ދިއްފުށި ކައުންސިލް އިދާރާ. ފޮޓޯ: އެމްއެފްއާރު
ހަބަރު
28 Dec 2024 | 11:05
ދިއްފުށީ ކައުންސިލަށް ލިބެންޖެހޭ 4.9 މިލިއަން ރުފިޔާ ހޯދަން، އެކަށީގެންވާ ފިޔަވަޅުތައް އަޅާފައެއްނުވޭ: އޮޑިޓް

ކ. ދިއްފުށީ ކައުންސިލް އިދާރާގެ އާމްދަނީއަށް ލިބެންޖެހޭ 4.9 މިލިއަން ރުފިޔާ ހޯދުމަށް ކައުންސިލުން އެކަށީގެންވާ ފިޔަވަޅުތައް އަޅާފައި ނުވާކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ.

އޮޑިޓް އޮފީހުން ނެރެ އާއްމުކޮށްފައިވާ މާލެ އަތޮޅު ދިއްފުށީ ކައުންސިލް އިދާރާގެ 2022 ވަނަ އަހަރުގެ ފައިނޭންޝަލް އޮޑިޓް ރިޕޯޓްގައި ކައުންސިލް އިދާރާއަށް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބިވާކަން ވަނީ ފާހަގަކޮށްފައެވެ. މިކަމާ ގުޅޭގޮތުން އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ދިއްފުށީ ކައުންސިލް އިދާރާއަށް 2022 ވަނަ އަހަރުގެ ނިޔަލަށް ލިބެންޖެހޭ 4،912،880 ރުފިޔާ ހޯދުމަށްޓަކައި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާކަމަށެވެ. މިއަދަދުގެ ތެރޭގައި އެއް އަހަރަށްވުރެ ގިނަ ދުަވސްވެފައިވާ 4.7 މިލިއަން ރުފިޔާ ހިމެނޭކަމަށް އޮޑިޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މި ރިޕޯޓްގައިވާގޮތުން ލިބެންޖެހޭ ފައިސާގެ ތެރެއިން ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ހަރަދުކޮށް އަނބުރާ ލިބެންޖެހޭކަމަށް ޝަރުއީ ކޯޓުން ހުކުމްކޮށްފައިވާ 380،000 ރުފިޔާގެ އިތުރުން އެހެނިހެން ފައިސާ ހޯދުމަށްޓަކައި ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ފައިސާ ދައްކަންޖެހޭކަން ހަނދާންކޮށްދިނުން ފިޔަވައި އިތުރު ފިޔަވަޅެއް އަޅާފއި ނުވާކަން ރިޕޯޓްގައި ވަނީ ބުނެފައެވެ. އަދި ކޯޓުން 380،000 ރުފިޔާ ދައްކަން ހުކުމެއް ކުރިނަމަވެސް މި ފައިސާގެ އެއްވެސް މިންވަރެއް މިހާތަނަށްވެސް ކައުންސިލް އިދާރާއަށް ލިބިފައެއް ނުވެއެވެ. 

ދިއްފުށީ ކައުންސިލް އިދާރާއަށް ލިބެންޖެހޭ ފައިސާ:

- އޮޑިދޯނިފަހަރު ބަނުމަށް ތަރައްޤީކޮށްފައިވާ ތަންތަނުން ލިބެންޖެހޭ: 3.8 މިލިއަން ރުފިޔާ

- ދިއްފުށީ ބަނދަރު ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ދޫކުރި ފައިސާއިން ލިބެންޖެހޭ: 380،000 ރުފިޔާ

- އެލީޒިއާ ޔޮޓް ގަވާއިދާ ހިލާފަށް އެޅުމުން ކުރި ޖޫރިމަނާއިން ލިބެންޖެހޭ: 384،000 ރުފިޔާ

- އަމިއްލަ ފަރާތަކަސް ދޯނި ބަނުމަށް ދޫކުރި ހަރުގެއިން ލިބެންޖެހޭ: 109،375 ރުފިޔާ

ދިއްފުށި ކައުންސިލްގެ އޮޑިޓް ރިޕޯތްގައި އިތުރަށް ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި އެހީދޭނޭ ގޮތުގެ ގަވާއިދެއް ތައްޔާރުނުކޮށް މަސްލަހަތު ފުށުއަރާގޮތަށް 85،000 ހާސް ރުފިޔާ ދޫކުރި މައްސަލައެއްވެސް ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ކައުންސިލް މެމްބަރުންގެ ވިޔަފާރިއާ ބެހޭ މައުލޫމާތު ހުށަހަޅާފައި ނުވުމާއި، މެމްބަރުން ބޭރަށްދާ ގަޑި ހާޒިރީގައި ނޯޓް ނުކުރުން ފަދަ މައްސަލަތައް ވަނީ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.