އެޗްޑީސީގެ މައި އިމާރާތް: ފޮޓޯ/ ވޮއިސް
ހަބަރު
19 Dec 2024 | 10:02
އެޗްޑީސީގެ މާލީ މުއާމަލާތްތައް މަޑުޖައްސާލަން އަންގައިފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މާލީ މުއާމަލާތްތައް މަޑުޖައްސާލަން އެ ކުންފުނީގެ އޮޑިޓަރު އަންގައިފި އެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލްގެ އެއްބަނޑު އެއްބަފާ ބޭބެ ފަޒީލް ރަޝީދު ހިމެނޭ ގޮތަށް ބަޔަކަށް ބިންވެރިޔާ ސްކީމްގެ ބޭރުން ހުޅުމާލެއިން ގޯތިތަކެއް ދޫކުރި މައްސަލައިގެ ޖިނާޢީ ތަހުގީގެއް ފުލުހުން ފަށާފައި ވާއިރު، މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ އިއްޔެ ހަވީރު އެޗްޑީސީގެ އޮފީހަށް ވެސް ވަދެފައެވެ. 

މި މައްސަލަ އާއި ގުޅިގެން، އެޗްޑީސީގެ ޗީފް އިންޓާނަލް އޮޑިޓަރު އިއްޔެ ނެރުނު އިންޓާނަލް މެމޯއެއްގައިވަނީ، އެ ކުންފުނިން ހިންގާ މާލީ ގިނަ މުއާމަލާތްތަކެއް ވަގުތީ ގޮތުން މަޑުޖައްސާލަން ވަނީ އަންގައިފައެވެ. އެގޮތުން މަޑު ޖައްސާލަން އަންގާފައިވަނީ؛ 

1) "ބިންވެރިޔާ ސްކީމް"އާ ގުޅޭ ހުރިހާ މުއާމަލާތްތައް

2) ބިމާއި ކޮމާޝަލް އަދި ރެސިޑެންސް ޔުނިޓްތައް ދޫކުރުމުގެ ހުރިހާ މުއާމަލާތެއް

3) އިމަޖެންސީ ހާލަތެއްގައި މެނުވީ އެއްވެސް ޕްރޮކިއުމެންޓް މުއާމަލާތެއް

4) ފައިސާ ދެއްކުމުގެ އެއްވެސް މުއާމަލާތެއް

މީގެ އިތުރުން އެއްވެސް މުވައްޒަފަކު ވަކިކުރުމާއި އަލަށް މަގާމުތަކަށް މީހުން ނެގުން ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އެޗްޑީސީގެ އޮޑިޓުން މިފަދަ އެންގުމެއް އަންގާފައިވާއިރު، ފުލުހުން އިސްނަގައިގެން އެޗްޑީސީގައި ކުރިއަށްގެންދާ ޖިނާއީ ތަޙުޤީޤާއު ގުޅިގެން އެ ކުންފުނީގެ ބޯޑުގެ ޗެއަރމަން ފިޔަވައި، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދާއި އެހެން ހުރިހާ މެންބަރުން، ތަޙްްޤީޤު ނިމެންދެންވަނީ ސަސްޕެންޑް ކޮށްފައެވެ. 

މިމައްސަލައާއި ގުޅިގެން އިއްޔެ އެޗްޑީސީން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ. 

އެ ބައްދަލުވުމުގައު ފަޒުލްގެ ބޭބެއަށް އެޗްޑީސީން ގޯތި ދިންކަމަށް ދެކެވެމުންދާ ވާހަކަތަކާ ގުޅޭގޮތުން ފަޒުލް ވިދާޅުވީ، އެފަދަ ކަމެއް ކޮށްފައި ނުވާނޭކަމަށާއި، ބިންވެރިޔާ ސްކީމުން ގޯތި ދިނުމުގައި މައްސަލައެއް އުޅޭކަން ފާހަގަކުރެވިގެން އެކަން ހައުސިން މިނިސްޓްރީގެ ސަމާލުކަމަށް ގެނައީވެސް އެޗްޑީސީން ކަމަށެވެ. 

ފަޒުލް ވިދާޅުވީ، މި މައްސަލާގައި ފުލުހުން ކުރަމުންދާ ތަހުގީގުތަކަށް އެޗްޑީސީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނޭކަމަށާއި، ޖުމްލަ ގޮތެއްގައި މިކަންކަން ހިނގާ ގޮސްފައިވާ ކަންކަން ބަލަންޖެހޭކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.