އެމްޑަބްލިޔުއެސްސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ފަޒީލް ރަޝީދު
ހަބަރު
19 Dec 2024 | 10:53
ފަޒުލްގެ ބޭބެ ފަޒީލްވެސް ސަސްޕެންޑް ކޮށްފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ކުރިޔަށް ގެންދާ ޖިނާޢީ ތަހުޤީޤާ ގުޅިގެން އެމްޑަބްލިޔުއެސްސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ފަޒީލް ރަޝީދުވެސް ސަސްޕެންޑް ކޮށްފިއެވެ. 

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލްގެ އެއްބަނޑު އެއްބަފާ ބޭބެ ފަޒީލް ރަޝީދު ހިމެނޭ ގޮތަށް ބަޔަކަށް ބިންވެރިޔާ ސްކީމްގެ ބޭރުން ހުޅުމާލެއިން ގޯތިތަކެއް ދޫކުރި މައްސަލައިގެ ޖިނާޢީ ތަހުގީގެއް ފުލުހުން ފަށާފައި ވާއިރު، މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ އިއްޔެ ހަވީރު އެޗްޑީސީގެ އޮފީހަށް ވެސް ވަދެފައެވެ.

ފުލުހުން ތަހުގީގުކުރަމުން ޑޮކިއުމަންޓުތަކެއް ފޯޖުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. އަދި ގޯތީގެ މައްސަލައިގައި ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ފަޒީލްގެ ނަމުގައިވާ ލިޔުމެކެވެ.

މިކަމާއި ގުޅިގެން އެމްޑަބްލިޔުއެސްސީން ބުނީ މިއަދުން ފެށިގެން ފަޒީލް ވަނީ ހުރިހާ ޒިންމާ ތަކަކުން ވަކިކޮށް އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑް ކުރެވިފައި ކަމަށެވެ. އަދި ފަޒީލް ސަސްޕެންޑު ކުރެވުނީ، ފުލުހުންގެ ތަހުގީގަށް ޖާގަދީ ފުރިހަމަޔަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ. 

ފަޒީލްގެ އިތުރުން، ފުލުހުން އިސްނަގައިގެން އެޗްޑީސީގައި ކުރިއަށްގެންދާ ޖިނާއީ ތަޙުޤީޤާއު ގުޅިގެން އެޗްޑީސީގެ ބޯޑުގެ ޗެއަރމަން ފިޔަވައި، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، އަދި ފަޒީލް ގެ ކޮއްކޮ ފަޒުލް ރަޝީދާއި އެހެން ހުރިހާ މެންބަރުންވެސް ވަނީ ތަޙްްޤީޤު ނިމެންދެން ސަސްޕެންޑް ކޮށްފައެވެ.

މި މައްސަލަ އާއި ގުޅިގެން، އެޗްޑީސީގެ ޗީފް އިންޓާނަލް އޮޑިޓަރު އިއްޔެ ނެރުނު އިންޓާނަލް މެމޯއެއްގައިވަނީ، އެ ކުންފުނިން ހިންގާ މާލީ ގިނަ މުއާމަލާތްތަކެއް ވަގުތީ ގޮތުން މަޑުޖައްސާލަންވެސް އަންގައިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ