ހިޔާ ޓަވަރު 15.. ފޮޓޯ: ވޮއިސް
ހަބަރު
31 Dec 2024 | 23:14
ހިޔާ 15 ވަނަ ޓަވަރުގެ އެޕާޓްމަންޓަކުން ދުންއަރާތީ, އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެ

ހިޔާ 15 ވަނަ ޓަވަރުގެ އެޕާޓްމަންޓަކުން ދުންއަރާކަމަށް ބަޔަކު ރިޕޯޓްކުރުމާއި ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުޓީމުން ހަރަކާތްތެރިވެއްޖެއެވެ.

ހިޔާ ޓަވަރު 15 ގައި އުޅޭމީހަކު ވޮއިސްއާ މައުލޫމާތު ހިއްސާކުރަމުން ބުނީ، ދުން އެރީ 12 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓަކުންކަމަށެވެ. އެއީ ހޫނުކުރަން އުދާފައިހުރި ގަރުދިޔަ ތެއްޔެއް މާ ގިނައިރުވުމުންނެވެ. ނަމަވެސް ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ކުރިން އުނދުން ނިއްވާލާފައިވާކަމަށް އޭނާ ބުންޏެވެ. ނަމަވެސް އުނދުން ނިއްވާލީ އެމްއެންޑީއެފް މީހުންކަމެއް ނުވަތަ އެގޭ މީހުން ގެއަށް އައިސްކަމެއް އަދި ސާފެއް ނުވެއެވެ.

ގަރުދިޔަތެލި ހޫނުކުރަން އުދާފައި އޭނާ ދިޔައީ ތިރިއަށް. ކޮންމެވެސް ކުއްޖަކު ހަވާއަރުވާތަނަށް ގެންދަން މީހަކާ ހަވާލުކުރަންކަމަށް ވަނީ. އޭނާ ބުނާގޮތުންނަމަ ހުޅުގަނޑުވެސް ކުޑަކޮށްފައި ދިޔައީ. ނަމަވެސް ގަރުދިޔަ އެތި ކެކިގެންގޮސް އަވަދިވެފައި ހުރީ. އެހާބޮޑަށް ކެކިގެންގޮސް އަނެއްއަތަށް އެޅީމަ ދުމާއެއްޗެހި ބޭރުއެވީ. އަލިފާން ރޯނުވިކަން ނަސީބެއް މުޅި ފްލެޓްތެރޭގައި ހުރީ ވަސް ހިފާފައި 

ވޮއިސްއާ މައުލޫމާތު ހިއްސާކުރި މީހާ ބުންޏެވެ.

މިރޭގެ ހާދިސާގައި އެމްއެންޑިއެފް ފަޔާ އެންޑް ރެސްކިއުގެ ފަޔާ ލޮރީ ޓަވަރު 15 ކައިރީ މަޑުކޮށްގެން... ފޮޓޯ: ވޮއިސް

އުނދުން މައްޗަށް އެއްޗެހި ހޫނުކުރަން އުދާފައި ގެއިން ބޭރަށްދިއުމުން މީގެ ކުރިންވެސް ހިޔާ ފްލެޓްގައި ނުރައްކާތެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. މީގެކުރިން ހިނގި މިފަދަ އެކި ހާދިސާތަކުގައި ބަދިގޭ ކަބަޑްސެޓާއި އެޕާޓްމަންޓަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުއްޓެވެ. 

އެގޮތުން މިއަހަރުގެ ޖުލައިމަހުގެ 3 ވަނަ ދުވަހުވެސް މިފަދަ ހާދިސާއެއް ޓަވަރު 15 ގެ 10 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި ވަނީ ހިނގާފައެވެ. އެފަހަރުގެ އެ ހާދިސާ ހިނގަން ދިމާވީ، ގަރުދިޔަތެލި ކައްކަން އުދާފައި ގޭމީހުން ބޭރަށް ދިއުމުންނެވެ. އެފަހަރު އެމްއެންޑިއެފްގެ ފަޔަރ ޓީމުން އައިސް އެ އެޕާޓްމަންޓް ދޮރު ވައްޓާލައިގެން ވަންނަން ތައްޔާރުވެސް ވިއެވެ. ނަމަވެސް ދޮރު ހަލާކުކޮށްލަން ތައްޔަރުވިތަނުން އެގޭ މީހުން އައިސް ދޮރު ހުޅުވައި އެންމެފަހުން އުނދުން ނިއްވާލީއެވެ.

އޭގެ ފަހުން ހިޔާ ޓަވަރު 14 ގެ އެޕާޓްމަންޓެއްގައިވެސް ވަނީ އެފަދަ ހާދިސާއެއް ހިނގާފައެވެ. އެ ހާދިސާގައި ބަދިގޭ އުނދުން ބަހައްޓާ އަށީގައި ޖަހާފައިހުރި ތަށިމުށިތައްވެސް ހުރީ ފަޅައިގެންގޮސްފައެވެ. ހިޔާގައި މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި އެއް އަލިފާނުގެ ހާދިސާއަކީ މިއަހަރުގެ އޭޕްރިލްމަހުގެ 22 ވަނަ ދުވަހު ހިޔާ ޓަވަރު 11 ގެ ފަންގިފިލާއެއްގެ އެޕާޓްމަންޓެއްގައި ހިނގި ހާދިސާއެވެ. އެ ހާދިސާގައި  އެ އެޕާޓްމަންޓްގެ އެއް ކޮޓަރި ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ.

އެ ހާދިސާގައި ޑިޒާސްޓާއިން ވަނީ އެ އެޕާޓްމަންޓުގައި އުޅުނު 7 މީހަކަށް ވަގުތީ ގޮތުން ބޯހިޔާވަހިކަންވެސް ފޯރުކޮށްދީފައެވެ. ހިޔާ ޓަވަރުތަކަކީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރާއްޖޭގައި އެންމެ އުސްކޮށް ހަދާފައިވާ އިމާރާތްތަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.