ގައިދީން ތަކެއް ޖަލުގައި: ފޮޓޯ/ ސަން
ހަބަރު
17 Dec 2024 | 15:59
ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ދެން ކަފާލާތު ލިބޭނެ

ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

މި ބިލަކީ، 2024 ޑިސެންބަރު 9 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 58 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލުގެ ދަށުން، މިހާރު ތަންފީޛުކުރެވެމުންދާ ކަފާލާތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުމަށްޓަކައި ޤާނޫނުގައި މިހާރު އެކުލެވޭ، ކަފާލާތުގެ ޢާންމު އުސޫލުތަކާއި، ތަޙްޤީޤު އަދި ޝަރީޢަތުގެ މަރުޙަލާގައި ކަފާލާތުގެ ދަށުން ދޫކުރުމާގުޅޭ އުސޫލުތައް އިޞްލާޙުކުރުމާއެކު، މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ޙުކުމްކުރުމަށްފަހު ވަކި މަޖިލީހެއްގައި އަދަބު ކަނޑައަޅާ ޙާލަތުގައި ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދެވޭނެ ޙާލަތްތަކާއި، ކުށް ސާބިތުވާކަމުގެ ޙުކުމެއް ކަނޑައެޅިފައިވާ މީހަކަށް އިސްތިއުނާފުގެ މަރުޙަލާގައި ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދެވޭނެ ޙާލަތްތަކާއި، އެކަމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުތަކާ ގުޅޭ އިޞްލާޙުތައް ހިމަނައިފައިވާކަން ފާހަގަކުރެވެއެވެ.

އަދި މި ބިލުން، ސައިބަރސްޕޭސްގައި ކުށްތައް ކުރާ ފަރާތްތަކުން ޓެކްނޯލޮޖީ މެދުވެރިކޮށް ހިންގާ ސައިބަރކްރައިމްތަކާއި، އެނޫންވެސް ކޮމްޕިއުޓަރ ސިސްޓަމް މެދުވެރިކޮށް ކުރާ އެހެން ކުށްތަކާއި، އިލެކްޓްރޯނިކް ހެކި އެކުލެވިގެންވާ ކުށްތައް ހުއްޓުވައި ފިޔަވަޅުއެޅުމަށްޓަކައި ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިދޭންޖެހޭ ބާރުތައް ލިބިދީ، އެފަދަ ކުށްތައް ތަޙްޤީޤުކޮށް ދަޢުވާ އުފުލުމުގައި ޢަމަލުކުރާނެ އިޖުރާއީ އުސޫލުތައް ކަނޑައަޅައިފައިވެއެވެ.

އެގޮތުން، ޒާތީ މުޢާމަލާތްތައް އިސްޓަރސެޕްޓްކުރުމާއި، ސަބްސްކްރައިބަރ އަދި ކޮމިއުނިކޭޝަން ޑޭޓާ ރީޓެއިންކުރުމާއި އެކަމާ ގުޅޭ ކޯޓު އަމުރު ހޯދުމާއި، ރައްކައުކޮށްފައިވާ ކޮމްޕިއުޓަރ ޑޭޓާ ބަލައި ފާސްކުރުމާއި، ޓްރެފިކް ޑޭޓާ ވަކި މިންވަރަކަށް ހާމަކުރުމަށް އެންގުމާ ގުޅޭ އިޖުރާއަތުތަކާއި، ރިއަލް-ޓައިމްގައި ޓްރެފިކް ޑޭޓާ ނެގުމަށްޓަކައި ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި، މާލީ އިދާރާތަކާ ދެމެދު ރައްކައުތެރިކަމާއެކު ރިއަލް-ޓައިމްގައި މަޢުލޫމާތު ބަދަލުކުރެވޭނެ ނިޒާމެއް، ޤާއިމުކުރުމަށް ހުށަހަޅައިފައިވާކަން ފާހަގަކުރެވެއެވެ.

އޭގެ އިތުރުން، ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާތީ އެފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުން ހޯދައިފައިވާ ފައިސާއަކީ ކުށް ކޮށްގެން ހޯދައިފައިވާ ފައިސާ ކަމުގައި ބެލެވޭ ހާލަތްތަކުގައި އެ ފަރާތްތަކުގެ އެކައުންޓުތަކުގައިވާ ފައިސާ އަވަސް ގޮތެއްގައި ހިފަހައްޓައި، އެ ފައިސާއިން މުޢާމަލާތްކުރުން ހުއްޓުވައި، ޤާނޫނީ ނިޒާމުގެ ތެރެއިން މި ކުށް ހުއްޓުވުމުގެ ގޮތުން އިތުރު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އިޞްލާޙުތަކެއް މި ބިލުގައި ހިމަނައިފައިވާކަންވެސް ފާހަގަކުރެވެއެވެ.

ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް، ޢަމަލުކުރަން ފަށައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ