ހޫނުގަދަ ދުވަހެއް
ހަބަރު
29 Dec 2024 | 12:10
2024 ވަނަ އަހަރަކީ އެންމެ ހޫނުގަދަ އަހަރު؛ ހޫނު މިން ރިކޯޑް މިންވަރަކަށް މައްޗަށް ދިޔަ: ދިރާސާ

2024 ވަނަ އަހަރަކީ މިހާތަނަށް ރެކޯޑުކުރެވުނު އެންމެ ހޫނުގަދަ އަހަރު ކަމަށް ދިރާސާތަކުން ދައްކައިފިއެވެ.

ވޯލްޑް ވެދަރ އެޓްރިބިއުޝަން (ޑަބްލިއުޑަބްލިއުއޭ) އާއި ކްލައިމެޓް ސެންޓްރަލްގެ ދިރާސާއަކުން ފާހަގަކޮށްފައިވާ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މުޅި ދުނިޔޭގެ ހޫނުމިން އަންނަނީ އިތުރުވަމުންނެވެ.

މި ދިރާސާގެ ނަތީޖާތަކުން ދައްކާގޮތުގައި މި އަހަރުގެ ގާތްގަނޑަކަށް 41 ދުވަހު ނުރައްކާތެރި މިންވަރަކަށް ހޫނުމިން އިތުރުވެފައިވެއެވެ. އަދި މިއީ އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

ދިރާސާތަކުން ދައްކާގޮތުން، މޫސުމަށް ކުރާ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ކުރަނީ އިކުއޭޓަރާ ކައިރި ޤައުމުތަކަށެވެ. ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަސަރުކުރާ ކުދި ޖަޒީރާ ޤައުމުތަކުގެ (ސިޑްސް) ރައްޔިތުންނަށް 130 އަށްވުރެ އިތުރަށް ހޫނުމިން ތަޖުރިބާކުރަން ޖެހެއެވެ.

ސިޑްސް ޤައުމުތަކަކީ މުޅި ދުނިޔޭގެ ނިސްބަތުން 0.02% ގްރީންހައުސް ގޭސް އުފައްދާ ޤައުމުތަކެއް ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގިނަ ނުރައްކާތަކާ ކުރިމަތިލާން ޖެހެނީ އެ ޤައުމުތަކަށެވެ. މީގެ ތެރޭގައި މޫދުގެ ލޮނުގަނޑު އުފުލުމާއި، ގަދަފަދަ ސައިކްލޯންތަކާއި، ބޯކޮށް ވާރޭވެހުމާއި، ހޫނުގަދަވުމާއި، ހަނަފަސްވުން ހިމެނެއެވެ.

ޑަބްލިއުޑަބްލިއުއޭ އިން މިއަހަރު ކުރި 29 ދިރާސާއިން ދައްކާގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މުޅި ދުނިޔޭގައި އެކި ބާވަތުގެ ގުދުރަތީ ކާރިސާތައް އިތުރުވެފައިވެއެވެ. މިކަމުގެ ސަބަބުން މަދުވެގެން 3،700 މީހުން މަރުވެ، އަދި މިލިއަނުން މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން