ޢަބްދުﷲ ޝާހިދު
ހަބަރު
16 Dec 2024 | 19:34
އަހަރު ނިމިގެންދާއިރު ހިސާބުތަކުން ފެނިގެންދަނީ، ސަރުކާރުން ކުރި ބޭކާރު ހަރަދުތައް: ޝާހިދު

މާލީއަހަރު ނިމިގެންދާއިރު، މި ސަރުކާރުގެ މާލީ ހިސާބުތަކުން ފެނިގެންދަނީ ސިޔާސީގޮތުން ކުރި ބޭކާރު ހަރަދުތައްކަމަށް އިދިކޮޅު އެންމެބޮޑު ޕާޓީ، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މާލީ ހިސާބުތަކާ ގުޅޭގޮތުން ޢަބްދުﷲ ޝާހިދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަހަރު ނިމިގެން ދާއިރު، މި ސަރުކާރުގެ މާލީ ހިސާބުތަކުން ދިވެހިންގެ ހިތްތަކަށް ލިބޭ ފިނިކަމެއް، ލިބުނު ހިތްހަމަޖެހުމެއް ނުފެނުނު ކަމަށެވެ. ޝާހިދު ވިދާޅުވީ، މިދިޔަ އަހަރާ ބަލާއިރު މިއަހަރު ދައުލަތަށް ލިބުނު އާމްދަނީ 78 މިލިޔަން އިތުރުވެފައި ވީނަމަވެސް ރައްޔިތުން ބިކަވެ, ނިކަމެތިވުން ނޫން ކަމެއް ނުވިކަމަށެވެ.

ޝާހިދު ވިދާޅުވީ ސަރުކާރުން އާސަންދައަށް ކުރި ޚަރަދު 101 މިލިއަން ރުފިޔާ މަދުކޮށްފައިވާކަމަށެވެ. މިކަންކަން މި ބީދައިން ހުރުމުން އިވެމުން ދަނީ ނިކަމެތި ރައްޔިތު މީހާ، އާސަންދައަށް އެދި ރޮއެ ކުރާ އާދޭހުގެ ހިތްދަތި އަޑުކަމަށެވެ. ކަން މިހެން ހުރިނަމަވެސް ސިޔާސީ މުސާރަ އާއި ގުޅުންހުރި ޚަރަދުތަކަށް 1.4 ބިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްފައިވާކަމަށް ޝާހިދު ފާހަގަކުރިއެވެ.

އެންމެހާ ދިވެހިން، ކޮއްޕަމުން، ލަވަމުން، ވައްދަމުން އެގެންދަނީ ނުތަނަވަސްކަމާއި ކަންބޮޑުވުމެއްގެ ތެރެއަށް. އަޅުވެތިކަމުގެ ބަނދެލުމަކުން ދިވެހިން ބަނދެލުމަށް މި ސަރުކާރުން އެވަނީ މިސްރާބު ހިފާފައި.

ޝާހިދު ވިދާޅުވިއެވެ

ޝާހިދު ވިދާޅުވީ އާންމު ރައްޔިތުންގެ ވޭނުގެ އަޑު އެހުމާއި ނުލައި ކުރިއަށްދަނީ ސަރުކާރުގެ އިސްވެރިންގެ ޒާތީ މަންފާއަށް ކުރާ ބޭކާރު ހޭދަތަކާއި އެމަގަށް ކުރާ މަސައްކަތްތައްކަމަށެވެ.

އަދުގެ ސަރުކާރުން ސިޔާސީ ބޭނުންތަކަށް ކުރާ ހޭދަ އިތުރުވަމުން އަންނަކަމަށް ޝާހިދު ފާހަގަކޮށްފައިވާއިރު، މިއަހަރުގެ ޑިސެމްބަރުމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދުތައް 43.5 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް މާލީވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. 

މިއަހަރުގެ ޖުމްލަ ބަޖެޓްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފައިވަނީ، 49.8 ބިލިއަން ރުފިޔާއެވެ. ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ދައުލަތުގެ ހަރަދުބަރަދު ހުރި ގޮތް އަންގައިދޭ ތަފާސްހިސާބުތަކަށް ބަލާއިރު، ޑިސެމްބަރުމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުން 43.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ކުރި ހޭދަ ހުރީ 42.8 ބިލިއަން ރުފިޔާގައެވެ.

މިއަހަރުގެ މިހާތަނަށް ކުރި ހަރަދުތަކަށް ބަލާއިރު، ކެޕިޓަލް ހަރަދުގެ ގޮތުގައި 12.9 ބިލިއަން ރުފިޔާ ހިނގާފައިވާއިރު، ބަޖެޓުން ކުރި ރިކަރަންޓް ހަރަދު އުޅެނީ 30.5 ބިލިއަން ރުފިޔާގައެވެ. މިއަހަރުގެ މިހާތަނަށް ކުރި ހަރަދުތަކަށް ބަލާއިރު، މުސާރަ ދިނުމަށް 12.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އިދާރީގޮތުން ކުރި ހަރަދު އުޅެނީ 18 ބިލިއަން ރުފިޔާގައެވެ. މިއަހަރުގެ މިހާތަނަށް ޕީއެސްއައިޕީ ޕްރޮގްރާމްތަކަށް ވަނީ 9.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

ކޮމެންޓް
ށޭލަމް
މަނިކުފާނު ދުނިޔެބަލާލަން (ަެއްވެސް މަގުސަދެއް ހާސިލްނުވި) ކުރި ދަތުރުތައް ކޮންތާކަށްބާ ލާންވީ އެންމެ ފަހުން މަގާމްގަނޑު ހޯދީވެސް ގައުމުގެ މިނިވަންކަމާ ކަނޑު ވިއްކާފަ
18 Dec 2024
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.