ލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނި އަމަރަސޫރިޔާ ޝުކުރު އަދި އެޤައުމުގައި ހުންނަވާ ޗައިނާ ސަފީރު.. ފޮޓޯ: ލަންކާގައި ހުންނަ ޗައިނާ އެމްބަސީ
ހަބަރު
16 Dec 2024 | 13:21
ސްރީލަންކާ ބޮޑުވަޒީރަށް އޮޅިގެން ޓައިވާނަށް ޝުކުރު އަދާކުރެވިއްޖެ!

ޗައިނާއާއި ޓައިވާނުގެ ރަސްމީ ނަމުގެ އެއްގޮތްކަމުން، ބައެއް ފަރާތްތަކަށް މިނަންތައް އޮޅޭ ގޮތް ދިމާވުމަކީ އާއްމު ކަމެކެވެ. ރައީސް ސޯލިޙްގެ ސަރުކާރުގައިވެސް ޗައިނާއަށް ސަފީރަކު އައްޔަންކުރަން މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ރިޕަބްލިކް އޮފް ޗައިނާއަށް ސަފީރަކު ކަނޑައަޅަން ފޮނުއްވުނު މައްސަލަ ހޫނުވިއެވެ. ރިޕަބްލިކް އޮފް ޗައިނާއަކީ ޓައިވާނެވެ. ޗައިނާއަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއެވެ.

ޗައިނާއިން ޓައިވާނުގެ މިނިވަންކަން ބަލައިނުގަންނައިރު، ވަރަށް ގިނަ ފަހަރަށް މިގޮތަށް އޮޅިގެން ރިޕަބްލިކް އޮފް ޗައިނާއަކީ ޗައިނާކަމަށް ހީކޮށް މީހުން ކިޔާތީ ޗައިނާއިން އަބަދުވެސް ނުރުހުންފާޅުކުރެއެވެ.

މިފަހަރު ދެ ގައުމުގެ ނަން އޮޅިވަޑައިގެންނެވީ ލަންކާގެ އައު ބޮޑުވަޒީރަށެވެ. ސްރީލަންކާގެ ސްކޫލް ކުދިންނަށް ބޭނުންވާ ފޮތީގެ އެހީ ޗައިނާއިން ލަންކާއަށް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނި އަމަރަސޫރިޔާ ޝުކުރު އަދާކުރެއްވީ ރިޕަބްލިކް އޮފް ޗައިނާ އަށެވެ. އެވަގުތު އެރަސްމިއްޔާތުގައި ޗައިނާއިން ލަންކާއަށް ކަނޑާއަޅާފައި ހުންނަވާ ސަފީރު ކީ ޝެންގްހޮންގް ވެސް ހުންނެވިއެވެ.

ކޮލޮމްބޯ ޕޯޓްގައި އޮތް މި ރަސްމިއްޔާތު ފެށުނީވެސް ގޯސްކޮށެވެ. ރަސްމިއްޔާތު ފެށޭ ގަޑިއަށް ޗައިނާ ސަފީރު ވަޑައިގަތްނަމަވެސް، ލަންކާގެ ބޮޑުވަޒީރު ވަޑައެއް ނުގަންނަވައެވެ. އެހެންކަމުން ޗައިނާ ސަފީރު އެނބުރި އޮފީހަށް ވަޑައިގަތެވެ. ރަސްމިއްޔާތު ބޭއްވީ ގަޑިއެއްހާ އިރު ފަހުން، ބޮޑުވަޒީރު ވަޑައިގަތުމުންނެވެ.

މިދިޔަ ހޯމަ ދުވަހުވެސް މިފަދަ ޑިޕްލޮމެޓިކް ހާދިސާއެއް ހިނގިކަމަށްވެއެވެ.

އިރާގުގެ ޑިޕްލޮމެސީއަށް ގަރުނެއް ފުރުން ފާހަގަކުރުމަށް އެގައުމުން ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކަށް ދައުވަތު އެރުވީ ލަންކާގެ އިންޑަސްޓްރީސް މިނިސްޓަރ ސުނިލް ހަންދުނެއްޓި އަށެވެ. މިނިސްޓަރ ހަންދުނެއްޓި މިޖަލްސާއަށް ވަޑައިނުގަންނަވާއިރު، ޖަލްސާއަށް ވަޑައިނުގަންނަވާނެކަންވެސް ފޮރިން މިނިސްޓްރީގެ ޕްރޮޓޮކޯލް ޑިވިޝަނުން އިރާޤު އެމްބަސީއަށް އަންގަވާފައެއް ނުވެއެވެ. އަދި ބަދަލުގައިވެސް އެހެން ބޭފުޅަކުވެސް ވަޑައައެއް ނުގަންނަވައެވެ. ލަންކާގެ ސައިފަތް އެންމެ ގިނައިން ގަންނަ ގައުމުކަމަށްވާ އިރާޤުގެ ފަރާތުން ބޭއްވި އެރަސްމިއްޔާތު ކުރިއަށް ދިޔައީ ލަންކާ ސަރުކާރުގެ އިސް އެއްވެސް އޮފިޝަލެއް ނެތިއެވެ. އެހެންނަމަވެސް އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސަ ހުންނެވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ނީޓް ދަރިވަރުންގެ ޢާއިލާތަކަށް ބަދަލުދޭން އިންޑިއާ ސަރުކާރުން އެއްބަސްވެއްޖެ
ނީޓް އިމްތިޙާނާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކަށް ޙައްލެއް ހޯދުމަށް ސަރުކާރާއި އިދިކޮޅު ސީޖޭޕީ ޕާޓީއާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބި، ދަރިވަރުންގެ ބައެއް މައިގަނޑު ޑިމާންޑްތަކަށް ސަރުކާރުން އެއްބަސްވެއްޖެއެވެ.
24 Jul 2026
ޓްރާންސްޕޭރެންސީން ވަކިކުރީ މުވައްޒަފަކަށް 3.5 ލައްކަ ރުފިޔާދޭން އަންގައިފި
ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) ގައި މަސައްކަތްކުރި ސީނިއާ މުވައްޒަފެއް ކަމަށްވާ ޢަލީ ޝަރީފް، ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ނިންމި ނިންމުމާ އެއްގޮތަށް، އޭނާއަށް ލިބެންޖެހޭ 356,932 ރުފިޔާ ދިނުމަށް ސިވިލް ކޯޓުން އަމުރުކުރުމުން އެ ފައިސާ ނުދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
24 Jul 2026
އިންޑިއާގެ "ކޮކްރޯޗް" ޕާޓީގެ ވެރީން ސަރުކާރާ މަޝްވަރާކޮށްފި
އެ މަޝްވަރާތައް ބޭއްވީ މުޒާހަރާތަކަށް ތާއީދުކޮށް 26 ދުވަސް ވަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި ހުންނެވި އެކްޓިވިސްޓް ސޯނަމް ވާންގްޗުކް ހަޅުތާލު ހުއްޓައިލިތާ ގަޑިތަކެއް ފަހުގައެވެ. ނަމަވެސް ސީޖޭޕީން ބުނީ މަޝްވަރާތައް ކުރިއަށް ގެންދާ ކަމުގައި ވިޔަސް މުޅި ޤައުމުގައި ކުރަމުންދާ އިޙުތިޖާޖުތައް ހުއްޓައިނުލާނެ ކަމަށެވެ. ބައްދަލުވުމަށް ފަހު ސީޖޭޕީގެ ލީޑަރުން ބުނީ ސަރުކާރުން ހޮނިހިރު ދުވަހުގެ މެންދުރުފަހާ ހަމައަށް ޖަވާބު ދެއްވަން ވަގުތު ބޭނުންވާ ކަމަށް އެންގި ކަމަށެވެ.
24 Jul 2026
ހަނދާން ނެތުމާއި، ސަމާލުކަން ނުދެވުމުގެ މައްސަލައިން އަރައިގަތުން
ދިރިއުޅުމުގެ ކަންކަމުގައި އުޅޭއިރު ބުރަބޮޑުވެ، މަސައްކަތުގެ މާހައުލާއި އަމިއްލަ ދިރިއުޅުމުގެ ޒިންމާތައް އިތުރުވާ ވަގުތުތަކުގައި، ބައެއް ފަހަރު ވިސްނުން ފުސްވެ، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވާ ހާލަތަކަށް ދެވޭގޮތްވެއެވެ. މިއީ "ބްރެއިން ފޮގް“ އެވެ. މިއީ ވަކި ބައްޔެއް ނޫން ނަމަވެސް، ސަމާލުކަން ދިނުމާއި، ހަނދާން ބެހެއްޓުމާއި، ވިސްނުމުގެ ބާރު ދަށްވުން ފަދަ ކަންކަން ހިމެނޭ ޞިއްޙީ ހާލަތެކެވެ.
24 Jul 2026
އިނގުރައިދޫ ސްކޫލުގެ ދަރިވަރުންނަށް ކަރަންޓު ވައިރުކުރަން ދަސްކޮށްދީފި
ރ. އިނގުރައިދޫ ސްކޫލުގެ ޕީޓީއޭ އިން ހިންގާ "ހުނަރު ޕޮރޮގުރާމު" ގެ ތެރެއިން ފެނަކައިގެ ޓެކްނީޝަނުން މެދުވެރިކޮށް ދަރިވަރުންނަށް ކަރަންޓު ވައިރުކުރުމުގެ ޢަމަލީ ތަމްރީނު ދީފިއެވެ.
24 Jul 2026
ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހުޅުވައިލަނީ
މާލޭ ބޮޑުތަކުރުފާނު މަގުގައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކުރި ގާތްގަނޑަކަށް 700 މީޓަރުގެ ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވައިލާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
24 Jul 2026
މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލާންޖެހޭނެ
މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމުގެ މައްޗަށް އަލިއަޅުވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވާ ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ދެމެހެއްޓުމަކީ ދީނީ އަދި ޤައުމީ ވާޖިބެކެވެ. ޤައުމުގެ އެކުވެރިކަމަށް ބުރޫއަރާފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.
24 Jul 2026
ކަނޑުމަގުން އެތެރެކުރި 5.6 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
މާލެ ކޮމާޝަލް ހާބަރު މެދުވެރިކޮށް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 3110 ގްރާމްގެ މަސްތުވާތަކެތި އިއްޔެ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.