މަންމޯހަން ސިންހް
ހަބަރު
26 Dec 2024 | 22:55
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު، މަންމޯހަން ސިންގް އަވަހާރަވެއްޖެ

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންހް މިއަދު އަވަހާރަވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމު ދެ ދައުރު ފުރިހަމަ ކުރެއްވި މަންމޯހަން ސިންހް އަވަހާރަވީ، ވެރިރަށް ނިއުދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އައިމްސް)ގެ އެމާޖެންސީ ވޯޑުގައި ފަރުވާދެމުންދަނިކޮށެވެ. އަވަހާރަވީއިރު، އުމުރުފުޅަކީ 92 އަހަރެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ބުނީ، މަންމޯހަން ސިންހް އަވަހާރަވީ ސަބަބެއް ސީދާ ސާފްނުވާކަމަށެވެ. މަންމޯހަން ސިންހްގެ ސިއްހީ ހާލަތު ގޯސްކަމަށް ވިދާޅުވެ، މީގެކުރިން އެމަނިކްފާނުގެ ގާތް ބޭބޭފުޅުންވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

މަންމޯހަން ސިންހް ވަނީ މީގެކުރިން ހިތުގެ ބައިޕާސް އޮޕަރޭޝަނެއްވެސް ކުރައްވާފައެވެ. އެ އޮޕަރޭޝަނަށް އެތައްފަހަރަކު އެމަނިކުފާނު ފަރުވާ ހޯއްދަވާފައިވާއިވާކަން އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މަންމޯހަން ސިންހް އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވީ 2004 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށެވެ. ގިނަ ބަޔަކު ފާހަގަކުރާގޮތުގައި އެމަނިކުފާނަކީ އިންޑިއާ އިންޑިއާ މިއަދު މިދެކޭ އިގްތިސާދީ ބަދަލު ގެނައުމުގައި ފާހަގަކޮށްލެވޭފަދަ ސިޔާސަތުތަކެއް ތައާރަފްކޮށްދެއްވި ބޭފުޅެކެވެ.

މަންމޯހަން ސިންހް ވަނީ ފިނޭންސް މިނިސްޓަރުކަމުގެ އިތުރުން އެޤައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައެވެ. މީގެ އިތުރުން ރިޒާވް ބޭންކް އޮފް އިންޑިއާގެ ގަވަރުނަރުކަމުގެ މަގާމުވެސް އެމަނިކުފާނު 1982 ވަނަ އަހަރުން ފެށިގެން 1985 ވަނަ އަހަރުގެ ނިޔަލަށް ވަނީ ފުރުއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.