާވަމުން، ހެދި ބޮޑު ވަމުންނެވެ. އެހެންވީމާ، އެ މީހުން ޤަބޫލު ކުރާ ގޮތުގައި، މި ގޮތަށް ފުޅާ ވަމުން، ހެދި ބޮޑު ވަމުންދާ ނަމަ ނުވަތަ އެނބުރި އައި ތަނަށް ރުޖޫޢަވާ ކަހަލަ ގޮތަކަށް ބަދަލު އަންނަ ނަމަ، އެ ބޮޑު ވުމެއް ނުވަތަ ފުޅާ ވުމެއް ފެށިފައި ވާނީ ކަނޑައެޅޭ ވަކި ޕޮއިންޓަކުންނެވެ. ސައިންސްވެރިން ގަބޫލު ކުރާ ގޮތުގައި ކާއިނާތު އުފަންވީ މި ބުނެވުނު ޕޮއިންޓާ ހަމައިން ގޮވާފައިވާ ގޮވުމަކުންނެވެ. މި ގޮވުމަށް އިނގިރޭސި ބަހުން ކިޔާ ނަމަކީ ބިގް ބޭންގ އެވެ.

ސައިންސް ވެރިން މިހެން ބުނާއިރު، ދުނިޔެ އުފެއްދެވުމާ ބެހޭގޮތުން، ނުވަތަ ވުޖޫދު ކުރެއްވެވި ގޮތް ވަރަށް ޞަރީޙަ ޢިބާރާތުން الله ސުބުޙާނަހޫ ވަތަޢާލާ ވަނީ ކީރިތި ޤުރުއާނުގައި ބަޔާން ކުރަށްވައިފައެވެ. އެގޮތުން އެކަލާނގެ ވަޙީކުރަށްވަނީ ﴿ أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ أَفَلَا يُؤْمِنُونَ﴾ ‎(سورة الأنبياء: ٣٠) މާނައީ: "ހަމަކަށަވަރުން، އުޑުތަކާއި، ބިން، އެކަތިގަނޑަކަށްވެފައިވަނިކޮށް، ފަހެ، ތިމަންރަސްކަލާނގެ އެދޭތި ވަކިކޮށްލެއްވިކަން، كافرވި މީހުން ނުދަންނަނީ ހެއްޔެވެ؟"

މިއާޔަތުގައިވެސް ވަރަށް ސާފުކޮށް ބަޔާންވެފައި މިވަނީ "ބިގް ބޭންގް ތިއަރީ"ކަމަށް ޢިލްމުވެރިން ބުނެއެވެ. އެގޮތުން، އުޑުތަކާއި، ބިން، އެކަތިގަނޑަކަށް ވެފައިވަނިކޮށް، އެ ދޭތި ވަކިކޮށްލެއްވި ވަކިކޮށްލެއްވުން އެއީ "ބިގް ބޭންގް ތިއަރީ"އިން ކިޔައިދޭ ބާރުގަދަ ގޮވުމެވެ. "ސިންގުލައިރިޓީ" އަކީ އުޑުތަކާއި، ބިން، އެކަތިގަނޑަކަށް ވެފައި އޮތްއޮތުމެވެ. އަދި މިކަން މެދުވެރިކުރެއްވީ ނެތުމުގެ ތެރެއިން ތަކެތި ވުޖޫދު ކުރަށްވާ ހުރިހާ ކަމަކަށް ކުޅަދުންވަންތަ الله ތަޢާލާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.