އިންޑިއަން އޮއިލް ކުންފުނީގެ ކާރުހާނާއެއް... ފޮޓޯ: އިންޑިއަން އޮއިލް
ހަބަރު
27 Dec 2024 | 18:27
ތެލުގެ ޑިމާންޑް އިތުރުވުމުގައި އިންޑިއާގެ ދައުރު ބޮޑު: ރިޕޯޓް

ދުނިޔޭގެ ބާޒާރުގައި ތެލަށް އޮތް ޑިމާންޑް އިތުރުވުމުގައި 2035 ވަނަ އަހަރާއި ހަމަޔަށް އިންޑިއާއިން އިސް ރޯލެއް އަދާކުރަމުންދާނެކަމަށް އިންޓަނޭޝަނަލް އެނަރޖީ އެޖެންސީއިން ބުނެފިއެވެ.

އެ އިދާރާއިން ދާދިފަހުން ނެރުނު ރިޕޯޓެއްގައި ބުނީ ދުވާލަކަށް އިތުރު 2 މިލިއަން ފީފާގެ ތެޔޮ ބާޒާރަށް ނެރުމުގެ ޑިމާންޑް އުފެއްދުމުގެ ގާބިލްކަން އިންޑިއާއަށް ލިބިގެންވާކަމަށާއި، އެހެންކަމުން ތެލުގެ ބާޒާރުގައި ޑިމާންޑް އުފެއްދުމުގެ މައިގަނޑު ބާރަކީ މިހާރު އިންޑިއާކަމަށެވެ.

މީގެ ކުރިން ތެލުގެ ބާޒާރުގައި ޗައިނާއިން އަދާކުރަމުން އައި ރޯލަށް މަޑުޖެހުމެއް އައީ އެއްގަމު އުޅަނދުފަހަރު ގަތުމުގައި ޗައިނާގެ ކަސްޓަމަރުން އިލެކްޓްރިކް ވެހިކަލަށް ބަދަލުވުން އިތުރުވުމުންނެވެ. އަންދާޒާކުރެވޭ ގޮތުގައި އެއްގަމު އުޅަނދު ފަހަރުގައި ތެޔޮ ބޭނުންކުރުން ޗައިނާގައި ދުވަހެއް ދުވަހަކަށް ދަށަށް ދާނެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ ޑިމާންޑް ކުޑަވެ، 2030 ވަނަ އަހަރު އަންނައިރު ބާޒާރުގައި އޯވަރ ސަޕްލައި މައްސަލަ ދިމާވާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ. މީގެ އިތުރުން ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ކަންކަމުގެ ސަބަބުން ކުރުރާސްތާ ގޮންޖެހުންތަކާ ތެލުގެ ބާޒާރަށް ކުރިމަތިލާންޖެހޭނެކަން އެނަރޖީ އެޖެންސީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. ޚާއްސަކޮށް ދުނިޔޭގެ ގައުމުތަކަށް އުފުލާ ތެލާއި ގޭހުގެ 20 އިންސައްތަ ދަތުރުކުރަނީ ޚޮރުމޫޒު ކަނޑުއޮޅިންކަމަށްވެފައި، މެދުއިރުމަތީގެ މަސްރަހު ގޯސްވާ ކޮންމެ ފަހަރަކު އެކަނޑު އޮޅިން ތެލާއި ގޭސް އުފުލުގައި ދިމާވާ ގޮންޖެހުންތަކަކީވެސް ވިސްނަން ޖެހޭ ކަންތަކެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ތަންތަން ބަލައި، އެއްތަން ބަންދުކޮށްފިން
ވަޒީރުންގެ މަޖިލީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، މެދު އިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ދަށްވި ނަމަވެސް، ރާއްޖެއަށް ބޭރު ފައިސާ ވަންނަ ނިސްބަތް %1 އިތުރުވެފައިވާ ކަމަށެެވެ. އަދި ދަތި ތަކާއެކުވެސް ރާއްޖޭގެ ރިޒާވް މަތި ކުރެވޭތޯ ގިނަ މަސައްކަތް ތަކެއް ކުރެވެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.