ޕީއެންސީގެ ބައެއް އިސް ފަރާތްތައް: ފޮޓޯ/ ވޮއިސް
ހަބަރު
30 Dec 2024 | 10:12
ކޮރަޕްޝަން މައްސަލަ ތަކަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވެރިކަންކުރާ ޕީއެންސީން ގޮވާލައިފި

ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އަވަސް ތަޙުޤީޤެއް ހިންގައި، ކުށްވެރިންނާމެދު އަވަސް ފިޔަވަޅު އެޅުމަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ގޮވާލައިފިއެވެ.

ޕީއެންސީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ޤައުމީ ފެންވަރުގައި ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެ ޕާޓީން މަރުޙަބާ ކިޔާ ކަމަށެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ރައްޔިތުންގެ އިތުބާރު ލިބުފައިވާކަން ފާހަގަކޮށްފައިވެއެވެ.

މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ، މޯލްޑިވްސް ޕޮލިސް ސަރވިސް (އެމްޕީއެސް) އަދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މިނިވަން މުއައްސަސާތަކުން ކުރަމުންދާ ތަޙުޤީޤުތަކުގައި މި ސަރުކާރުގެ ދައުރުގައި ފާހަގަކުރެވޭ ކުރިއެރުންތަކެއް ވަނީ ލިބިފައި ކަމަށެވެ. އަދި މި މުއައްސަސާތަކުން ކުރީގެ ސަރުކާރުގެ އިސް އޮފިޝަލުންތަކެއްގެ މައްޗަށް ކޮރަޕްޝަނާއި ދައުލަތުގެ ފައިސާ އަމިއްލައަށް ބޭނުންކުރުމުގެ ތަޙުޤީޤު ކުރަމުންދާކަން ފާހަގަކޮށްފައިވެއެވެ.

"މިފަދަ ތަޙުޤީޤުތަކަށް ވަގުތާއި ވަސީލަތްތައް ބޭނުންވާކަން ފާހަގަކުރާއިރު، ޕީއެންސީން މިނިވަން މުއައްސަސާތަކުން މި މައްސަލަތައް އަވަސް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފު ކުރަމެވެ،" މި ބަޔާނުގައި ބުނެފައިވެއެވެ.

އަދި ސިޔާސީ ނުފޫޒަކާ ނުލައި، ހުރިހާ ފަރާތްތަކެއްގެ މައްޗަށް ހަމަހަމަކަމާއެކު ޤާނޫނު ތަންފީޒުކުރުމަށް ސަރުކާރުން ދެމުންދާ އެއްބާރުލުމަށް ޕީއެންސީން ޝުކުރު އަދާކޮށްފައިވެއެވެ. މީގެ އިތުރުން، މިނިވަން މުއައްސަސާތައް ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށްވެސް އެ ޕާޓީން ތަޢުރީފުކޮށްފައިވެއެވެ.

މިއާއެކު އެ ޕާޓީން ގުޅުންހުރި މުއައްސަސާތަކަށް ގޮވާލާފައިވަނީ ކުށްވެރިންނާމެދު ވަގުތުން ފިޔަވަޅު އަޅައި، އިންސާފު ޤާއިމުކުރުމަށެވެ.

ޕީ.އެން.ސީ އިން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެދެނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ލަސްނުކޮށް އެ ފަރާތުގެ ހޯދުންތައް ރައްޔިތުންނާ ހިއްސާކުރުމަށެވެ.

އަދި އަދުގެ ސަރުކާރުން އެއްވެސް ސިޔާސީ ނުފޫޒަކަށް ބޯނުލަނބައި، ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ރައްޔިތުންނަށް ޔަޤީންކަން އޮތް ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.