އައިޔޫއެމް ގުރެޖުއޭޝަން: ފޮޓޯ/ އައުޔޫއެމް
ހަބަރު
01 Jan 2025 | 12:54
ޒަކާތު ފަންޑުން ސްކޮލަޝިޕް ދޭގޮތުގެ އުސޫލު އާންމުކޮށްފި

ޒަކާތު ފަންޑުން މަތީ ތައުލީމު ހާސިލުކުރުމަށް އެހީދިނުމުގައި ނުވަތަ ސްކޮލަޝިޕް ދިނުމުގައި އަމަލު ކުރާނެ އާ އުސޫލެއް އިސްލާމިކް މިނިސްޓްރީން އާންމުކޮށްދި އެވެ.

"ޒަކާތު ފަންޑުން މަތީ ތައުލީމަށް އެހީދިނުމުގެ އުސޫލު"އިއްޔެ ގެޒެޓުގައި އާންމުކޮށްފައިވާއިރު، މި އުސޫލުގެ މަގުސަދަކީ ޝަރުއީ ގޮތުން ހުއްދަ ދާއިރާތަކުން ކިޔެވުމަށް ބޭނުންވާ ދަރިވަރުންގެ ތެރެއިން މާލީ ގޮތުން ފުދުންތެރިކަން ނެތް ދިވެހި ދަރިވަރުންނަށް ޒަކާތު ފަންޑުން އެހީތެރިކަން ދިނުން ކަމަށް ބުނެފައިވެއެވެ. 

މި ފަންޑުގެ އެހީގައި ސްކޮލަޝިޕް ދޭނީ އިސްލާމީ ދާއިރާތަކުން ޑިޕްލޮމާ އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށެވެ. ސްކޮލަޝިޕަށް އެދި ހުށަހެޅޭނީ ހަމައެކަނި އެމްކިޔުއޭއިން ގަބޫލުކުރާ މަރުކަޒު ތަކަށެވެ. 

ސްކޮލަޝިޕަށް އެދި ހުށަހެޅޭނެ ޝަރުތުތަކުގެ ތެރޭގައި؛

• އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށްވުން

• މާލީ ފުދުންތެރިކަން ނެތުން

• ކޯހަށް ވަނުމަށް ބޭނުންވާ ކްރައިޓީރިއާ ހަމަވުން

• އެހެން ފަރާތެއްގެ ހިލޭ އެހީގައި ކިޔަވަމުންދާ ދަރިވަރަކަށް ނުވުން

• މީގެ ކުރިން ނަގާފައިވާ ސްޓޫޑެންޓް ލޯނެއް ނަގާފައިވާނަމަ ހާއްސަ ހާލަތެއް މެދުވެރިވެގެން މެނުވީ ފައިސާ ދައްކާ ހަލާސްކޮށްފައިވުން ނުވަތަ ގަވާއިދުން ފައިސާ ދައްކަމުން ދިއުން

• މަތީ ތައުލީމާ ބެހޭ ދައުލަތުގެ ވުޒާރާއިން ބްލެކްލިސްޓްކު ކޮށްފައިވާ ދަރިވަރަކަށް ނުވުން

• ފުލްޓައިމް ކޯހެއްގައި ތައުލީމް ހާސިލް ކުރުމަށް އެދޭ ދަރުވަރެއް ކަމުގައިވުން

• ހާސިލް ކޮށްފައިވާ ސެޓްފިކެޓަށްވުރެ މަތީ ފެންވަރެއްގެ ކޯހެއްގައި ތައުލީމް ހާސިލް ކުރުމަށް އެދޭ ދަރިވަރަކަށް ވުން

މި ސްކޮލަޝިޕަށް ހޮވުމުގައި އަންނަނިވި ކަންކަމަށް އިސްކަންދޭނެ ކަމަށްވެސް އުސޫލުގައުވެއެވެ.

• ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވުން

• މާލީ ފުދުންތެރިކަން ނެތް މިންވަރު

• ތައުލީމީ ފެންވަރު

• ގައުމަށް ހިދުމަތް ކޮށްދީފައިވާ މުއްދަތު

ސްކޮލަޝިޕަށް ހޮވޭ ދަރިވަރުންނަށް ރާއްޖޭން ބޭރަށް ކިޔަވަން ދިއުމަށް ދެކޮޅު ޓިކެޓުގެ ހަރަދާއި، ކޯހުގެ ޓިއުޝަން ފީ އާއި ވިސާގެ ހަރަދާއި، ކޯސް ރަޖިސްޓްރޭޝަން ހަރަދާއި، ހެލްތު އިންޝުއަރެންސްގެ އިތުރުން އެސްޓެބްލިޝްމެންޓް އެލަވަންސް ދޭނެ އެވެ. އަދި ސްޓައިފެންޑާއި ބުކް އެލަވަންސް ވެސް މީގެ ތެރޭގައި ހިމެނެ އެވެ.

އަދި ރާއްޖޭގައި ކިޔަވުމަށް ހޮވޭ ދަރިވަރުންނަށް، އެމީހަކު ހުންނަ ރަށަކުން، ކިޔަވަންދާ އެދޭ ރަށަކަށް ދިއުމަށް ދެކޮޅު ޓިކެޓުގެ ހަރަދު ދޭނެ ކަމަށް ވެސް މި އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން