އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި ކުރީގެ ރައީސް ސޯލިހުއާއި އެމްޑީޕީގެ ޚާރިޖީ ވަޒީރު ޝާހިދު: ފޮޓޯ:/ޓްވިޓަރ
ހަބަރު
30 Dec 2024 | 19:45
ރައީސް މުޢިއްޒުގެ ވެރިކަން ވައްޓާލަން 87 މިލިއަން ރުފިޔާ ދޭން އިދިކޮޅުން އިންޑިއާގައި އެދުނު: ވޮޝިންޓަން ޕޯސްޓް

ރައީސް މުޙައްމަދު މުޢިއްޒުގެ ވެރިކަން ވައްޓާލުމަށް އެމްޑީޕީން އިންޑިޔާގެ އިންޓެލިޖެންސް އޭޖެންސީ އާރްއޭޑަބްލިއުއާ ގުޅިގެން ރާވާފައިވާކަމަށް ބުނެ އެ ރޭވި ރޭވުންތަކުގެ ތަފްސީލް އެމެރިކާގެ ނޫސް ކަމުގައިވާ ވޮޝިންގްޓަން ޕޯސްޓުން ހާމަކޮށްފިއެވެ.

2023 ވަނަ އަހަރުގެ ފަހުކޮޅު ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ދެއްވި ރިޔާސީ ބަޔާނުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގައުމުން ބާލާނެކަމުގެ ޔަގީންކަންވަނީ ދެއްވާފައެވެ. އަދި އެމަނިކުފާނު، އިންޑިޔާގެ ސަރަޙައްދީ ވާދަވެރިޔާ ކަމުގައިވާ ޗައިނާއާ ރަޙުމަތްތެރިކަން ބަދަހިކޮށް، ބޭޖިންގއާއެކު އަސްކަރީ އެހީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށްވެސް ދަ ޕޯސްޓުން ރިޕޯޓްކޮށްފައިވެއެވެ.

ރައީސް މުޢިއްޒުގެ ވެރިކަން ވައްޓާލުމުގެ މަސައްކަތް ފެށުން

2024 ވަނަ އަހަރުގެ ޖަނަވަރީ މަހު، އިންޑިޔާގެ އިންޓެލިޖެންސް އޭޖެންސީ އާރްއޭޑަބްލިއުގެ އޭޖެންޓުން ދިވެހިރާއްޖޭގެ އިދިކޮޅު ފަރާތްތަކާއެކު ރައީސް މުޢިއްޒުގެ ވެރިކަން ވައްޓާލުމަށް މަޝްވަރާތައް ފެށި ކަމަށް މި މަޝްވަރާތަކުގައި ބައިވެރިވި ބައެއް ފަރާތްތަކުން ބުނެފައިވާ ކަމަށް ވޮޝިންގޓަން ޕޯސްޓުން ބުނެފައިވެއެވެ. މި މަޝްވަރާތަކުގެ ތެރެއިން "ޑިމޮކްރެޓިކް ރިނިއުވަލް އިނީޝިއޭޓިވް" ގެ ނަމުގައި ޕްލޭނެއް އެކުލަވާލާފައިވާކަމަށްވެސް ބުނެފައިވެއެވެ.

މި ޕްލޭންގައި ހިމެނެނީ ރައީސް މުޢިއްޒުގެ ޕާޓީގެ މެންބަރުންވެސް ހިމެނޭ ގޮތަށް 40 މަޖިލިސް މެންބަރުންނަށް ރިޝްވަތު ދީގެން ރައީސް މުޢިއްޒުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ކަމަށް ދަ ޕޯސްޓުގައި ބުނެފައިވެއެވެ. މީގެ އިތުރުން، 10 އިސް ސިފައިންނާއި ފުލުހުންނަށާއި، ބާރުގަދަ 3 ގޭންގަކަށް ފައިސާ ދީގެން ރައީސް މުޢިއްޒުގެ ވެރިކަން ވައްޓާލުމަށް މަގުފަހިކުރުމަށް ރޭވިކަމަށްވެސް ބުނެފައިވެއެވެ.

މި ޕްލޭން ތަންފީޒުކުރުމަށް 87 މިލިއަން ރުފިޔާ (6 މިލިއަން ޑޮލަރު) ބޭނުންވާނެކަމަށް ލަފާކޮށްފައިވާއިރު، މި ފައިސާ ހޯދާނީ އިންޑިޔާއިން ކަމަށް ދިވެހި ދެ އޮފިޝަލަކު ބުނެފައިވާކަމަށް ވޮޝިންގްޓަން ޕޯސްޓުން ހާމަކޮށްފައިވެއެވެ.

މަސްތަކެއް ވަންދެން ސިއްރުން މަޝްވަރާކުރުމަށްފަހު، އެތަކެއް މަސައްކަތް ކޮށްގެންވެސް ރައީސް މުޢިއްޒުގެ އިތުބާރު ނެތް ކަމުގެ ވޯޓު ކާމިޔާބު ކުރުމަށް އެކަށީގެންވާ ވަރަށް ވޯޓު ހޯދުމަށް އިދިކޮޅު ނުކުޅެދުނު ކަމަށާ އިންޑިއާއިން އިންވެސް އެމަނިކުފާނުގެ ވެރިކަން ވައްޓާލުމަށް ފަންޑުކޮށް ނުދިން ކަމަށް ވޮޝިންގޓަން ޕޯސްޓުގައި ބުނެފައިވެއެވެ.

އިންޑިޔާގެ ސިޔާސީ ލީޑަރުންތަކަކާއެކު ސިއްރު މަޝްވަރާތަކެއް

ވޮޝިންގޓަންގައި ހުރި އިންޑިއާގެ އެމްބަސީގެ އިސް ރޯ އިންޓެލިޖެންސް އޮފިސަރަކު، ދިވެހިރާއްޖޭގައި ސިޔާސީ އަދި ވިޔަފާރީގެ ގުޅުން ހުރި، އިންޑިއާގެ ދެ ސިޔާސީ ލީޑަރުންނާއެކު ރައީސް މުޢިއްޒުގެ ވެރިކަން ވައްޓާލުމުގެ ޕްލޭނެއް އެކުލަވާލުމަށް މަސައްކަތްކުރިއެވެ. އެގޮތުން އެތަނުން އެކަކީ ޝިރީޝް ތޯރަޓްއެވެ. އޭނާއަކީ ކުރީގެ އިންޑިއާ ފުލުހުންގެ އޮފިސަރެކެވެ. އަދި އަމިއްލަ ސިފައިންގެ ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ. ހަމައެހެންމެ މުޙައްމަދު ނަޝީދު ވެރިކަމުގައި އިސްލާމީ ހަރުކަށި ފިކުރު ހުއްޓުވުމަށް ލަފާދިން މީހެކެވެ.

އަނެއް މެދުވެރިއަކީ ސޭވިއޯ ރޮޑްރިގަސްއެވެ. އޭނާއަކީ އިންޑިއާގެ ގޯވާ ސްޓޭޓުގައި އުޅޭ ޕަބްލިޝަރެކެވެ. އަދި ކުރިން އިންޑިއާގެ ވެރިކަންކުރާ ޕާޓީ ކަމުގައިވާ ބަހަރަތިޔަ ޖަނަތާ ޕާޓީގެ ސްޕޯކްސްޕަރސަނެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ.

ވޮޝިންގޓަން ޕޯސްޓުން ބުނެފައިވާ ގޮތުން، އެ ނޫހުން ގުޅުމުން، ތޯރަޓާއި ރޮޑްރިގަސް ވަނީ ރައީސް މުޢިއްޒު ވައްޓާލުމުގެ ޕްލޭންތަކެއް އޮތްކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް، އެމީހުން އިންޑިއާ ސަރުކާރުގެ ފަރާތުން އެ މަސައްކަތުގައި ބައިވެރިވި ކަމަށް އެއްބަސްނުވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި އިންޑިއާ އިންޓެލިޖެންސް އޮފިސަރަކާ ބައްދަލުކުރިންތޯ ވޮޝިންގޓަން ޕޯސްޓުން ސުވާލުކުރުމުން، ތޯރަޓް ބުނީ އެމްބަސީގައި މަސައްކަތްކުރާ ރައްޓެހިންނަށް އޭނާ ބައެއްފަހަރު ޒިޔާރަތްކުރާ ކަމަށް ކަމަށް އޭގައި ބުނެފައިވެއެވެ.

"ތޯރާޓާއި ރޮޑްރިގޭޒް ވެސް ވަނީ އެ މީހުންގެ ޕްލޭންތަކާ ބެހޭ ގޮތުން ތަފްސީލު މައުލޫމާތު ދޭން ދެކޮޅު ހަދައިފަ އެވެ. އެކަމަކު ތޯރާ ވިދާޅުވީ އިންޓެލިޖެންސަކީ ހާރިޖީ ސިޔާސަތުގެ އެކްސްޓެންޝަނެއް ކަމަށާއި ހާރިޖީ ސިޔާސަތުގައި ޕްލޭން އޭ، ޕްލޭން ބީ އަދި ޕްލޭން ސީއެއް އޮންނާނެ ކަމަށެވެ. ބައެއް ފަހަރު އެއް ކަމެއް ކާމިޔާބު ނުވެއްޖެ ނަމަ، އަނެއް ކަމެއް ކުރާނެ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ،" އެ ލިޔުމުގައި ބުނެފައިވެ އެވެ.

މި މަޢުލޫމާތުތަކާ ގުޅޭގޮތުން ދަ ވޮޝިންގޓަން ޕޯސްޓުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒުން މަޢުޟޫއާ ގުޅޭގޮތުން އެއްވެސް ކޮމެންޓެއް ކުރަން އިންކާރުކުރި އިރު، ރައީސް މުޢިއްޒުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހީމް ޚަލީލްވެސް ކޮމެންޓް ކުރަން އިންކާރުކުރި ކަމަށް އެ ނޫހުގައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން