އެމްޑީޕީން ބޭއްވި ޕްރެސްގައި އަކްރަމް ކަމާލުއްދީން ވާހަކަދައްކަވަނީ..
ހަބަރު
21 Dec 2024 | 11:05
ގެވަޅު މައްސަލާގައި ފުލުހުން ވަނީ ވަރަށްބޮޑަށް ސިޔާސީވެފައި: އަކްރަމް

ބިންވެރިޔާ ސްކީމުން އުސޫލާ ހިލާފަށް ގޯތިދިން މައްސަލަ ބެލުމުގައި ފުލުހުން ވަރަށްބޮޑަށް ސިޔާސީވެފައިވާކަމަށް، މިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އެޗްޑީސީގެ ތެރެއިން އުސޫލާ ހިލާފަށް އެތަނުގެ އެމްޑީ ފަޒުލް ރަޝީދުގެ ބޭބެއަށް ބިންވެރިޔާ ސްކީމުގެ ދަށުން ގެވަޅެއް ދޫކުރި މައްސަލާގައި ފުލުހުން މިހާރު ބަލަމުންދާ މައްސަލައާ ގުޅޭގޮތުން އަކްރަމް ކަމާލުއްދީން ވިދާޅުވީ، މިކަމުގައި ފުލުހުން އަމަލުކުރަމުންދަނީ ވަކިގޮތަކަށް ވަކި އަތަކަށް ބުރަވެކަމަށެވެ. މި މައްސަލާގައި ފުލުހުން އެންމެފަހުން ބޭއްވީ އެއްވެސް މާނައެއްނެތް ނެތް ސިޔާސީ ނޫސްވެރިުންގެ ބައްދަލުވުމެއްކަން ފާހަގަކުރައްވަމުން އަކްރަމް ވިދާޅުވީ، ފުލުހުން ބޭއްވި ނޫސްވެރިންގެ އެ ބައްދަލުވުމަކީ މި ހިނގާދިޔަ ކައްތައްތަ ފޮރުވުމަށް ސަރުކާރުގެ އެޖެންޑާގެ ތެރެއިން ކުރި ކަމެއްކަމަށެވެ. 

އަކްރަމް ވިދާޅުވީ އެބުނާ ލިޔުމެއްގެ ސައްހަކަން ކަށަވަރުކުރުމަށް ފުލުހުންގެ ފަރާތުން ފޮރެންސިކު އެއްވެސް ތަހުގީގެއް ކޮށްފައިނުވާއިރު، ކުރީ ސަރުކާރުގެ ލިޔުމެއްކަމަށް ދޭހަވާގޮތަށް އެ ލިޔުމުގެ ވާހަކަ ދެއްކުމަކީ ސީދާ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަން އުޅުން ކަމަށެވެ. 

ކުރީސަރުކާރުން ދިން ލިޔުމެކޭ މީހަކު ހަމަ ބުނާއިރަށް އެވާހަކަ ދައްކާކަށެއް ނުޖެހޭ. ތަހުގީގެއް ނުކުރައްވާ.. އަނެއްކާ މިކަމުގައި ތުހުމަތުވާ މީހާ އެ ގޯސް ރަޖިސްޓްރީއެއްކަމަށް ޝައްކުވެގެން މީހަކު ގެންނަނީ.. އެހެންވީމާ ހަމަ ކުރީ ސަރުކާރޭ ބުނާއިރަށް އެ ހާމަކުރާކަށް ނުޖެހޭ ފްރެންސިކް ނުހައްދަވައެއް.

އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ

އަކްރަމް ވިދާޅުވީ އޭނާ އާ ފަޒީލް ބައްދަލުކުރައްވާފައި ނުވާނޭކަމަށާއި، ބައްދަލުކޮށްފިނަމަ އެކަމުގެ ލިޔެކިޔުންތަކާ ޔައުމީއްޔާ ހައުސިން މިނިސްޓްރީގައި ހުންނާނޭ ކަމަށެވެ. އެހެންކަމުން މިކަމުގައި ފުލުހުން މިހާތަނަށް އަމަލުކޮށްފައިވަނީ ސިޔާސީ ވިސްނުމުގައި ވަކި ބަޔަކަށް މަންފާތަކެއް ހޯދައިދިނުމަށްކަމަށް އަކްރަމް ކަމާލުއްދީން ފާހަގަކުރެއްވިއެވެ.

މި މައްސަލައާ ގުޅޭގޮތުން މިއަދުވެސް އަކްރަމް ކަމާލުއްދީން ވިދާޅުވީ ބިންވެރިޔާ ސްކީމުން ގޯތި ދިނުމަށް ކުރީ ސަރުކާރުން އުސޫލާ ހިލާފަށް އެއްވެސް ކަމެއް ކުރިއަށްގެންގޮސްފައި ނުވާނޭ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.