ސަލާހު ޓޮޓެންހަމް ކޮޅަށް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ކުޅިވަރު
23 Dec 2024 | 11:45
ސަލާހުގެ މޮޅުކުޅުމާއެކު ޓޮޓެންހަމް ކޮޅަށް ލިވަޕޫލުން ހަ ލަނޑުޖަހައިފި

އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ޓޮޓެންހަމް އާއި ދެކޮޅަށް ކުޅުނު މެޗު 6-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލިވަޕޫލުން ލީގު ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ.

ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން ސައުތުހެމްޓަން އަތުން މޮޅުވެފައިވާއިރު, ޓޮޓެންހަމް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 3-4 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ލިވަޕޫލް މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެލަނޑުގެ ލީޑަކާއެކު 3-1 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ ވަރަށް ވާދަވެރި ކުޅުމެކެވެ. އަދި މިހާފުގައި ލިވަޕޫލުން އިތުރު ތިންލަނޑު ކާމިޔާބުކުރިއިރު، ޓޮޓެންހަމް އިން ވެސް ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ލިވަޕޫލުގެ މުހައްމަދު ސަލާހު އަދި ލުއިސް ޑިއާޒް މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ޑޮމެނިކް ސްބޮސްޒްލާއި އަދި އެލެކްސިސް މާކް އެލިސްޓާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި ޓޮޓެންހަމްގެ ޑޮމަނިކް ސޮލަންކޭ، ޖޭމް މެޑިސަން އަދި ޑެޖަން ކުލުސެވްސްކީ މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުޖުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަރަކަށް ހޮވުނީ ލިވަޕޫލްގެ މުހައްމަދު ސަލާހް އެވެ. އޭނާ ވަނީ މިމެޗުގައި ދެލަނޑު ކާމިޔާބުކުރުމުގެ އިތުރުން އިތުރު ދެލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 16 މެޗުން ލިވަޕޫލަށް 39 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ޓޮޓެންހަމް ލީގުގައި ކުޅުނު 17 މެޗުން ލިބުނު 23 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 11 ވަނައިގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.