ވަޒީރު މުއްތަލިބް-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
01 Jan 2025 | 10:26
މަހެއްހާ ދުވަހުގެތެރޭ މަސައްކަތް ނިންމާ، ޢިއްޒުއްދީން ފާލަން ބޭނުން ކުރަން ފެށޭނެ: ވަޒީރު މުއްޠަލިބު

މަހެއްހާ ދުވަހުގެތެރޭގައި އިއްޒުއްދީން ފާލަމުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށޭނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ފާލަމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު، ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު މުއްތަލިބް ވިދާޅުވީ، ކުރިން އޮތް ފާލަން ރޫޅާލަން އެންގީ ފާލަމަށް ވަރަށް ބޮޑަށް ގެއްލުންތަކެއްވެ، ރައްޔިތުންނަށް ގެއްލުންތަކެއް ވެދާނެތީ ކަމަށެވެ.

މަސައްކަތް ނުފެށި ލަސްތަކެއްވީނަމަވެސް މިހާރު ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއީ މާލޭގެ މަލަމަތިކަމަށްވެފައި، ފާލަން އެގޮތަށް ބަންދުކޮށްފައި ބޭއްވުމަކީ އަރާފައިބާ މީހުންނަށްވެސް ފާހަގަކުރެވޭ ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ސަރުކާރުން ވަރަށް ބޮޑަށް ބަރުއަޅައިގެން މަސައްކަތް ބާރަށް ކުރިއަށްދާކަމަށާއި، މަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ފާލަން ހުޅުވާލެވޭނެކަމަށް އުންމީދުކުރައްވާކަމަށެވެ.

"އޭރު އޮތް ފާލަމަށް ވަރަށް ބޮޑަށް ގެއްލުންތަކެއްވެ، ބައިތައް ވެއްތި ރައްޔިތުންނަށް ގެއްލުމެއް ވެދާނެތީ އަޅުގަނޑުމެން އެނގީ ރޫޅާލަން. ރޫޅާލާފަ އޭރު މަސައްކަތް ފެށެން ތައްޔާރުނުވާތީ ހަގީގަތުގައި ވަރަށް ލަސްތަކެއް ވެގެންދިޔަ ފާލަން ބަންދުކޮށްފަ އޭރު މަސައްކަތް ނުފެށި. އެހެންމަވެސް މިއީ މާލޭގެ މަލަމަތިކަމަށްވެފައި، ފާލަން އެގޮތަށް ބަންދުކޮށްފައި ބޭއްވުމަކީ މިތަނަށް އަރަާފައިބާ މީހުންނަށްވެސް ފާހަގަކުރެވޭ ކަމަކަށްވެ މާލޭގެ ރީތިކަން ގެއްލިގެންދާނެ ފަދަކަމެއްކަމުން ސަރުކާރުން ވަރަށް ބޮޑަށް ބަރުއަޅައިގެން މަސައްކަތް ބާރަށް ކުރިއަށް އެބަދޭ. އުއްމީދުކުރަނީ މަހެއްހާ ދުވަހުގެ ތެރޭގައި މިމަސައްކަތް ނިންމާ ފާލަން ހުޅުވާލެވޭނެކަމަށް." 

ވަޒީރު މުއްތަލިބް ވިދާޅުވިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން އްޒުއްދީން ފާލަން އަލުން ތަރައްޤީކުރުމަށް އެމްޓީސީސީ އާއި މިދިޔަ އަހަރު ހަވާލުކުރި ނަމަވެސް، އެކަށީގެންވާ ސްޕީޑުގައި ކުރިއަށްގޮސްފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.