ރޭގެ ވަގުތެއްގައި މީހަކު ހައްޔަރު ކުރުމަށް މަސައްކަތް ކުރަނީ: ފޮޓޯ/ އެމްވީކްރައިސިސް
ހަބަރު
30 Dec 2024 | 12:17
ކުށުގެ ވެށިން ނޫސްވެރިއަކު ނެގި ފޮޓޯއެއް ޑިލީޓް ކުރުވި މައްސަލަ ބަލަނީ!

މާލޭގެ މަގުމަތިން ރޭގައި މީހަކު ހައްޔަރުކުރާ މަންޒަރުގެ ފޮޓޯ ނެގި ނޫސްވެރިއެއްގެ ފޯނުން އެ ފޮޓޯ ޑިލީޓް ކުރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ރޭ ގާތްގަނޑަކަށް 8:26 ހާއިރު މާލޭގެ މަގުމަތީގައި މީހަކު ހައްޔަރު ކޮށްގެން އުޅޭތީ އެ ތަނުގެ ފޮޓޯ ނަގަން ދިޔަ، "އަސްލު ޓީވީ" ގެ ނޫސްވެރިޔާ ޝާމާ ޝުއައިބު ވަނީ، އޭނާ ޕްރެސް ކާޑު ވެސް ހިފައިގެން އެ މަންޒަރުގެ ފޮޓޯ ނެގުމުން ފުލުހުން އައިސް އެ ފޮޓޯ ޑިލީޓް ކުރުވި ކަމަށް ބުނެ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. 

އަދި ޕްރެސް ކާޑު ދެއްކުމުން ވެސް "ގަދަ ދައްކާލީ" ފޮޓޯ ޑިލީޓް ކުރުވަން ކަމަށާ، އެ ނޫސްވެރިޔާ ”ހައްޔަރުކުރާ ހިސާބަށް ދިޔުމުން“ ފޮޓޯ ޑިލީޓް ކުރި ކަމަށް އޭނާ ބުންޏެވެ. 

”މިއީ ކޮން އުސޫލެއް، ކޮން ހަމައެއް ކަމެއް ބުނެ ނުދެވުނު އެ އޮފިސަރަކަށް،" އެ ނޫސްވެރިޔާ ލިޔެފައިވެ އެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ ގުރޫޕް ތެރޭގައިވެސް ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެ މައްސަލާގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ރޭ ވިދާޅުވީ ކުށުގެ ވެށީގައި ފުލުހުން ހަރަކާތްތެރިވާއިރު އެ ތަނެއްގައި ފުލުހުން ކުރަމުންދާ މަސައްކަތަކީ އެހާލަތުގައި، ހުރިހާ އެންމެންވެސް، އެންމެ އިސްކަންދޭން ވާނެ ކަންތައް ކަމަށެވެ. 

އަދި ކޮންމެ ޙާލަތެއްގައިވެސް ނޫސްވެރިންނަށް ކަނޑައެޅޭ ހިސާބެއްގައިތިބެ މަންޒަރާއި މަޢުލޫމާތު ރައްޔިތުންނާއި ހަމައަށް ގެނަސްދިނުމަށް ދެވެން އޮތް އެންމެ ފުޅާ ފުރުޞަތެއް ފުލުހުންވެސް ދޭންވާނެކަމަށް ދެކޭ ކަމަށްވެސް ވިދާޅުވިއެވެ.

ނޫސްވެރިޔާ ރައްދުކޮށްފައިވާ ޙާލަތަކީ ފުލުހެއްގެ ނުވަތަ ފުލުހުން ތަކެއް ޢަމަލުކޮށްފައިވާ ގޮތާއިމެދު ހުށަހަޅުއްވާފައިވާ ޝަކުވާއެއް ކަމަށް ޤަބޫލްކުރާތީ އެގޮތަށް ޢަމަލުކޮށް، އެކަން އިތުރަށް ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑާއި ހިއްސާކުރާނެ ވާހަކަ ދަންނަވަން.

އަހުމަދު ޝިފާން

ފުލުހުންގެ ބެލުމުގެ ރޭ ގެންދިޔައީ ގދ. ގައްދޫ، މުހައްމަދު އަޒްހާމް ސައީދެވެ. އެއީ ބަނގުރަލުގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މަޖީދީ މަގުން ހުއްޓުވައި ބަލައި ފާސްކޮށް، ހައްޔަރުކުރި މީހެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.