ޖިންސީ ގޯނާއަ ދެކޮޅަށް ކުރި މުޒާހަރާއެއް -- ފޮޓޯ/ ސަން
ހަބަރު
02 Jan 2025 | 09:14
ކުޑަކުއްޖަކާ ބެހުނު މީހަކަށް 25 އަހަރުގެ ހުކުމެއް އިއްވައިފި

ކުޑަކުއްޖަކާ ޖިންސީ ގުޅުން ހިންގި މީހެއްގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާއެއްގެ ތެރެއިން ދެ ދައުވާ ސާބިތުވެ ޖުމްލަ 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

ޑިސެންބަރު 17، 2020 ގައި ކުރިމިނަލް ކޯޓަށް ހުށަހެޅި މި މައްސަލާގައި ދައުވާކޮށްފައިވާ ނަސްރުالله ފާއިޒު ކިޔާ މީހެއްގެ މައްޗަށެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ: 

ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ

ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދައުވާ

ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ކުށުގެ ދައުވާ

މި ތިން ދައުވާގެ ތެރެއިން އޮރިޔާންކާޑު ގެންގުޅުގެ ކުށުގެ ދައުވާ ފިޔަވައި ދެން ކުރެވުނު ދެ ދައުވާ ނަސްރުالله ގެ މައްޗަށް ސާބިތުވެފައިވާއިރު، އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ ސާބިތު ނުވީ، އެކަށީގެންވާ ސާބިތުކުރެވޭ މިންވަރަށް ހެކި ނެތުމުން ކަމަށް ހުކުމުގައިވެއެވެ. 

މި މައްސަލާގައި ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރެ، އެ ކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށް ސާބިތުވުމުން ނަސްރުاللهގެ މައްޗަށް އިއްވާފައިވަނީ 15 އަހަރުގެ ޖަލު ހުކުމެކެވެ. 

އަދި ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލިކަން ސާބިތުވުމުން އިއްވާފައިވަނީ ދިހަ އަހަރުގެ ޖަލު ހުކުމެކެވެ. 

މި މައްސަލަ އަކީ ކުޑަކުދިންނާއި ގުޅުންހުރި މައްސަލައެއް ކަމަށްވުމުން، ނަސްރުالله ގެ ރަށާއި އަތޮޅު އަދި މައްސަލައިގެ ތަފްސީލް ހާމަކޮށްފައެއް ނުވެއެެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.