ބްރިކްސްގެ ފައުންޑަރ މެމްބަރުން.. ފޮޓޯ: އިކޮނޮމީ ނެކްސްޓް
ހަބަރު
27 Dec 2024 | 11:14
ބްރިކްސްއަށް ވަނުމުގެ ޝައުގުވެރިކަން ހުރިކަން ލަންކާއިން އަނެއްކާވެސް ފާޅުކޮށްފި

އިގްތިސާދީ ގުޅުންތައް ވަރުގަދަކުރުމަށް އުފައްދާފައިވާ ބްރިކްސް ޖަމްއިއްޔާއަށް ވަނުމުގެ ޝައުގުވެރިކަން ފާޅުކޮށް، ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންއަށް ސިޓީފުޅެއް ފޮނުއްވައިފިއެވެ.

ބްރިކްސްއަށް ވަނުމަށް ރަޝިޔާގެ ރުހުން ބޭނުންވާކަމަށް ވިދާޅުވެ، ޑިސަނަޔަކަ ޕުޓިންއަށް ސިޓީފުޅެއް ފޮނުއްވާފައިވަނީ އޮކްޓޯބަރު މަހުއެވެ. އަދި ބްރިކްސްގެ އެހެން މެމްބަރު ގައުމުތަކަށްވެސް، އެޖަމްއިއްޔާއަށް ލަންކާއިން ވަންނަން ބޭނުންވާކަން އަންގައި، އެގައުމުތަކުގެ އެއްބާރުލުން ހޯދުމަށް ސިޓީ ފޮނުވާފައިވެއެވެ.

ލަންކާގެ ކުރީ ސަރުކާރުންވެސް ބްރިކްސްއަށް ވަނުމުގެ ޝައުގުވެރިކަން ފާޅުކޮށް، އިންޑިއާގެ އެހީއަށް އެދިފައިވެއެވެ.

ޑިސަނަޔަކަގެ ސަރުކާރުން ވެރިކަމާ ހަވާލުވުމާއެކު، ލަންކާގެ ޚާރިޖީ ވަޒީރު ވިޖިތަ ހެރަތު ވަނީ ލަންކާއިން ބްރިކްސް އަދި ނިއު ޑިވެލޮޕްމަންޓް ބޭންކްގެ މެމްބަރަކަށް ވުމަށް ޝައުގުވެރިވާކަން ފާޅުކޮށްފައެވެ.

ބްރިކްގެ ނަމުގައި މިޖަމްއިއްޔާ އުފެދުނީ 2009 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ސަމިޓަކާއެކުގައެވެ. ބްރިކް މި ބަހަކީ ޖަމްއިއްޔާގެ އޭރުގެ މެމްބަރު ހަތަރު ގައުމުގެ ފެށޭ އަކުރުގެ މައްޗަށް ބިނާކުރެވުނު ބަހެކެވެ. އެންމެ ފުރަތަމަ ސަމިޓްގައި ބައިވެރިވީ ބްރެޒިލް، ރަޝިޔާ، އިންޑިއާ އަދި ޗައިނާއެވެ. އަދި 2010 ވަނަ އަހަރު ދެކުނު އެފްރިކާ މި ޖަމްއިއްޔާއާ ގުޅުމުން، ޖަމްއިއްޔާއިން ނަން ބްރިކް އިން ބްރިކްސް އަށް ބަދަލުކުރިއެވެ. އޭގެ ފަހުގައި އެޖަމްއިއްޔާއަށް އަލަށް އިތުރުވި ގައުމުތަކަކީ އީރާން، މިސްރު، އިތިއޯޕިއާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްއެވެ. މިގައުމުތަކުން ބައިވެރިވެގެން ބޭއްވި ފުރަތަމަ ބްރިކްސް ސަމިޓް ބާއްވާފައިވަނީ މިއަހަރު ރަޝިޔާގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.