މުހައްމަދު ސައީދު
ހަބަރު
17 Dec 2024 | 18:06
ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ސައީދު މަގާމުން އިސްތިއުފާދެއްވައިފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން މުހައްމަދު ސައީދު އިސްތިއުފާ ދެއްވައިފިއެވެ.

ޕީއެސްއެމްގެ އެމްޑީކަމުގެ މަގާމުން ސައީދު އިސްތިއުފާދެއްވާފައިވަނީ، މިއަދުގެ ވަގުތެއްގައިކަން ވޮއިސްއަށް ވަނީ، އިތުބާރުހިފޭ ފަރާތަކުން މައުލޫމާތު ދީފައެވެ. ނަމަވެސް ސީދާ އިސްތިއުފާދެއްވީ ކީއްވެގެންކަން އަދި ސާފެއް ނުވެއެވެ.

ވޮއިސް އިން ސައީދަށް ގުޅުމުން ފޯނަށް ޖަވާބުދެއްވާފައިނުވާއިރު، ކުރި މެސެޖަށްވެސް ޖަވާބު ދެއްވާފައެއް ނުވެއެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ ބަލަދުވެރި ފަރާތް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިންވެސް މިކަމާ ގުޅޭގޮތުން އެއްޗެކޭ ބުނެފައެއް ނުވެއެވެ.

ސައީދު މަގާމުން އިސްތިއުފާދެއްވިއިރު، އޭނާ އާލާސްކަންފުޅާ އުޅުއްވާކަމަށްވެސް ހަބަރު ލިބެއެވެ.

ޕީއެސްއެމްގެ އެމްޑީކަމުގެ މަގާމުން ސައީދު އިސްތިއުފާ ދެއްވާފައިމިވަނީ، މި ފަހަކަށް އައިސް އެތަނުގެ ކޮންޓެންޓުގެ މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށެވެ. ޕީއެސްއެމްތެ ޗެނަލްތަކުން ލައިވްކޮށް ދެއްކި އިވެންޓެއްގައި ކިޔެވި ކީރިތި ގުރުއާނުގެ އާޔަތެއްގެ އެއްބައި ކަނޑައިގެން ދިޔަ މައްސަލަ ޖެހިފައިވާއިރު، ބަރަހަނާ މަންޒަރެއް ފެންނަ ކޮންޓެންޓެއް ޓީވީން ދެއްކުނު މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. މި ދެ މައްސަލާގައިވެސް ޕީއެސްއެމުން ވަނީ މައާފަށް އެދިފައެވެ. އަދި އެކަމުގެ އިހުމާލުވީ މުއައްޒަފުންނަށް ވަނީ ފިޔަވަޅުވެސް އަޅާފައެވެ.

ޕީއެސްއެމުގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް މުހައްމަދު ސައީދު އައްޔަނުކޮށްފައިވަނީ މިއަހަރުގެ އޮގަސްޓްމަހުގެ 24 ވަނަ ދުވަހުއެވެ.

މުހައްމަދު ސައީދަކީ މީގެ ކުރިން ދައުލަތުގެ އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. މިގޮތުން އޭނާ ވަނީ އެޑިއުކޭޝަން މިނިސްޓްރީގައި ތަފާތު އެކި މަގާމުތައް ފުރުއްވާފައެވެ. މީގެ ތެރޭގައި ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި ޕާމަނަންޓް ސެކެޓްރީކަން ހިމެނެއެވެ.

މުޙައްމަދު ސަޢީދު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބޯލްޓަންއިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލް ކުރައްވާފައެވެ.

ޕީއެސްއެމްގެ އެމްޑީކަމުގެ މަގާމަށް ސައީދު ހަމަޖައްސަވާފައިވަނީ އޭރު، މަގާމުގައި ހުންނެވި ޒީނާ ޒާހިރު މަގާމުން އިސްތިއުފާދެއްވުމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.