ސްރީލަންކާއަށް މިއަހަރުގެ ތެރޭގައި ޒިޔާރަތްކުރި ދެ މިލިއަން ވަނަ ފަތުރުވެރިޔާ.. ފޮޓޯ: ލަންކާ ޓޫރިޒަމް
ހަބަރު
30 Dec 2024 | 22:33
އަންނަ އަހަރު 3 މިލިއަން ފަތުރުވެރިން ގެނައުމަށް ސްރީލަންކާއިން އަމާޒު ހިފައިފި

ސްރީލަންކާގެ އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި އެޤައުމަށް 3 މިލިއަން ފަތުރުވެރިން ގެނައުންކަމަށް އެޤައުމުގެ ސަރުކާރުން ބުނެފިއެވެ.

އަވައްޓެރި ސްރީލަންކާއިން ވަނީ މިދިޔަ ހޮނިހިރު ދުވަހު އެ ޤައުމަށް ޒިޔާރަތްކުރި 2 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާކިޔާފައެވެ. މިކަމާ ގުޅިގެން ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރުގެ ނައިބު ޕްރޮފެސަރު ރުވާން ޗަމިންދަރ ރަނާ ސިންހެ ވަނީ މިއީ ހުރިހާ އެންމެންވެގެން ކުރި މަސައްކަތުން ލިބުނު ކާމިޔާބެއްކަމަށް ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވެފައިވަނީ ލަންކާގެ އަމާޒަކީ އަންނަ އަހަރު ނިމޭއިރު 3 މިލިއަން ޓޫރިސްޓުން ގެނައުންކަމަށެވެ.

ސްރީލަންކާގެ ޓޫރިޒަމް ފައްކާކުރުމުގައި އެޤައުމުގެ އިދިކޮޅު ފަރާތްތަކުންވެސް ސަރުކާރަށް އެއްބާރުލުން ދެމުންގެންދާއިރު، އެންމެފަހުން ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ހަރިން ފެނާންޑޯ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލަންކާއިން މިއަހަރު ދެ މިލިއަން ޓޫރިސްޓުން އައުމަކީ ލަންކާގެ ރައްޔިތުން ކުރި ވަރަށް ބުރަ މަސައްކަތުގެ ނަތީޖާއެއް ކަމަށެވެ. ސްރީލަންކާއިން މި އަމާޒަށް ވާސިލްވުމުގެ މަސައްކަތް ފެށީ ސުމަކުންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، 2022 ވަނަ އަހަަރު ނިމުނުއިރު އެޤައުމަށް އުދުހެމުންދިޔައީ ވަރަށް މަދު އެއާލައިނަކުން ކަމަށެވެ.

މިދިޔަ 5 އަހަރެއްހާ ދުވަހުގެ ތެރޭގައި ސްރީލަންކާގެ ޓޫރިޒަމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިގޮތުން 2019 ވަނަ އަހަރުގެ އޭޕްރިލްމަހުގެ 21 ވަނަ ދުވަހު ދިން އީސްޓާ ބޮމުގެ ހަމަލާގައި ލަންކާގެ ޓޫރިޒަމަށް ވަރަށްބޮޑަށް ލޮޅުން އަރައިގެންދިޔައިރު، އޭގެ ފަހުން އެއަހަރުގެ ފަހުކޮޅު ކުރިމަތިވި ކޮވިޑްގެ ސަބަބުން ލަންކާގެ ޓޫރިޒަމް މުޅިންހެން ހުއްޓުމަކަށް އައެވެ. ކޮވިޑަށްފަހު ހަމަޖެހިލަން ލިބުނު ދަނޑިވަޅުގައި އެޤައުމަށް ދިމާވި މާލީ މައްސަލަތަކާހުރެ ޓޫރިޒަމް ސިނާއަތުގެ ދުވެލި މަޑުޖެހުނު ނަމަވެސް ލަންކާއިން ވަނީ 2023 ވަނަ އަހަރު ނިމުނުއިރު އެދެވޭފަދަ ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން އެއަހަރު ލަންކާއަށް ވަނީ 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މިއަހަރުގެ ޑިސެމްބަރުމަހުގެ 29 ގެ ނިޔަލަށް ލަންކާއަށް ވަނީ، 2,037,960 ޓޫރިސްޓުން ޒިޔާރަތްކޮށްފައެވެ. މިއީ ދިވެހިރާއްޖެއަށްވުރެ 3،737 ފަތުރުވެރިންގެ އިތުރުވުމެކެވެ. މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ، 2،034،223 ފަތުރުވެރިންނެވެ. ޓޫރިޒަމް ސިނާއަތުގައި މިހާރު ލަންކާއަކީ ރާއްޖެއާ ވާދަވެރި ގައުމެކެވެ. މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އެއްވަނަ މާކެޓަކީ އަވައްޓެރި އިންޑިއާއެވެ. ނަމަވެސް މިއަހަރު އިންޑިއާ ވެފައިވަނީ ލަންކާގެ އެއްވަނަ ޓޫރިޒަމް މާކެޓަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
ތިލަފުށިން ރީކޯ މޫސަގެ ހެވީލޯޑަށް ދީފަ އޮތް ބިން އެޗްޑީސީއާ ހަވާލުކުރަން އަންގައިފި
އެޗްޑީސީން ވަނީ ބިމު ކުއްޔާއި ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކަމުން ނުދާތީވެ އެ ފައިސާވެސް ހޯދުމަށް އެދިފައެވެ.