އެޗްޑީސީގެ އެމްޑީ، ފަޒުލް ރަޝީދު. ފޮޓޯ: ރައީސް އޮފީސް
ހަބަރު
21 Dec 2024 | 21:07
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމުން ފަޒުލް ރަޝީދު އިސްތިއުފާދެއްވައިފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން ފަޒުލް ރަޝީދު އިސްތިއުފާދެއްވައިފިއެވެ.

ފަޒުލް އިސްތިއުފާދެއްވިއިރު، ބިންވެރިޔާ ސްކީމުގެ ތެރެއިން އުސޫލާ ހިލާފަށް ގެވަޅު ދޫކުރި މައްސަލާގައި އޭނާ ހުންނެވީ ސަސްޕެންޝަނުގައެވެ. ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަޒުލް އިސްތިއުފާދެއްވީ ތަހުގީގު ކުރިއަށްދާތީވެ، އެކަމަށް އެއްބާރުލުން ދެއްވުމުގެ ގޮތުންނެވެ. މި މައްސަލާގައި ފަޒުލްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެވެ. 

ފަޒުލް އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވިނަމަވެސް ރައީސް އޮފީސް، އަދި ސަރުކާރުގެ ކުންފުނިތަކުގެ ބަލަދުވެރިފަރާތް ޕީސީބީއަކުންވެސް އަދި މިކަމާގުޅޭގޮތުން ވަކިއެއްޗެކޭ ބުނެފައެއް ނުވެއެވެ. 

ފަޒުލް އިސްތިއުފާ ދެއްވިއިރު، އޭނާގެ ބޭބެއަށް އުސޫލާ ހިލާފަށް އެޗްޑީސީގެ ތެރެއިން ސައްހަނޫން ލިޔުންތަކެއް ބޭނުންކޮށްގެން ގޯއްޗެއް ދިން މައްސަލަ ވަނީ ފެންމަތިވެފައެވެ. މި މައްސަލަ ފުލުހުން ޖިނާއީ މައްސަލައެއްގެ ގޮތުގައި ބަލަމުންދާއިރު، ޕީސީބީން ވަނީ އެޗްޑީސީގެ ޗެއާމަން ފިޔަވައި ހުރިހާ ޑިރެކްޓަރުން ސަސްޕެންޑްކޮށްފައެވެ. އެޗްޑީސީގެ ތެރެއިން އުސޫލާ ހިލާފަށް ހުޅުމާލެއިން ބިންދޫކުރި މައްސަލާގައި އެކުންފުނީގެ ސީނިއާ ހަތަރު މުއައްޒަފަކުވެސް ފަނީ ސަސްޕެންޑްކޮށްފައެވެ. މީގެ އިތުރުން މި މައްސަލާގައި އެކުންފުނީގެ އޮޑިޓަރު ވަނީ ކުންފުނީގެ މާލީ މުއާމަލާތްތައްވެސް ހުއްޓާލުމަށް އަންގާފައެވެ.

ފަޒުލްގެ ބޭބެއަށް އެޗްޑީސީން ގޯތި ދިންކަމަށް ދެކެވެމުންދާ ވާހަކަތަކާ ގުޅޭގޮތުން ފަޒުލް ވިދާޅުވީ، އެފަދަ ކަމެއް ކޮށްފައި ނުވާނޭކަމަށާއި، ބިންވެރިޔާ ސްކީމުން ގޯތި ދިނުމުގައި މައްސަލައެއް އުޅޭކަން ފާހަގަކުރެވިގެން އެކަން ހައުސިން މިނިސްޓްރީގެ ސަމާލުކަމަށް ގެނައީވެސް އެޗްޑީސީން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.