ކްރިމިނަލް ކޯޓު: ފޮޓޯ/ ވޮއިސް
ހަބަރު
01 Jan 2025 | 12:12
100 އަށްވުރެ ގިނަ ފަހަރު ހައްޔަރުކޮށްފައިވާ މީހަކު ވައްކަމުގެ ތުހުމަތުގައި އަނެއްކާވެސް ހައްޔަރުކޮށްފި

ކުދިކުދި ކުށްތަކުގައި 100 އަށްވުރެ ގިނަ ފަހަރު ހައްޔަރު ކޮށްފައިވާ މީހަކު އަނެއްކާވެސް ހައްޔަރު ކޮށްފިއެވެ.

އެގޮތުން ހައްޔަރު ކޮށްފައިވަނީ ނ. މިލަދޫ ސޯސަންގެ މުހައްމަދު ނައުޝާދެވެ. މިފަހަރު އޭނާ ހައްޔަރު ކުރެވުނޫ ވައްކަމުގެ މައްސަލައެއްގައެވެ. ނަމަވެސް އެ ތުހުމަތަށް އޭނާ އިންކާރުކޮށްފައި ވާކަމަށް ބަންދު އަމުރުގައިވެއެވެ.

ނައުޝާދުގެ ބަންދު އަމުރުގައި ބުނެފައިވާ ގޮތުން، އޭނާ ވަނީ  ކުދި ކުދި ކުށްތަކުގައި 100 އަށްވުރެ ގިނަ ފަހަރު ހައްޔަރު ބަންދު ކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ މިސްބާހު ކުރިން ފާހަގަކުރައްވާފައިވާ ގޮތުގައި ނައުޝާދަކީ ތަކުރާރުކޮށް މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަމާއި އެ ބާވަތުގެ އެކިއެކި ކުދިކުދި ކުށްތަކަށް އަރައިގަންނަމުންދާ މީހެކެވެ.

"އާއްމު ޖިނާއީ ނިޒާމުގެ ތެރެއިން މިހާރު އަމަލު ކުރަމުންދާ ގޮތަށް ދައުވާކޮށްފައި އަދަބު ކަނޑައެޅިކަމުގައިވީ ނަމަވެސް މިއީ އެފަދަ މީހުން އިސްލާހުވުމަށް ބާރު އެޅޭ ފަދަ އަދަބެއް ކަމުގައި ނުވޭ" ގާޒީ މުހައްމަދު މިސްބާހު ކުރިން ވިދާޅުވެފައިވެ އެވެ.

އެހެންކަމުން އެފަދަ މީހުންނަކީ މުޖުތަމައުން އެކަހެރިކޮށް އިސްލާހުކުރުމުގެ ނިޒާމެއްގެ ތެރެއަށް ވެއްދުމަށްފަހު، އިސްލާހުވެ މުޖުތަމައަށް ފައިދާހުރި މަސައްކަތެއް ދަސްކުރުމަށްފަހު އަމިއްލަ ދިރިއުޅުމެއް އުޅެން ތައްޔާރުވުމުން ނޫނީ އަލުން މުޖުތަމައަށް ދޫނުކުރެވޭނެ މީހުން ކަމަށް ދެކެވަޑައިގަންވާ ކަމަށް ގާޒީ ވިދާޅުވެފައިވެއެވެ. 

މިފަހަރު ނައުޝާދުގެ ބަންދަށް އިސްގާޒީ އާދަމް މުހައްމަދު ވަނީ 15 ދުވަސް ޖަހާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.