އިމިގްރޭޝަންގެ އޮފިސަރުން-- ފޮޓޯ: އިމިގްރޭޝަން
ހަބަރު
01 Jan 2025 | 12:37
ދެ ކްރޫޒްލައިނާއެއްގެ 4،658 ޕަސެންޖަރުންނަށް އިމިގްރޭޝަނުން ކްލިއަރެންސް ދީފި

ދެ ކްރޫޒްލައިނާއެއްގެ 4،658 ޕަސެންޖަރުންނަށް އިމިގްރޭޝަނުން ކްލިއަރެންސް ދީފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެއީ "އޯޝޭނިއާ ރިވިއާ" އާއި "ނޯވިއަން ސްކައި" ކަމަށެވެ.

މިގޮތުން އިމިގްރޭޝަނުން ބުނީ، މީގެ ތެރެއިން "ނޯވިއަން ސްކައި" އިން 1,870 ޕަސެންޖަރުންނާއި 862 ކްރޫ މެމްބަރުންނަށް ކްލިއަރެންސް ދީފައިވާކަމަށެވެ.

ހަމައެއާއިއެކު، "އޯޝޭނިއާ ރިވިއާ" ގެ 1,179 ޕަސެންޖަރުންނާއި 747 ކްރޫ މެމްބަރުންނަށް ކްލިއަރެންސް ދީފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ހާމަކުރި ގޮތުގައި،  އެ އިދާރާގެ ސީޕޯޓް ޑިވިޒަންގެ އޮފިސަރުން މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ނިމިދިޔަ މަހުގެ 23 އިން 30 އަށް ކަމަށެވެ.

 މާޝަލް އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ ކްރޫޒްލައިނާ "އޯޝޭނިއާ ރިވިއާ"  އެއްދުވަހަށް މާލެ ކައިރީގައި މަޑުކުރިއިރު، 2،000 އަށް ވުރެ ގިނަ މީހުންގެ ޖާގަ އޮންނަ ކްރޫޒްލައިނާ ދެން ދަތުރުކުރާނީ ސްރީ ލަންކާގެ ކޮލަމްބޯއަށް ދިއުމަށެވެ. 

މިއާއިއެކު، ބަހާމަސްގައި ރަޖިސްޓްރީކޮށްފައިވާ "ނޯވިއަން ސްކައި" ގެ އެޖެންޓް މަޔާ މޯލްޑިވްސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކްރޫޒްލައިނާ ރާއްޖެ އައީ ދެ ދުވަހަށް ކަމަށެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.