ޒަކާތު ހައުސް މެދުވެރިކޮށް ޣައްޒާއަށް ފެން ފޯރުކޮށްދިނުން-- ފޮޓޯ: ޤަތަރު ރެޑްކްރެސެންޓް
ހަބަރު
25 Dec 2024 | 11:04
ޒަކާތު ފަންޑުގެ އެހީގައި ޣައްޒާއަށް ފެން ފޯރުކޮށްދީފި

ދިވެހި ރާއްޖޭގެ ޒަކާތު ފަންޑުގެ އެހީގައި ފަލަސްތީނުގެ ޣައްޒާގެ މުސްލިމުންނަށް ފެން ފޯރުކޮށްދީފިއެވެ.

މިކަމާއި ގުޅޭގޮތުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު، ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ އެހީ ޣައްޒާގެ އަޚުންނާއި އުޚުތުންނާ ހަމަ އަށް ވާޞިލްވެފައިވާކަމަށެވެ.

މި އެހީ އިން ހޭދަކުރަނީ ބޯ ފެން ބޭނުންވެފައިވާ އަޚުންނާއި އުޚުތުންނަށް ބޯ ފެން ފޯރުކޮށްދިނުމަށް ކަމަށާއި، އެހީ ތަންފީޒުކުރަމުން ދަނީ ޤަތަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށްކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ ޒަކާތުގެ އިދާރާއިން ބޭރުގައި ޙާލުގައި ޖެހިފައިވާ ބަޔަކަށް އެހީވާ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާ ވަޒީރު ޝަހީމް ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ކަމެއް ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ޤަތަރުގެ ރެޑްކްރެސެންޓުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އަލް ޝިފާ އަދި އަލް ހަޔާތު ހޮސްޕިޓަލްގައި ތިބި ބަލިމީހުންނަށް ވަނީ 6،000 ކޭސް ފެން ފޯރުކޮށްދީފައެވެ.

ހަމައެއާއިއެކު، ޒަކާތު ފަންޑުގެ އެހީގައި 60،000 ފަލަސްޠީންގެ މުސްލިމުންނަށް 50،000 ފެން ކޭސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައިވާކަމަށް ތަރުގެ ރެޑްކްރެސެންޓުން ހާމަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.